ފޮޓޯ: ހެނބަދޫ ކައުންސިލް
ހެނބަދޫ ކައުންސިލް ފުޓްސަލް ފިއެސްޓަރ 2023 ގައި ރޭގައި ބައްދަލު ކުރި "ޑްރިބުލް އެކްސް"ގެ މައްޗަށް ޗަމްސް ސްޕޯޓްސް ކުލަބުން ކުރި ހޯދައިފިއެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ، ފުރަތަމަ ހާފުގައި 2 ލަނޑު ޖަހާ ޗަމްސް ސުޕޯޓްސް ކުލަބުން ވަނީ ލީޑް ނަގާފައެވެ. 0-2 ގެ ނަތީޖާއަކުން ކުރީގައި އޮވެ ޗަމްސް ސުޕޯޓްސް ކުލަބުން ފުރތަމަ ހާފް ނިންމާލި އިރު، 2 ވަނަ ހާފް ފެށުނުތަނާ އިތުރު ލަނޑެއް ޖަހާ ޗަމްސްއިން ލީޑް ފުޅާކުރިއެވެ.
ޑްރިބުލް އެކްސް އިން ނުރައްކާތެރި ގިނަ ހަމަލާތަކެއް ގޯލަށް ފޮނުވާލާފައި ވާއިރު ޗަމްސްގެ ގޯލް ކީޕާރު ވިޝާމް ވަހީދު ވަނީ ހަމަލާތަށް ދިފާއުކޮށްފައެވެ. މެޗުގެ ޑްރިބުލް އެކްސްގެ ހަމަ އެކަނި ގޯލް ޖަހާދީފައި ވަނީ އަލީ ފާއިޒުއެވެ. މިއާއިއެކު މެޗް ނިމުނީ 1-3 ލަނޑުން ޗަމްސް މެޗް ކާމިޔާބުކޮށްގެންނެވެ.
މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ޗަމްސް ސްޕޯޓްސް ކުލަބުގެ ޖޯޒީ ނަންބަރ 22 އަހްމަދު އަލީ (މުލާރ)އެވެ.
މިރޭ މި މުބާރާތުގެ 2 މެޗެއް ކުރިއަށް ގެންދިއުމަށް ވަނީ ތާވަލްކުރެވިފައެވެ. މިރޭގެ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ އެމިގޯސް އަދި ޗަމްސް އެވެ. ދެވަނަ މެޗުގައި ބައްދަލު ކުރާނީ ޑްރިބުލް އެލްސް އަދި ނިއު އެމިގޯސް އެވެ. އެމިގޯސް ވަނީ މި މުބާރާތް ވިދި ވިދިގެން 2 ދެފަހަރު ކާމިޔާބް ކޮށްފައެވެ.
0%
0%
0%
0%
0%
29 އޮގަސްޓު 2024
1
12 އޮގަސްޓު 2024
0
11 އޮގަސްޓު 2024
0
8 އޮގަސްޓު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1