ޓީމް ލަންދޫ ކޮޅަށް ގޯލު ޖެހުމަށްފަހު ކޮމެޓްސްއިން އުފާފާޅު ކުރަނީ -- ފޮޓޯ/ކެޕްޗާސް
ނ. ކެނދިކުޅުދޫގައި މިހާރު ކުރިއަށްދާ ދި މެންގްރޫވް އައިލެންޑް ރިޒޯޓް ބޯއީސް ފުޓްސަލް ކަޕުގެ ސެމީ ފައިނަލުގައި ކުޅުނު މެޗުތަކުން މޮޅުވެ ކޮމެޓްސް ސްޕޯޓްސް ކުލަބާއި ވިންޑް ވޯރިއާސް ފައިނަލުން ޖާގަ ހޯދައިފިއެވެ.
މިއަދު ކުޅުނު ފުރަތަމަ މެޗުން ޓީމް ލަންދޫ އަތުން 1-6 ގެ ނަތީޖާއަކުން މޮޅުވެ ކޮމެޓްސް ވަނީ މުބާރާތުގެ ފައިނަލަށް ދަތުރުކުރި ފުރަތަމަ ޓީމަށް ވެފައެވެ. ދެވަނަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު ވިންޑް ވޯރިއާސްއިން ފައިނަލުގެ ދެވަނަ ޖާގަ ކަށަވަރު ކުރީ ކަބަޓާން އެފްސީ 2-4 އިން ބަލިކޮށްގެންނެވެ.
ކޮމެޓްސް ސެމީ ފައިނަލަށް ދަތުރު ކުރީ ގުރޫޕު އޭގައި ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހަމަކޮށް އެ ގުރޫޕުގެ އެއްވަނައިގެ ގޮތުގައެވެ. އެ ޓީމާ ދެކޮޅަށް ސެމީގައި ކުޅުނު ޓީމް ލަންދޫ ސެމީއިން ޖާގަ ހޯދީ އިއްޔެ ގުރޫޕް ބީ ގެ ފަހު މެޗުގައި ޑީޓޫ ސްޕޯޓްސް ކުލަބު ބަލިކޮށް ހަ ޕޮއިންޓާއެކު ގުރޫޕް ބީ ގެ ދެވަނައިގެ ގޮތުގައެވެ.
މިއަދުގެ މެޗު ފަށައިގެން ކޮމެޓްސްއިން ފެނުނީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ރަނގަޅު އެޓޭކްތަކެއް އުފައްދަމުން ދިޔަތަނެވެ. އިބްރާހިމް އަލީމްއާއި މުހައްމަދު އައްޒާމްއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެގެން ދިޔައިރު، މުހައްމަދު ޝައްމާހު ޖައްސާލި ބޯޅައަކުން ފުރަތަމަ ހާފުގައި ކޮމެޓްސްއަށް ލީޑު ނަގައިދިނީ އައްޒާމްއެވެ. އެ ފަހުން ހާފު ނިމުމުގެ ކުރިން ޝައްްމާހު ވަނީ މޮޅު ގޯލެއް ޖަހައި އިތުރަށް ލީޑު ފުޅާކޮށްފައެވެ.
ދެވަނަ ހާފު ފަށައިގެން ކޮމެޓްސްއިން ވަނީ ގާތް ގާތުގައި ލަނޑުތަކެއް ޖަހައިފައެވެ. އެގޮތުން ހުސައިން ޝަރީފްގެ ދެ ގޯލާއި ޝައްމާހުގެ ގޯލެއް ފެނިގެން ދިޔައިރު، އެ ޓީމުގެ ކެޕްޓަން އަލީ ބުޝްރީ ވެސް ވަނީ އެ ހާފުގައި ކޮމެޓްސްއަށް ގޯލު ޖަހައިދީފައެވެ. ޓީމު ލަންދޫއިން އެ މެޗުގައި ޖެހި ހަމައެކަނި ގޯލު އެ ޓީމަށް ޖަހައިދިނީ މުހައްމަދު އިރުޝާމްއެވެ.
ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ކުޅުނު ވިންޑް ވޯރިއާސް ސެމީއިން ޖާގަ ހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުންވެސް މޮޅުވެ ގުރޫޕް ބީ ގެ އެއްވަނައިގެ ގޮތުގައެވެ. އެ ޓީމާ ވާދަކުރި ކަބަޓާން ސެމީން ޖާގަ ހޯދީ ގުރޫޕް އޭ ގެ ދެވަނައިގެ ގޮތުގައި ހަތަރު މެޗުން އަށް ޕޮއިންޓް ހޯދައިގެންނެވެ.
