ޕޯޗުގަލް ބަލިކުރުމަށްފަހު ޖޯޖިއާއިން ގަދަ 16 އިން ފުރުޞަތެއް ޔަގީން ކޮށްފިއެވެ.
ގްރޫޕް ސްޓޭޖްގެ ގެ ހުރިހާ މެޗެއް ނިމުން އިރު ގްރޫޕް އެފް އިން 16 ކަށަވަރު ކުރީ ޕޯޗުގަލް، ޖޯޖިއާ އަދި ތުރުކީއެވެ.
ޕޯޗުގަލްގެ މައްޗަށް ޖޯޖިއާއިން ކުރިހޯދީ 2-0 ގެ ނަތީޖާއަކުންނެވެ.
މެޗުގެ 2 ވަނަ މިނެޓުގައި ޖޯޖިއާއިން ވަނީ ގޯލް ޖަހާ ލީޑު ނަގާފައެވެ. މިގޯލް ޖޯޖިއާއަށް ކާމިޔާބުކޮށްދިނީ އިޓަލީގެ ނަޕޯލީ އަށް ކުޅެމުން އަންނަ ކްވިޗާ ކްވަރަސްކެލިއާ އެވެ. ގޯލްތެރެއަށް ކްވަރަސްކެލިއާ ބޯޅަ ވަށްދާލީ ޕޯޗުގަލް ގޯލުގެ ތިރީ ކަނަށެވެ.
ޕޯޗުގަލް އަށް ލިބުން ހިލޭޖެހުމެއް ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ޖޯޖިއާ ގޯލާ ދިމާކޮށް ފޮނުވާލާފައެވެ. ނަމަވެސް ޖޯޖިއާގެ ކީޕަރު ޖީޖިއޯ މަމާޑަޝްވިލީ ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
މިމެޗުގެ ފުރަތަމަ ހާފް ނިމުނީ 1-0 ގެ ނަތީޖާއަކުން ޖޯޖިއާ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ޖޯޖިއާއިން ވަނީ 2 ވަނަ ގޯލެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. މިގޯލް ޖޯޖިއާއަށް ކާމިޔާބުކޮށްދިނީ ޖޯޖެސް މިކައުޓަޒް އެވެ. މިއީ ޖޯޖިއާއަށް ލިބުން ޕެނަލްޓީއަކުން 57 ވަނަ މިނެޓުގައި ކާމިޔާބުކުރި ގޯލެކެވެ.
މިމެޗުގައި ދެޓީމަށްވެސް ވަނީ ގޯލް ޖަހާނެ ގިނަ ފުރުޞަތުތަކެއް ލިބިފައެވެ.
ޕޯޗުގަލް އަދި ޖޯޖިއާ ބައްދަލުކުރި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ޖޯޖިއާގެ ކްވިޗާ ކްވަރަސްކެލިއާ އެވެ.
މެޗުގެ ފަހު ވަގުތު ގޯލް ޖަހާ ތުރުކީއިން ޗެކް ރިޕަބްލިކްގެ މައްޗަށް ކުރި ހޯދީ 2-1 ގެ ނަތީޖާ އަކުންނެވެ.
ފުރަތަމަ ހާފުގައި ތުރުކީ އިން ރަނގަޅަށް ކުޅުން ނަމަވެސް ޗެކްރިޕްބަލިކްގެ ގޯލާ ސީދާކޮށް އެއްވެސް ހަމަލާއެއް ފޮނުވާލެވިފައެއް ނުވެއެވެ. ޗެކް ރިޕަބްލިކުން މިހާފް ނިންމާލީ 10 ކުޅުންތެރިންނާ އެކުގައެވެ. އެންޓޯނިން ބަރަކް އަށް 11 ވަނަ މިނެޓުގައި ވަނީ ރީންދޫ ކާދު ދަށްކާފައެވެ. އަދި 20 ވަނަ މިނެޓުގައި ދެށްކި ރީންދޫ ކާޑާއެކު ރަތްކާޑު ދަށްކާ ބަރަކް ވަނީ ދަނޑުން ފޮނުވާލާފައެވެ.
