ދި މެންގްރޫވް އައިލެންޑް ރިޒޯޓް ބޯއީސް ފުޓްސަލް ކަޕް 2023: ފުރަތަމަ މެޗުގައި ކަބަޓާންއާއި ކޮމެޓްސް އެއްވަރު

Furathama match gai Kabataan aai Comets evvaru

ކޮމެޓްސް އަދި ކަބަޓާން ބައްދަލުކުރި މެޗު

0

ނ.ކެނދިކުޅުދޫގައި މިއަދު ފެށި ދި މެންގްރޫވް އައިލެންޑް ރިޒޯޓް ބޯއީސް ފުޓްސަލް ކަޕުގެ ފުރަތަމަ މެޗުގައި ކެނދިކުޅުދޫގެ ކޮމެޓްސް ސްޕޯޓްސް ކުލަބާއި މާޅެންދޫގެ ކަބަޓާން އެފްސީ ބައްދަލު ކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

މިއަދު ހަވީރު ކެނދިކުޅުދޫގެ ފުޓުބޯޅަ ދަނޑުގައި ކުޅުނު އެ މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުންނެވެ. ކުލަގަދަ ފެށުމުގެ ރަސްމިއްޔާތަކާއެކު މިއަދުގެ މެޗު ޝަރަފުވެރިކޮށްދިނީ ރާއްޖޭގެ ކުރީގެ ގައުމީ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އެވެ. ދަގަނޑޭ ވަނީ ފެށުމުގެ ރަސްމިއްޔާތުގައި މުބާރާތުގެ ހިތްގައިމު ޗެމްޕިއަން ޓްރޮފީ ވެސް ދައްކާލައިފައެވެ.

ނުވަ ޓީމު ވާދަކުރާ މި މުބާރާތުގެ ފުރަތަމަ މެޗު ފަށައިގެން މާގިނައިރުތަކެއް ނުވަނީސް ކަބަޓާންއިން ވަނީ މެޗުގައި ލީޑު ނަގައިފައެވެ. ފަހަތުގައި ހުރި އެ ޓީމުގެ އަފީފް އީސާ މަތިން ނަގައިދިން ބޯޅައެއް ބޮލުން ގޯލަށް ވައްދާލައިގެން މާޅެންދޫއަށް ލީޑު ނަގައިދިނީ ކެޕްޓަން އިބްރާހިމް ނިޔާޒްއެވެ.

ފުރަތަމަ ހާފުގައި ދެ ޓީމުން ވެސް ކުރިއަށް ޖައްސައިގެން ގިނަ ހަމަލާތަކެއް އުފައްދަން މަސައްކަތް ކުރި އިރު، ފުރަތަމަ ހާފު ނިމުމުގެ ކުރިން ކޮމެޓްސްއިން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. އެ ޓީމަށް ލިބުނު ކޯނަރެއްގެ ފައިދާ ނަގައި އެ ބޯޅަ ގޯލަށް ފޮނުވާލީ އިބްރާހިމް އަލީމްއެވެ.

ދެވަނަ ހާފުގައި ދެ ޓީމުން ވެސް ވަނީ ރަނގަޅަށް ޑިފެންސްކޮށްގެން ކުޅެފައެވެ. އިދިކޮޅު ޓީމަށް ލަނޑެއް ޖަހަން ފުރުސަތު ނުދީ ހަމަޖެހިލައިގެން ދެ ޓީމުންވެސް ކުޅެން މަސައްކަތް ކުރި އިރު، ނިޔާޒްއަށް ކުރި ފައުލަކާ ގުޅިގެން ކަބަޓާންއަށް ވަނީ ކޮމެޓްސްގެ އޭރިއާ ކުރިމަތިން ހިލޭ ޖެހުމެއް ލިބިފައެވެ. އެހެން ނަމަވެސް އެ ހިލޭ ޖެހުން އަމާޒުވީ ކޮމެޓްސްގެ ކުޅުންތެރިއެއްގެ ގައިގައެވެ. 

