ފޮޓޯ؛ ސިޑިބަރި
ރަށު ބޯޅަ ފުޓްސަލް ކަޕް 2024 ގެ ފުރަތަމަ މެޗުން ކުޑަފަރި ނެބަޓަންގެ މައްޗަށް ސިރަޕް އެސްސީ އިން ކުރި ހޯދައިފިއެވެ.
ކެނދިކުޅުދޫ ފުޓުބޯޅަ ދަނޑުގައި މިއަދު ކުޅުން މިމެޗު ނިމިގެން ދިޔައީ 3-2 ގެ ނަތީޖާއަކުން ސިރަޕް އެސްސީ ކުރީގައި އޮވެގެންނެވެ.
މެޗުގައި ފުރަތަމަ ގޯލް ޖަހައި ލީޑު ނެގީ ސިރަޕް އެސްސީންނެވެ. އެއީ މެޗުގެ ކުރީކޮޅު އެޓީމުގެ ޖާޒީ ނަންބަރު 13 ޖުމައިލް ޖަމީލް ޖަހައިދިން ގޯލުންނެވެ.
ނެބަޓަން އިން ވަނީ ސިރަޕު އެސްސީގެ ގޯލަށްފަހު ނެބަޓަބް އިން ވަނީ ކުޅުން ރަނގަޅުކޮށް ކައިރި ކައިރީގައި ދެގޯލަޖަހާ ލީޑު ނަގާފައެވެ. ނެބަޓަންގެ ފުރަތަމަ ގޯލް ޖަހައިދިނީ އުނައިސްއެވެ. އުނައިސްޖެހި ބޯޅަ ގޯލްގެ ތިރީ ކަނަށް ވަދުނީ ސިރަޕް ކުޅުންތެރިއެއްގެ ފައިގާ ޖެހިފައެވެ. އެޓީމުގެ 2 ވަނަ ގޯލް ޖަހައިދިނީ އަހުނަސް (11) އެވެ.
ފުރަތަމަ ހާފް ނިމުމުގެ ކުރިން ސިރަޕުގެ އިޝާމް (ސެންޓޭ) ޖެހި ގޯލުން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ފުރަމަ ހާފް ނިމުނީ 2-2 ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ.
ދެވަނަ ހާފުގައި ސިރަޕް އެސްސީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވެއެވެ. އެޓީމުން ވަނީ ނެބަޓަންގެ ގޯލާ ނުރައްކާކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ.
ސިރަޕް އެސްސީ އިން މިމެޗް ކާމިޔާބުކުރީ މެޗުގެ ފަހުވަގުތުކޮޅުގައި ގޯލް ޖަހައިގެންނެވެ. ސިރަޕް އެސްސީގެ 3 ވަނަ ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ އަލީ ސަމާލް (ޓޮބީ) އެވެ.
ސިރަޕް އެސްސީ އަދި ނެބަޓަން ބައްދަލު ކުރި މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ ސިރަޕް އެސްސީގެ ޖާޒީ ނަންބަރު 13 ޖުމައިލް ޖަމީލެވެ.
މިމުބާރާތުގެ ދެވަނަ މެޗުގައި ބައްދަލުކުރީ ޑީޓޫ ސްޕޯޓްސް ކްލަބް އަދި ކަބަޓާން އެފްސީ އެވެ. ޑީޓޫއަކީ ނ.ހެނބަދޫއަށް ނިސްބަތްވާ ޓީމެކެވެ. އަދި ކަބަޓާން އެފްސީ އަކީ ނ.މާޅެންދޫ ޓީމެކެވެ.
މިދެޓީމު ރަށު ބޯޅަ ފުޓަސަލް ކަޕް 2024 ގައި ބައްދަލު ކުރި މެޗު ނިމިގެން ދިޔައީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.
މިމެޗުގައި ފުރަތަމަ ގޯލް ޖަހާ ލީޑު ނެގީ ޑީޓޫ ސްޕޯޓްސް ކްލިބުންނެވެ. މެޗް ނިމުމުގެ ކުރިން ކަބަޓާން އެފްސީއިން ވަނީ މެޗުން ބަލިވިޔަ ނުދީ ޑީޓޫ ސްޕޯޓްސް ކްލަބް ކޮޅަށް ގޯލެއް ޖަހާ މެޗްގެ ނަތީޖާ އެއްވަރު ކޮށްފައެވެ.
މިމެޗުގައި ޑީޓޫ އިން ޖެހި ގޯލް ކާމިޔާބުކޮށްދިނީ އެޓީމުގެ ޖާޒީ ނަންބަރު 7 އަލީ ފާއިޒުއެވެ. 2023 ވަނަ އަހަރުވެސް އަލީ ފާއިޒް ވަނީ ޑީޓޫ އަށް މިމުބާރާތް ކުޅެދީފައެވެ. ކަބަޓާން މިމެޗުން ބަލިނުވެ ސަލާމަތް ކޮށްދިނީ އިގްލީމް އަލީގެ ގޯލުންނެވެ. އިގްލީމް އަލީ އަކީ 2023 ވަނަ އަހަރުގެ މުބާރާތުގައި ފާހަގަކޮށަލެވުން ކުޅުންތެރިއެކެވެ.
ޑީޓޫ ސްޕޯޓްސް ކްލަބް އަދި ކަބަޓާން އެފްސީ ބައްދަލުކުރި މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ ޑީޓޫގެ ޙުސައިން އިބްރާހީމެވެ.
0%
0%
0%
0%
0%
29 އޮގަސްޓު 2024
1
12 އޮގަސްޓު 2024
0
11 އޮގަސްޓު 2024
0
8 އޮގަސްޓު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1