ދި މެންގްރޫވް އައިލެންޑް ރިޒޯޓް ބޯއީސް ފުޓްސަލް ކަޕް 2023: "އެފްސީ ހާމަނޯސްއަކީ ފެމިލީއެއް، ނުކުންނާނީ އާއިލާއަށް ރީތި ނަން ހޯދައިދޭން"

''FC Hermanos aky family eh, nukunaany aailaa ah reethi nan hoadhaidheyn"

އެފްސީ ހާމަނޯސް ޓީމުގެ ޕްލޭޔަރެއް ކަމަށްވާ މިފަރްހާ -- ރާބަނދި ޗެލެންޖް 2023

0

އަންނަ އޮގަސްޓް މަހުގެ އެއްވަނަ ދުވަހު ނ. ކެނދިކުޅުދޫގައި ފަށައި ދި މެންގްރޫވް އައިލެންޑް ރިޒޯޓް ބޯއީސް ފުޓްސަލް ކަޕް 2023 މުބާރާތުގައި ވާދަކުރާ އެފްސީ ހާމަނޯސްއަކީ ފެމިލީއެއް ކަމަށާއި، މި މުބާރާތަށް ނުކުންނަނީ އާއިލާއަށް ރީތި ނަމެއް ހޯދައިދިނުމުގެ މަގުސަދުގައި ކަމަށް އެ ޓީމުގެ މެނޭޖަރު އަހުމަދު މުއާޒް ބުނެފިއެވެ. 

ދި މެންގްރޫވް އައިލެންޑް ރިޒޯޓް ބޯއީސް ފުޓްސަލް ކަޕަކީ މި ފަހުގެ ތާރީހެއްގައި ނޫނު އަތޮޅުގައި ބޭއްވޭ އެންމެ ބޮޑު ފުޓްސަލް މުބާރާތެވެ. ފަސް ރަށަކުން ޖުމުލަ 10 ޓީމު ވާދަކުރާ މި މުބާރާތަކީ ކުލަބުތަކަށް ހުޅުވާލައިގެން ވެސް އަތޮޅުގައި ދުވަސްގަނޑަކަށް ފަހު ބޭއްވޭ އެންމެ ފުރަތަމަ މުބާރާތެވެ. ނޫނު އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ކެނދިކުޅުދޫގެ ފުޓްސަލް ދަނޑުގައެވެ. މިއީ މި ނަމުގައި މުޅިން އަލަށް ބާއްވާ މުބާރާތެކެވެ. މި މުބާރާތް އިންތިޒާމުކޮށް ހިންގާނީ ކެނދިކުޅުދޫއަށް ނިސްބަތްވާ ރިޒޯޓް ބޯއީސްގެ ޓީމުން އިސްނަގައިގެންނެވެ

މި މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތު ބައިވެރިވި 10 ޓީމެއްގެ ނަން ރިޒޯޓް ބޯއީސް ފުޓްސަލް މުބާރާތުގެ އިންތިޒާމީ ކޮމިޓީއިން މިހާރު ވަނީ އިއުލާން ކޮށްފައެވެ. އެގޮތުން ފަސް ރަށަކުން ޓީމުތައް ބައިވެރިވާ އިރު، މުބާރާތުގެ ފޯރި އިތުރަށް ގަދަވާނެ ކަމަށާއި، އަމާޒަކީ މުބާރާތް ވީހާވެސް ވާދަވެރިކޮށް ކުރިއަށް ގެންދިއުން ކަމަށް ރިޒޯޓް ބޯއީސް ފުޓްސަލްގެ އިންތިޒާމީ ކޮމީޓިން މައުލޫމާތު ދެޔެވެ.

މި މުބާރާތުގައި ކެނދިކުޅުދޫއިން ބައިވެރިވާ ޓީމުތަކުގެ ތެރޭގައި މުޅިން އަލަށް ޓީމެއް އެކުލަވާލައިގެން ބައިވެރިވާ އެއް ޓީމަކީ އެފްސީ ހާމަނޯސްއެވެ. މިފަހަރުގެ ރިޒޯޓް ބޯއީސް މުބާރާތާއި ދިމާކޮށް އެ ޓީމުން އަލަށް މުބާރާތެއްގައި ވާދަކުރާއިރު، އެ ޓީމުގައި ވެސް ކެނދިކުޅުދޫގެ ސީނިއާ ޕްލޭޔަރުންތަކެއް ހިމެނެއެވެ. އަދި އަތޮޅު ފެންވަރުގައި ނަން ވިދާލާ ކުޅުންތެރިންތަކެއް ހިމެނޭ އާއިލާއެއްގެ ތެރެއިން އުފެދުނު މި ޓީމުގެ މަގުސަދަކީ މުބާރާތް ކާމިޔާބުކޮށް އާއިލާއަށް ރީތި ނަމެއް ހޯދައިދިނުން ކަމަށް އެ ޓީމުނެ މެނޭޖަރު މުއާޒް ވަނީ ބުނެފައެވެ. 

