ހެނބަދޫ ކައުންސިލް ފުޓްސަލް ފިއެސްޓާގެ ފައިނަލް މެޗްގައި "އަމީގޯސް" އަދި "ޑްރިބްލް" އެކްސް ބައްދަލު ކުރި މެޗުން 2-5ގެ ނަތީޖާ އަކުން މޮޅުވެ އަމީގޯސް ފުރަތަމަ ފަހަރަށް މުބާރާތުގެ ތަށި މިލްކްކޮށްފިއެވެ.
ވިދިވިދިގެން 3 އަހަރު ބާއްވައފައިވާ މި މުބާރާތް ޗެންޕިއަންކަން 3 ފަހަރު ވެސް ހޯދައިފައިވަނީ "އަމީގޯސް" އިންނެވެ. ރޭ 20:30ގައި ހެނބަދޫ ފުޓްސަލް ދަނޑުގައި ކުޅުނު މިމެޗް ޝަރަފްވެރިކޮށްދެއްވީ އެ ރަށު ކައުންސިލްގެ ރައީސް ޙުސައިން އަބޫބަކުރެވެ.
ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ކުރީކޮޅު ލަނޑެއް ޖަހާ ލީޑް ނެގީ ޑިރަބްލ އެކްސް އިންނެވެ. އެ ޓީމަށް މި ލަނޑު ކާމިޔާބް ކޮށްދިނީ ލިޝާން މުޙައްމަދެވެ. މާ ގިނަ އިރު ތަކެއްނުވެ އަމީގޯސްގެ ޙުސައިން ޢަބްދުﷲ (ބަހާރޭ) ގޯލެއް ޖަހާ މެޗްގެ ސުކޯ އެއްވަރުކޮށްދިނެވެ. ފުރަތަަމަ ހާފް ނިމުމުގެ ކުރިން އަމީގޯސްއަށް މެޗް ލީޑް ފުޅާ ކޮށްދިނީ އެ ޓީމްގެ ޖާޒީ ނަންބަރު 5 މުޙައްމަދު ވަޙީދު (ކޮކީ)އެވެ. ފުރތަމަ ހާފް ނިމުނީ 1-3ގެ ނަތީޖާ އަކުން އަމީގޯސް ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފްގައި ވެސް އަމީގޯސްގެ 2 ލަނޑު ކާމިޔާބް ކޮށްދިނީ ކޮކީއެވެ، ޑިރަބްލް އެކްސްގެ ލަނޑު 2 ވަނަ ހާފުގެ މެދަކާ ހިސާބުގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ ލިޝާން މުޙައްމަދުއެވެ.
ފައިންލ މެޗްގެ މޮޅު ކުޅުންތެރިޔާއާއި، މުބާރާތުގެ ޓޮޕް ސުކޯރާ އަދި މުބާރާތުގެ އެނެމެ މޮޅު ކުޅުންތެރިޔާއަށަ ހޮވިފައިވަނީ އަމީގޯސް ޖާޒީ ނަންބަރު 5 މުޙައްމަދު ވަހީދު (ކޮކީ)އެވެ. ކޮކީ ވަނީ މި މުބާރާތުގައި ޖުމްލަ 12 ގޯލް ކާމިޔާބްކޮށްދީ ޓީމަށް ފައިދާ ހުރި ކުޅުމެއް ކުޅެދީފައެވެ. މުބާރާތުގެ މޮޅު ފަސްކުޅުންތެރިންގެ ތެރޭގައި އަމީގޯސްގެ އަބޫބަކުރު ހިލްމީ، މުޙައްމަދު ވަޙީދު އަދި ގޯލް ކީޕަރު ޝާހީން ހިމެނުނެ އިރު ޗަމްސްގެ މުލާރ އަދި ޑުރިބްލް އެކްސްގެ ކެޕްޓަން ހިމެނިފައިވެއެވެ.
މި މުބާރާތުގެ ޗެންޕިއަން ޓީމަށް ވާދައިގެ ތަށި އަދި ފައިސާގެ އިނާމް ދީފައިވެއެވެ. ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެނބަދޫ ކައުންސިލްގެ ރައީސް ވިދާޅުވީ މިއަންނަ އަހަރު ވެސް މިފަދަ ފޯރިގަނދަ މުބާރާތެއް ބޭއްވުމަށް އުންމީދު ކުރާކަމަށެވެ. މާދަމާރޭ މި ފިޔަވަހީގެ ހޭންޑް ބޯލް ފައިނަލް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

0%
0%
0%
0%
0%
29 އޮގަސްޓު 2024
1
12 އޮގަސްޓު 2024
0
11 އޮގަސްޓު 2024
0
8 އޮގަސްޓު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1