ދި މެންގްރޫވް އައިލެންޑް ރިޒޯޓް ބޯއީސް ފުޓްސަލް ކަޕް 2023: އެފްސީ ހާމަނޯސްއަށް ބޮޑު މޮޅެއް، ކޭކޭއެފްސީ ޒުވާން ޓީމުގެ ހިތްވަރަށް ސާބަސް!

FC Hermanos ah bodu molheh, KKFC zuvaan team ge hihvarah saabas!

ދި މެންގްރޫވް އައިލެންޑް ރިޒޯޓް ބޯއީސް ފުޓްސަލް ކަޕުގައި ކެނދިކުޅުދޫ 19 އަހަރުން ދަށުގެ ޓީމާއި އެފްސީ ހާމަނޯސް ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ/ކެޕްޗާސް

0

ނ.ކެނދިކުޅުދޫގައި މިހާރު ކުރިއަށްދާ ދި މެންގްރޫވް އައިލެންޑް ރިޒޯޓް ބޯއީސް ފުޓްސަލް ކަޕުގައި ކެނދިކުޅުދޫ 19 އަހަރުން ދަށުގެ ޓީމު އަތުން އެފްސީ ހާމަނޯސް ބޮޑު މޮޅެއް ހޯދައި މުބާރާތުގެ ފެށުން ރަނގަޅު ކޮށްފިއެވެ.

ކެނދިކުޅުދޫގެ ފުޓުބޯޅަ ސްޓޭޑިއަމުގައި މިއަދު ކުޅުނު އެ މެޗުން ކޭކޭއެފްސީ އަންޑާ 19 އަތުން ހާމަނޯސްކުރި ހޯދީ 1-5 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މޮޅަކީ މިފަހަރުގެ މުބާރާތުގައި މިހާތަނަށް ކުޅުނު ތިން މެޗުގެ ތެރެއިން ވެސް އެންމެ ތަފާތު ބޮޑު ނަތީޖާއެއް ނުކުތް މެޗެވެ. މި މޮޅާއެކު ހާމަނޯސް ގުރޫޕް އޭ ގެ އެއްވަނައަށް ޖެހިލި އިރު، ދެން މެޗެއްގައި އެ ޓީމު ބައްދަލު ކުރާނީ ސުޕަ ސްޕޯޓިން ބޯއީސް (އެސްއެސްބީ) އާ ދެކޮޅަށެވެ. މިއަދުގެ މެޗުން ބަލިވި ކޭކޭއެފްސީ އަންޑާ 19 ޓީމުން މާދަމާ ކަބަޓާންއާ ދެކޮޅަށް ނުކުންނާނެއެވެ. 

މިއަދުގެ މެޗު ފަށައިގެން ހާމަނޯސްއިން ދިޔައީ އިދިކޮޅު ކޭކޭއެފްސީ އަންޑާ 19 ޓީމުގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން އަފްރާހް (މެސީ) ވަނީ އެ ހާފުގެ ކުރީކޮޅު ނުރައްކާތެރި ހަމަލާތަކެއް އުފައްދައިފައެވެ. ހާމަނޯސްއިން އެ ހާފު ނިންމާލީ ތިން ގޯލުގެ ލީޑެއްގައި އޮވެގެންނެވެ. އެގޮތުން މުހައްމަދު ޒުބައިރު (ޒުއްބަ) ދެ ގޯލު ކާމިޔާބު ކުރި އިރު، މިފްރާހް (ކުއްބެ) ވަނީ ގޯލެއް ޖަހައިފައެވެ.

ދެވަނަ ހާފުގައި ކޭކޭއެފްސީ އަންޑާ 19 އިން ވަނީ ކުޅުން ރަނގަޅުކޮށް ހަމަލާތަކެއް އުފައްދައިފައެވެ. އެގޮތުން އެ ޓީމުގެ ރާއިފް ވަނީ ދެވަނަ ހާފު ފެށިތަނާ ރީތި ގޯލެއް ކާމިޔާބުކޮށް ފަރަގު ކުޑަކޮށްފައެވެ. ފުރަތަމަ ހާފުގައި ތިން ގޯލުން ބަލިވި ނަމަވެސް އެ ކޭކޭއެފްސީ އަންޑާ 19އިން ދެވަނަ ހާފުގައި ކުޅުނީ ހިތްވަރާއެކު އެވެ. ކޭކޭއެފްސީ އަންޑާ 19އިން ދެވަނަ ހާފުގައި ކުޅުން ރަނގަޅުކުރި ނަމަވެސް ހާމަނޯސްއިން އެ ހާފުގައި ދެ ގޯލެއް ވަނީ ޖަހައިފައެވެ. އެ ދެ ގޯލަކީ އައްޝަމް (އައްޝަ) އާއި ހުސައިން އަފްނާޒް (އައްޕި) ކާމިޔާބުކުރި ދެ ގޯލެވެ.