މިމެޗުގެ ފުރަތަމަ ހާފް ނިމިގެން ދިޔައީ 0-0 ގެ ނަތީޖާ އަކުންނެވެ.
ދެވަނަ ހާފުގައި ތުރުކީއިން ވަނީ 51 ވަނަ މިނެޓުގައި ޗެކް ރިޕްބަލިކް ކޮޅަށް ގޯލު ޖަހާ މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގާފައެވެ. މިގޯލް ތުރުކީއަށް ކާމިޔާބުކޮށްދިނީ ހަކަން ޗަޅަނޮގްލޫ އެވެ. ނަމަވެސް އެގޯލް ޖެހިތާ 15 މިނެޓު ފަހުން ޗެކް ރިޕަބްލިކުން ވަނީ ނަތީޖާ 1-1 ކަށް ބަދަލުކޮށްލާފައެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ގޮތުގައި ދެށްކި 6 މިނެޓު ތެރޭގައި ތުރުކީ އިން ގޯލެއް ޖަހާ ވަނީ މެޗުން މޮޅުވެފައެވެ. މިގޯލް އިތުރު ވަގުތުގެ 4 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ސެންކް ޓޮސުން އެވެ.
މިމެޗުގައި ޖުމްލަ 18 ރީންދޫ ކާޑު ވަނީ ދަށްކާފައެވެ. މެޗްގެ ފުރިހަމަ ވަގުތު ހަމަވި ފަހުން ހަމަނުޖެހުން ހިންގަން އުޅުމުން ޗެކް ރިޕަބްލިކުގެ ތޯމަސް ޗޮރީއަށް ވަނީ ރަތް ކާޑު ދަށްކާފައެވެ.
ތުރުކީ އަދި ޗެކް ރިޕަބްލިކް ބައްދަލުކުރި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ތުރުކީގެ ބަރިސް އަލްޕާ ޔިލްމާޒް އެވެ.
މިމެޗުތަކާއެކު ޔޫރޯ 2024ގެ ގްރޫޕް ސްޓޭޖުގައި ކުޅެން ހަމަޖެހިފައިވާ ހުރިހާ މެޗެއް ވަނީ ނިމިފައެވެ. ގްރޫޕް އެފްގެ ތާވަލަށް ބަލާލާ އިރު ޕޯޗުގަލް އަދި ތުރުކީ އަށް ލިބިފައިވަނީ 3 މެޗުން 6 ޕޮއިންޓެވެ. ނަމަވެސް ޕޯޗުގަލް 1 ވަނާގައި އޮތީ ފައިދާ ގޯލުންނެވެ. ޖޯޖިއާއިން ވަނީ ގްރޫޕްގެ 3 ވަނާގައި ނިންމާލާ ގަދަ 16 އިން ޖާގަ ހޯދާފައެވެ. 4 ވަނާގައި އޮތް ޗެކް ރިޕަބްލިކުން މުބާރާތް ނިންމާލީ 3 މެޗުން 1 ޕޮއިންޓް ހޯދައިގެންނެވެ.
ގަދަ 16 ބުރުގައި ޕޯޗުގަލް ކުރިމަތި ލާނީ ސްލޮވޭނިއާ އާއެވެ. ތުރުކީ ނިކުންނާނީ އޮސްޓްރިއާ އާ ދެކޮޅަށެވެ. ޖޯޖިއާ ބައދަލު ކުރާނީ ސްޕެއިން އާއެވެ.
ގަދަ 16 ބުރު ފަށާނީ 29 ޖޫން 2024 ވާ ހޮނިހިރު ދުވަހު 21:00 ގައި. އިޓަލީ އަދި ސްވިޒަލޭންޑް ބައްދަލުކުރާ މެޗުންނެވެ.
0%
0%
0%
0%
0%
29 އޮގަސްޓު 2024
1
12 އޮގަސްޓު 2024
0
11 އޮގަސްޓު 2024
0
8 އޮގަސްޓު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
15 ޖޫން 2023
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
6 ޑިސެންބަރު 2023
1