ދި މެންގްރޫވް އައިލެންޑް ރިޒޯޓް ބޯއީސް ފުޓްސަލް ކަޕް 2023 އާ މެދު ދެކެނީ ކިހިނެތް؟

"މިއީ އަސްލު ވަރަށް ރަނގަޅު ވިސްނުމެއްގައި ރިޒޯޓް ބޯއީސް ނުވަތަ ކެނދިކުޅުދޫގެ ރިޒޯޓް ބޯއީސް އިންތިޒާމު ކޮށްގެން، އަދި ވަކިބަޔަކުވެސް ހިމެނިގެން ވިޔަސް ކުރާ، ފުޓުބޯޅައަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމެއް. މިއީ މިވަގުތަށް ފުޓުބޯޅައިގައި ވަރަށް މުހިއްމުވެފައި އޮތް އެއްޗެއްގެ ގޮތުގައި ކެނދިކުޅުދޫގެ ޒުވާނެއްގެ ހައިސިއްޔަތުން ދެކެނީ،" މުއާޒް ބުންޏެވެ.

"ކެނދިކުޅުދޫގެ ކުޅިވަރު އާލާ ކުރުމަށާއި، ނިއު ޖެނެރޭޝަނަށް ވެސް މި މުބާރާތުގެ ސަބަބުން ވަރަށް ބޮޑު ފައިދާތަކެއްކޮށް، މިވަގުތަށް ވަރަށް މުހިއްމު ކަމެއްގެ ގޮތުގައި ކުރެވޭ ކަމެއް މިއީ."

މުބާރާތާއި މެދު ޓީމުގެ އުންމީދުތަކަކީ ކޮބާ؟

"މިއީ ރަށާއި އަތޮޅަށް ދައުވަތު ދީގެން ޓީމުތައް އައިސް ބަހާލެވިގެން ކުޅޭ މުބާރާތެއްވީމާ ޓީމާއި މެދު އޮތީ ވަރަށް ބޮޑު އުންމީދެއް. އެހެންވެ ވަރަށް ރަނގަޅު ޓާގެޓެއް ކޮށްގެން ކުރިއަށް މިދަނީ. އިރާދުފުޅު ކުރެއްވިޔާ މުބާރާތުގައި ހަމަ ރަނގަޅު ހިސާބަކަށް ދަތުރު ކުރުން އުންމީދަކީ،"

"މިއީ އަޅުގަނޑުމެންގެ ފުރަތަމަ މުބާރާތް، އަނެއްކާ ރިޒޯޓް ބޯއީސްގެ ވެސް ފުރަތަމަ މުބާރާތް. އެހެންވީމަ އުންމީދުކުރަނީ މި މުބާރާތުގައި ރަނގަޅު ހިސާބަކަށް ދާން."

 

މި މުބާރާތް ކާމިޔާބުކުރުން ވެގެންދާނީ ޓީމުގެ މުސްތަގުބަލަށް ކިހާ މުހިއްމު ކަމަކަށް؟

"މި ޓީމަކީ މި ފެމިލީއަށް ނިސްބަތްކޮށް ނަގާފައި އިން ޓީމެއް ގޮތުގައިވާތީ މި މުބާރާތް ކާމިޔާބުކުރެވިއްޖެ ކަމުގައި ވާނަމަ އަދި ކުރިއަށްދާން އެއީ ލިބޭނެ ވަރަށް ބޮޑު ހިތްވަރެއް. އެއީ ފެމިލީގެ ތެރެއިން ވެއްޖެޔާ މި ނަން ނޫނީ މި ޓީމު ދަމަހައްޓަން ކުރިއަށް ހުރި މުބާރާތްތަކުގައި ފެމިލީއިން ހަމަ ފެމިލީގެ ގޮތުގައި ބައިވެރިވާން ހިތްވަރެއް ލިބޭނެ. އޭރުން ކުރިއަށް ހުރި މުބާރާތްތަކުގައި ބައިވެރިވެގެން ފެމިލީއަށް އަދި ރަށަށް ވެސް ރީތި ނަމެއް ހޯދުން މީގެ ޓާގެޓަކީ."