 
ދި މެންގްރޫވް އައިލެންޑް ރިޒޯޓް ބޯއީސް ފުޓްސަލް ކަޕުގައި ކެނދިކުޅުދޫ 19 އަހަރުން ދަށުގެ ޓީމާއި އެފްސީ ހާމަނޯސް ބައްދަލު ކުރި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ޒުއްބައަށް ޓްރޮފީ ހަވާލުކުރަނީ -- ފޮޓޯ/ކެޕްޗާސް

މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އެފްސީ ހާމަނޯސްގެ ޒުއްބައެވެ.

މި މުބާރާތުގައި މާދަމާ ވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ އެސްއެސްބީ އަދި ކޮމެޓްސްއެވެ. ދެވަނަ މެޗުގައި ކޭކޭއެފްސީ އަންޑާ 19 އަދި ކަބަޓާން ބައްދަލު ކުރާނެއެވެ.

މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ދި މެންގްރޫވް އައިލެންޑް އެވެ. ޕާޓުނަރުންގެ ގޮތުގައި ހިމެނޭ ސްޕޮންސަރުންނަކީ ޕްރިންޓިންގް ޕާޓުނަރު - ރެޑް ކްރިއެޓިކް، ޓްރޮފީ ޕާޓުނަރު - ލޭޔާ، ޕޮޓޯ ޕާޓުނަރު - ކެޕްޗާސް، ގްރެފިކް ޕާޓުނަރު - އެލައިވްޑިޒައިންސް، ޓެލެކޮމް ޕާޓުނަރު - އެންފްލެއާ، ބެވެރެޖް ޕާޓުނަރު - ކެނދި މާޓު، ޓްރެވަލް ޕާޓުނަރު - އަރިސް ގްރީން، މިއުޒިކް ޕާޓުނަރު ޑީޖޭ ކައްޗޭ އަދި ކިޓް ޕާޓުނަރު - ޖޯޒީ.އެމްވީއެވެ.

ކޯ ސްޕޮންސަރުންނަކީ ސިލިކާ، ލޯކަލް އާރްކް ސްޓޫޑިއޯ, ޕްރޮޓޯން ވައިބްސް އަދި ޑްރީމް ދޯންޏެވެ.

މި މުބާރާތާ ބެހޭ އެންމެ ފަހުގެ އަޕްޑޭޓުތައް ރަށްފުށު އޮންލައިންގެ ޙަބަރުތަކުންނާއި، ސޯޝަލް މީޑިއާގެ ޕޭޖުތަކުން ފެންނަން ހުންނާނެއެވެ.

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Happy
Happy

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Semi ge raih card aa eku ves Ayaa ah finalgai kulhumuge furustathu, insaafuveribaa?!

ސެމީގެ ރަތްކާޑާއެކު ވެސް އަޔާއަށް ފައިނަލުގައި ކުޅުމުގެ ފުރުސަތު، އިންސާފުވެރިބާ؟!

3

Magey Hiyaa: Gevalhu thakugai ge neylhi thibi myhunah ranuge furusatheh

މަގޭ ހިޔާ: ގެވަޅުތަކުގައި ގެ ނޭޅި ތިބި މީހުންނަށް ރަނުގެ ފުރުސަތެއް

0

India sifain thibi vaahaka kurin dhekky idhikolhugai thibegen sarukaarah annan: Adhurey

އިންޑިއާ ސިފައިން ތިބި ވާހަކަ ކުރިން ދެއްކީ އިދިކޮޅުގައި ތިބެގެން ސަރުކާރަށް އަންނަން: އަދުރޭ

1