ފޮޓޯ: ކެނދިކުޅުދޫ ކައުންސިލް
މިހާރު ކުރިއަށްދާ ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ގަދަ 16 ގައި ވާދަކުރި ކެނދިކުޅުދޫ ފުޓްސަލް ޓީމަށް އެ ރަށުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ރައުންޑް އޮފް 16 ގައި ދ.ކުޑަހުވަދޫ އަތުން ބަލިވެ ކޭކޭއެފްސީ މުބާރާތާއި އަލްވަދާއު ކިޔުމަށްފަހު މިއަދު ވަނީ ޓީމުގެކުޅުންތެެރިން އެނބުރި ރަށަށް ގޮސްފައެވެ. މުޅި ރާއްޖޭގެ ގަދަ 16 ގައި ހިމެނި އަތޮޅާއި ރަށް ފަހުރުވެރިކޮށްދިން އެ ޓީމު ރަށަށް ދިއުމާއެކު ވަނީ ރައްޔިތުންނުކުމެ ރަތް ދޫލައިގެ މަރުހަބާއެއް ކިޔައިފައެވެ.
ކޭކޭއެފްސީއިން ވަނީ މިފަހަރުގެ މުބާރާތުގައި ނ އަތޮޅުގެ ޗެމްޕިއަންކަން ހޯދައިފައެވެ. އަދި ޒޯން ބުރުގައި ރ އަދި ށ އަތޮޅު ޓީމުތަކާ ވާދަކޮށް ގުރޫޕުގެއެއްވަނައިގައި ވަނީ ޒޯންގެ ފައިނަލަށް ދަތުރުކޮށްފައެވެ. ނަމަވެސް ފައިނަލުގައި ދުވާފަރު އަތުން ވަނީ ބަލިވެފައެވެ.
މިއީ ކޭކޭއެފްސީއިން މި މުބާރާތުގައި ވާދަކުރި ދެވަނަ ފަހަރެވެ. 2017 ވަނަ އަހަރުގެ މުބާރާތުގައި ވާދަކޮށް އެ ޓީމުން ވަނީ އެފަހަރުގެ މުބާރާތުގެ އަތޮޅުޗެމްޕިއަންކަން ހޯދައި ޒޯން ބުރަށް ދަތުރުކޮށްފައެވެ.
0%
0%
0%
0%
0%
29 އޮގަސްޓު 2024
1
12 އޮގަސްޓު 2024
0
11 އޮގަސްޓު 2024
0
8 އޮގަސްޓު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1