 

އަތޮޅުތެރޭގައި ކްލަބްގެ ވާދަވެރިކަން އޮތުން އެއީ ކިހާ މުހިއްމު ކަމެއް؟

"އަސްލު ފުޓުބޯޅަ އެކަންޏެއް ނޫން. އަތޮޅު ވާދަވެރިކަން އަތޮޅުތެރޭގައިވެސް ނޫނީ ދެން ދާއިރާގެ ރަށްތަކުގެ މެދުގައިވެސް އޮތުމަކީ މިއީ ވަރަށް މުހިއްމު ކަމެއް. އެއީ ކުޅިވަރަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް އަދި ދޭދޭ ނެއިބޯ އައިލެންޑްސްގެ މެދުގައި އުފެދޭ ގާތް އެކުވެރިކަން އޮންނާނީ މިގޮތަށް ވާދަވެރިކަން އޮވެގެން ހަގީގަތުގައި. އެ ގުޅުން ދެމެހެއްޓެނިވި ގޮތެއްގައި އޮންނާނޯ މިކަހަލަ ވާދަވެރި މުބާރާތްތައް ނޫނީ އިވެންޓްތައް ކުރިއަށް ގެންގޮސްގެން."

ފައިސާގެ ބޮޑެތި އިނާމުތަކެއް ވެސް ކަނޑައަޅާފައިވާ މި މުބާރާތް ދެ ގުރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދަން ރާވާފައިވާ އިރު ސެމީއަށް ދަތުރު ކުރާނީ ގުރޫޕް ސްޓޭޖުގައި އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ. އެގޮތުން ޓީމުތައް ބަހާލާނީ ފަސް ޓީމުގެ ދެ ގުރޫޕަށެވެ. 

މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރުންނަކީ މެންގްރޫވް އައިލެންޑް އެވެ. ޕާޓުނަރުންގެ ގޮތުގައި ހިމެނޭ ސްޕޮންސަރުންނަކީ ޕްރިންޓިންގް ޕާޓުނަރު - ރެޑް ކްރިއެޓިކް، ޓްރޮފީ ޕާޓުނަރު - ލޭޔާ، ޕޮޓޯ ޕާޓުނަރު - ކެޕްޗާސް، ގްރެފިކް ޕާޓުނަރު - އެލައިވްޑިޒައިންސް، ޓެލެކޮމް ޕާޓުނަރު - އެންފްލެއާ، ބެވެރެޖް ޕާޓުނަރު - ކެނދި މާޓު، ޓްރެވަލް ޕާޓުނަރު - އަރިސް ގްރީން، މިއުޒިކް ޕާޓުނަރު ޑީޖޭ ކައްޗޭ އަދި ކިޓް ޕާޓުނަރު - ޖޯޒީ.އެމްވީއެވެ.

ކޯ ސްޕޮންސަރުންނަކީ ސިލިކާ، ލޯކަލް އާރްކް ސްޓޫޑިއޯ, ޕްރޮޓޯން ވައިބްސް އަދި ޑްރީމް ދޯނީގެ އިތުރުން އިއްސޭ ފިޝިންގްއެެވެ. އަދި ސަޕޯޓިންގް ޕާޓުނަރުންގެ ގޮތުގައި އެފްސީ ރޮބިންސިއާ ހިމެނެއެވެ.

މި މުބާރާތާ ބެހޭ އެންމެ ފަހުގެ އަޕްޑޭޓުތައް ރަށްފުށު އޮންލައިންގެ ޙަބަރުތަކުންނާއި، ސޯޝަލް މީޑިއާގެ ޕޭޖުތަކުން ފެންނަން ހުންނާނެއެވެ.

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Happy
Happy

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Semi ge raih card aa eku ves Ayaa ah finalgai kulhumuge furustathu, insaafuveribaa?!

ސެމީގެ ރަތްކާޑާއެކު ވެސް އަޔާއަށް ފައިނަލުގައި ކުޅުމުގެ ފުރުސަތު، އިންސާފުވެރިބާ؟!

3

Magey Hiyaa: Gevalhu thakugai ge neylhi thibi myhunah ranuge furusatheh

މަގޭ ހިޔާ: ގެވަޅުތަކުގައި ގެ ނޭޅި ތިބި މީހުންނަށް ރަނުގެ ފުރުސަތެއް

0

India sifain thibi vaahaka kurin dhekky idhikolhugai thibegen sarukaarah annan: Adhurey

އިންޑިއާ ސިފައިން ތިބި ވާހަކަ ކުރިން ދެއްކީ އިދިކޮޅުގައި ތިބެގެން ސަރުކާރަށް އަންނަން: އަދުރޭ

1