ފޮޓޯ: ހެނބަދޫ ކައުންސިލް
ނ.ހެނބަދޫ ކައުންސިލް ފުޓްސަލް ފިއެސްޓާ އަދި ހޭންޑްބޯލް ފިއެސްޓާ ރޭ ހެނބަދޫގައި ފަށައިފިއެވެ.
މި ދެ މުބާރާތަކީ ހަނބަދޫ ކައުންސިލާއި ހެނބަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީގެ ބައިވެރިވުމާއެކު ކުރިއަށް ގެންދާ މުބާރާތެކެވެ. ހެނބަދޫ ކައުންސިލް ފުޓްސަލް ފިއެސްޓާއަކީ ފިރިހެން ޓީމްތަކަށް ހާއްސަ ކުރެވިގެން ބާއްވާ މުބާރާތެކެވެ. އަދި ހެނބަދޫ ކައުންސިލް ހޭންޑްބޯލް ފިއެސްޓާއަކީ އަންހެން ޓީމްތަކަށް ހާއްސަ ކުރެވިގެން ކުރިއަށް ގެންދާ މުބާރާތެކެވެ.
މި މުބާރާތްތަކުގައ ޓީމްތަކަށް ފުރުސަތު ދީފައިވަނީ ހަމަ އެކަނި ހެނބަދޫއަށް ނިސްބަތްވާ ޓީމްތަކަށް އެކަންޖެވެ. ފުޓްސަލް މުބާރާތުގައި 4 ޓީމް ބައިވެރިވެފައިވާއިރު، ހޭންޑްބޯލް މުބާރާތުގައި ބައިވެރިވެފައިވަނީ 3 ޓީމެވެ.
ފުޓްސަލް ފިއެސްޓާ ހުޅުވި މެޗުގައި އަމީގޯސް އަދި ނިއު އަމީގޯސް ބައްދަލުކޮށް 8 ލަނޑު 1 ލަނޑުން ކުރި ހޯދީ އަމީގޯސްގެ ޓީމެވެ. އަންހެން ހޭންޑްބޯލް ފިއެސްޓާގެ ފުރަތަމަ މެޗުގައި ބައްދަލު ކުރި "ރައިޒިން ސުޓާރ" 4 ލަނޑު 3 ލަނދުން "އާރޓިޗޯކް"ގެ މައްޗަށް ވަނީ ކުރި ހޯދާފައެވެ.
ހެނބަދޫ ކައުންސިލްގެ ޒިންމާދާރުވެރިޔާ މި ނޫހަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ހޭންޑްބޯލް މުބާރާތެއް ރަށު ފެންވަރުގައި ކުރިއަށް މި ގެންދަނީ އަލަށް ކަމަށާއި، އެހެން ނަމަވެސް ފުޓްސަލް މުބާރާތަކީ ވިދިވިދިގެން 2 އަހަރު ބާއްވާފައިވާ މުބާރާތެއް ކަމަށެވެ. އަދި އުންމީދަކީ ހޭންޑް ބޯލް ކުޅިވަރު ރަށަށް ތައާރަފް ކުރެވުމާއިއެކު، ސިލްސިލާ ގޮތެއްގައި މި މުބާރާތް ވެސް ކުރިއަށް ގެންދިއުން ކަމުގައި ވިދާޅުވިއެވެ.
0%
0%
0%
0%
0%
29 އޮގަސްޓު 2024
1
12 އޮގަސްޓު 2024
0
11 އޮގަސްޓު 2024
0
8 އޮގަސްޓު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1