ފޮޓޯ: ގޯލްޑެން ފުޓްސަލް އެސޯސިއޭޝަން
މިހާރު ކުރިއަށް ދާ ގޯލްޑެން ފުޓްސްލް ޗެލެންޖް 2024ގައި ކެނދިކުޅުދޫއިން ވެލިދޫގެ މަށްޗައް ފަސޭހަ މޮޅެއް ހޯދައިފިއެވެ.
ހުޅުމާލެ ރެހެންދި ޓާފް ދަަނޑުގައި މިރޭ ކުޅުނު މެޗްގައި، ކެނދިކުޅުދޫގެ ކުޅުން ފެނިންގެންދިއައީ ފުރަތަމަ މެޗާއި އަޅާބަލާއިރު މާ ބޮޑަށް ވެސް ރަނގަޅުކޮންނެވެ. ކޭ.ކޭ.އެފް.ސީގެ ފުރަތަމަ ލަނޑު މެޗުގެ ކުރީކޮޅު އެ ޓީމަށް ކަމިޔާބްކޮށްދިނީ އެ ޓީމްގެ ޖޯޒީ ނަންބަރު 23 މުޙައްމަދު އަރީޙްއެވެ.
1 ލަނޑު ކުރީގައި އޮވެ ވެލީދޫގެ ކޮޅަށް ގިނަ ހަމަލާތަކެއް އަމާޒުކުރި އިރު، ފުރަތަމަ ހާފް ނިމުމުގެ ކުރިން 2 ލަނޑުގެ ލީޑެއް އެޓީމަށް ނަގައިދިނީ ކެނދިކުޅުދޫގެ ޖޯޒީ ނަންބަރު 5 އިބްރާޙީމް އަލީމްއެވެ.
ދެވަނަ ހާފް ފެށިގެން ކޮންޓްރޯލްގައި އޮވެ، ކޭ.ކޭ.އެފް.ސީއިން ދެއްކި ރީތިގެ ކުޅުމުގެ ތެރެއިން 3 ވަނަ ލަނޑު ޖަހާ އަލީމް ކެނދިކުޅުދޫއަށް 3-0 ގެ ލީޑެއް ހޯދައިދިނެވެ. ވެލިދޫއިން މުޅި ގޭމް ޑިފެންސިވްކޮށް ކުޅެމުން ދިޔައިރު، ލިބުނު ހަނި ފުރުސަތެއްގައި ކެނދިކުޅުދޫގެ ކޮޅަށް ލަނޑެއް ވައްދާލާ ފަރަގު ކުޑަކުރިއެވެ. ނަމަވެސް މެޗް ނިމުމަކާއި ގާތްވެފައިވަނިކޮށް ކޭ.ކޭ.އެފް.ސީގެ 4 ވަނަ ލަނޑު އަދި މިމެޗްގެ މޮޅު ކުޅުންތެރިއާގެ މަޤާމް ހޯދި އިބްރާހީމް އަލީމް ހެޓްރިކް ފުރިހަމަ ކުރީ ރީތި ލަނޑަކުންނެވެ.
ދެން ކެނދިކުޅުދޫގެ މެޗެއް އޮންނާނީ މި މަހުގެ 29 ވާ ހޯމަ ދުވަހުގެ ރޭ 23:00ގައި ނ.މިލަދޫއާއި ދެކޮޅަށެވެ.
0%
0%
0%
0%
0%
29 އޮގަސްޓު 2024
1
12 އޮގަސްޓު 2024
0
11 އޮގަސްޓު 2024
0
8 އޮގަސްޓު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1