މިއަދުގެ މެޗު ފަށައިގެން މެޗުގެ ކުރީކޮޅު ވިންޑް ވޯރިއާސްއިން ވަނީ ދެ ގޯލު ޖަހައި ލީޑު ނަގައިފައެވެ. އިރުޝާދު އަދުނާން (އޭޓީ) ގެ ދެ ގޯލުން ވިންޑް ވޯރިއާސް ލީޑު ނެގި ނަމަވެސް އެ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ރަނގަަޅަށް ކުޅުނީ ކަބަޓާންއިންނެވެ. އެ ޓީމުން ރަނގަޅު ހަމަލާތަކެއް އުފައްދަމުން ދިޔައިރު، އިގްލީމް އަލީ ވަނީ ގޯލެއް ޖަހައި ފަރަގު ކުޑަކޮށްދީފައެވެ. އެ ހާފުގައި ނަތީޖާ ހަމަހަމަ ކުރަން އިގްލީމަށް އިތުރު ފުރުސަތެއް ލިބުނު ނަމަވެސް ގޯލުގެ އޭރިއާ ތެރޭގައި ހުރެ އޭނަ ފޮނުވާލި ބޯޅަ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.
ދެވަނަ ހާފު ފަށައިގެން ކަބަޓާންއިން ޓީމު ކުރިއަށް ޖައްސައިގެން ކުޅެމުން ދިޔައިރު، ވިންޑް ވޯރިއާސްއިން ވަނީ ރަނގަޅަށް ޑިފެންސްކޮށްފައެވެ. އެކަމަކު ކަބަޓާންގެ ކެޕްޓަން އަބްދުﷲ ޝާފީން ވަނީ ލިބުނު ފުރުސަތެއްގެ ބޭނުން ހިފައި ކަބަޓާންއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.
ކަބަޓާންއިން މެޗުގެ ނަތީޖާ އެއްވަރުކުރި ފަހުން އެ ޓީމުގެ ފަރާތުން ވަރުބަލިކަން ވަރަށް ބޮޑަށް ފެނިގެންދިޔައެވެ. އެ ދަނޑިވަޅުގައި ވިންޑް ވޯރިއާސްއިން ބަދަލުތަކެއްކޮށް ވަނީ ގޯލެއް ޖަހަން މަސައްކަތް ކޮށްފައެވެ. އެގޮތުން އަބްދުﷲ ނިހާދު ޖައްސާލި ބޯޅައަކުން އަލީ ސަމާލް ވަނީ ވިންޑް ވޯރިއާސްގެ ލީޑު އަލުން ހޯދައިދީފައެވެ. އަދި މެޗު ނިމެންދަނިކޮށް ވިންޑް ވޯރިއާސްގެ ކައުންޓާ އެޓޭކެއްގައި ނިހާދު ވަނީ އިތުރު ގޯލެއް ޖަހައިފައެވެ.
މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 12 ވަނަ ދުވަހުއެވެ.
މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ދި މެންގްރޫވް އައިލެންޑް އެވެ. ޕާޓުނަރުންގެ ގޮތުގައި ހިމެނޭ ސްޕޮންސަރުންނަކީ ޕްރިންޓިންގް ޕާޓުނަރު - ރެޑް ކްރިއެޓިކް، ޓްރޮފީ ޕާޓުނަރު - ލޭޔާ، ޕޮޓޯ ޕާޓުނަރު - ކެޕްޗާސް، ގްރެފިކް ޕާޓުނަރު - އެލައިވްޑިޒައިންސް، ޓެލެކޮމް ޕާޓުނަރު - އެންފްލެއާ، ބެވެރެޖް ޕާޓުނަރު - ކެނދި މާޓު، ޓްރެވަލް ޕާޓުނަރު - އަރިސް ގްރީން، މިއުޒިކް ޕާޓުނަރު ޑީޖޭ ކައްޗޭ އަދި ކިޓް ޕާޓުނަރު - ޖޯޒީ.އެމްވީއެވެ.
ކޯ ސްޕޮންސަރުންނަކީ ސިލިކާ، ލޯކަލް އާރްކް ސްޓޫޑިއޯ, ޕްރޮޓޯން ވައިބްސް އަދި ޑްރީމް ދޯންޏެވެ.
މި މުބާރާތާ ބެހޭ އެންމެ ފަހުގެ އަޕްޑޭޓުތައް ރަށްފުށު އޮންލައިންގެ ޙަބަރުތަކުންނާއި، ސޯޝަލް މީޑިއާގެ ޕޭޖުތަކުން ފެންނަން ހުންނާނެއެވެ.
0%
0%
0%
0%
0%
29 އޮގަސްޓު 2024
1
12 އޮގަސްޓު 2024
0
11 އޮގަސްޓު 2024
0
8 އޮގަސްޓު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
15 ޖޫން 2023
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
6 ޑިސެންބަރު 2023
1