ފޮޓޯ:ގޯލްޑެން ފުޓްސަލް އެސޯސިއޭޝަން
ރާއްޖޭގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ކުޅެމުން އަންނަ ގޯލްޑެން ފުޓްސަލް ޗެލެންޖް 2024ގެ ގަދަ 16ގައި މިރޭ ކެނދިކުޅުދޫ އަދި ކުޑަހުވަދޫ ބައްދަލުކުރާނެއެވެ.
މި މުބާރާތުގެ އަތޮޅު ގުރޫޕް ސުޓޭޖްތަކާއި އަދި ޒޯން ގުރޫޕްގެ މެޗްތައް ނިމިފައި ވާއިރު ގަދަ 16ގެ ޓީމްތަށް މިހާރުވަނީ ޔަގީންވެފައެވެ. އެގޮތުން 8 ޒޯނަކަށް ބާހާލެވިގެން ކުރިއަށް ގެންދިއަ ޒޯން ބުރުގައި ކޮންމެ ޒޯނެއްގައި ވެސް ފައިނަލް ކުޅުނު 2 ޓީމް ވަނީ ގަދަ 16ގެ ޖާގަ ކަށަވަރުކޮށްފައެވެ.
ކޮންމެ ޒޯނެއްގެ ވެސް ޗެންޕިއަން ޓީމް ކުޅެން ޖެހޭނި އަނެއް ޒޯންގެ ރަނާސްއަޕް އާއެވެ.
ނ. ކެނދިކުޅުދޫއަކީ ޒޯން 2ގެ ރަނާސް އަޕް ޓީމެވެ. އަދި ދ. ކުޑަހުވަދޫއަކީ ޒޯން 5 ގެ ޗެންޕިއަނުންނެވެ. ޒޯން 2 ގެ ޗެންޕިއަނު ކަން ރ. ދުވާފަރު ހޯދީ ޒޯން 2ގެ ފައިންލް މެޗުގައި ކެނދިކުޅުދޫގެ މައްޗަށް 4 ލަނޑު އެއް ލަޑުން ކުރި ހޯދައިގެންނެވެ.
ކެނދިކުޅުދޫ އަދި ކުޑަ ހުވަދޫއަކީ ވެސް މި މުބާރާތުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ 2 ޓީމެވެ. 2 ޓީމުގައި ވެސް ފާހަގަކޮށްލެވޭ މޮޅުކުޅުންތެރިންތަކެއް އެބަތިއްބެވެ. 2 ޓީމުން ވެސް މުބާރާތުގެ ގަދަ 16ގެ މެޗަށް ނިކުންނަނީ ވަރަށް ވަރުގަދަ ކޮންނެވެ.
2 ދުވަހުގެ ރެސްޓަކަށް ފަހު 2 ޓީމް ވެސް މިރޭގެ މެޗަށް ތައްޔާރުވެފައިވާއިރު، ކެނދިކުޅުދޫ ޓީމްގެ ކެޕްޓަން އަލީ ބުޝްރީ ބުނީ ޓީމްގެ ބައެއް ޕުލޭޔަރުންގެ ރޯގައިގެ މައްސަލަ އެބަހުރިކަމަށާއި، އެހެން ނަމަވެސް ކުޑަހުވަދޫ މެޗަށް ހުރިހާ ކުދިން ވެސް ތިބީ ވަރަށް ބޮޑަށް ތައްޔާރު ވެފަކަމަށެވެ.
ގަދަ 16ގައި ކުޑަހުވަދޫ އަދި ކެނދިކުޅުދޫ ކުޅޭ މެޗަކީ ނަތީޖާ ނެރުން މަޖުބޫރު މެޗެކެވެ. އެ މެޗުން މޮޅުވާ ޓީމެއް ކުއާޓާގައި ބައްދަލުކުރަން ޖެހޭނީ ގާފަރު އަދި ދަނޑިމަގު ބައްދަލު ކުރާ މެޗުން މޮޅުވާ ޓީމަކާއެވެ. މިރޭގެ މެޗް ކުޅުމަށް ހަމަ ޖެހިފައި ވަނީ 22:00 ގައި ރެހެންދި ޓާފް 2ގައެވެ.
0%
0%
0%
0%
0%
29 އޮގަސްޓު 2024
1
12 އޮގަސްޓު 2024
0
11 އޮގަސްޓު 2024
0
8 އޮގަސްޓު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1