މި ހާފުގައި ކޮމެޓްސްގެ ހުސައިން ޝަރީފް އާއި އަލީ ބުޝްރީ ބާރު ގިނަ ހަމަލާތަކެއް ދުރުން ވަނީ އުފައްދާފައެވެ. އެހެން ނަމަވެސް ކަބަޓާންގެ ކީޕަރު ސިރްފާން މޫސާ ވަނީ އެ ބޯޅަތައް ދިފާއުކޮށްފައެވެ.

މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކަބަޓާން ޓީމުގެ ކެޕްޓަން އިބްރާހިމް ނިޔާޒެވެ.

މި މުބާރާތުގައި މާދަމާ ވަނީ ދެ މެޗެއް ކުޅުމަށް ހަމަޖެހިފައެވެ. ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ނެބަޓަން އާއި ޓީމް ލަންދޫ އެވެ. ދެވަނަ މެޗުގައި ބައްދަލު ކުރާނީ ކެނދިކުޅުދޫ އެފްސީ އަންޑާ 19 އަދި އެފްސީ ހާމަނޯސްއެވެ.

މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ދި މެންގްރޫވް އައިލެންޑް އެވެ. ޕާޓުނަރުންގެ ގޮތުގައި ހިމެނޭ ސްޕޮންސަރުންނަކީ ޕްރިންޓިންގް ޕާޓުނަރު - ރެޑް ކްރިއެޓިކް، ޓްރޮފީ ޕާޓުނަރު - ލޭޔާ، ޕޮޓޯ ޕާޓުނަރު - ކެޕްޗާސް، ގްރެފިކް ޕާޓުނަރު - އެލައިވްޑިޒައިންސް، ޓެލެކޮމް ޕާޓުނަރު - އެންފްލެއާ، ބެވެރެޖް ޕާޓުނަރު - ކެނދި މާޓު، ޓްރެވަލް ޕާޓުނަރު - އަރިސް ގްރީން، މިއުޒިކް ޕާޓުނަރު ޑީޖޭ ކައްޗޭ އަދި ކިޓް ޕާޓުނަރު - ޖޯޒީ.އެމްވީއެވެ.

ކޯ ސްޕޮންސަރުންނަކީ ސިލިކާ، ލޯކަލް އާރްކް ސްޓޫޑިއޯ, ޕްރޮޓޯން ވައިބްސް އަދި ޑްރީމް ދޯންޏެވެ.

މި މުބާރާތާ ބެހޭ އެންމެ ފަހުގެ އަޕްޑޭޓުތައް ރަށްފުށު އޮންލައިންގެ ޙަބަރުތަކުންނާއި، ސޯޝަލް މީޑިއާގެ ޕޭޖުތަކުން ފެންނަން ހުންނާނެއެވެ.

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Happy
Happy

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Semi ge raih card aa eku ves Ayaa ah finalgai kulhumuge furustathu, insaafuveribaa?!

ސެމީގެ ރަތްކާޑާއެކު ވެސް އަޔާއަށް ފައިނަލުގައި ކުޅުމުގެ ފުރުސަތު، އިންސާފުވެރިބާ؟!

3

Magey Hiyaa: Gevalhu thakugai ge neylhi thibi myhunah ranuge furusatheh

މަގޭ ހިޔާ: ގެވަޅުތަކުގައި ގެ ނޭޅި ތިބި މީހުންނަށް ރަނުގެ ފުރުސަތެއް

0

India sifain thibi vaahaka kurin dhekky idhikolhugai thibegen sarukaarah annan: Adhurey

އިންޑިއާ ސިފައިން ތިބި ވާހަކަ ކުރިން ދެއްކީ އިދިކޮޅުގައި ތިބެގެން ސަރުކާރަށް އަންނަން: އަދުރޭ

1