ޓެކާސް ރިޒޯޓް ކަޕް 2023 ގައި ރޮބިންސަންއާއި ވެލާ ބައްދަލު ކުރި މެޗުގެ ތެރެއިން --
މިހާރު ކުރިއަށްދާ ޓެކާސް ރިޒޯޓް ފުޓްސަލް ކަޕުގެ ނޫނު ޒޯނުގައި ކުޅުނު ދެވަނަ މެޗުގައި ފަހަތުން އަރައި ރޮބިންސަން ބަލިކޮށް ވެލާ ޕްރިއިވެޓް އައިލެންޑުން ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފިއެވެ.
ސިޔާމްވޯލްޑް ފުޓްސަލް ގްރައުންޑުގައި މިއަދު ހަވީރު ކުޅުނު މެޗުން ރޮބިންސަން ނޫނުގެ މައްޗަށް ވެލާ ރިޒޯޓުން ކުރި ހޯދީ 2-4 ގެ ނަތީޖާއަކުންނެވެ. މިއީ މިފަހަރުގެ މުބާރާތުގައި ވެލާއިން ހޯދި ދެވަނަ މޮޅެވެ. ފުރަތަމަ މެޗުގައި ސިޔާމް ވޯލްޑް އަތުން 5-2 އިން ވެލާ މޮޅުވި އިރު، އެ ޓީމުން ވަނީ ހަ ޕޮއިންޓާއެކު ފައިނަލަށް ދަތުރު ކޮށްފައެވެ. އަދި މިހިސާބުން އެ ޓީމަށް ވަނީ ލީގު ބުރުގެ މެޗު ނިމިފައެވެ.
މިއަދުގެ މެޗުން ބަލިވި ރޮބިންސަންއަށް ފައިނަލަށް ދިއުމުގެ ފުރުސަތު އަދިވެސް އޮންނާނެއެވެ. ލީގު ބުރުގައި މާދަމާ ސިޔާމް ވޯލްޑާ ދެކޮޅަށް އެ ޓީމުން ނުކުންނަ އިރު، ސެމީ ފައިނަލުގައި މި މަހުގެ 18 ވަނަ ދުވަހު އަދި މެޗެއް އެ ދެ ޓީމުގެ މެދުގައި ކުޅޭނެއެވެ. ފައިނަލަށް ދަތުުރު ކުރާނީ ސެމީ ފައިނަލުން މޮޅުވާ ޓީމެކެވެ.
މިއަދުގެ މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނުނު އިރު، މެޗުގައި ފުރަތަމައިން ގޯލު ޖަހައި ލީޑު ނެގީ ރޮބިންސަންއިންނެވެ. އެ ޓީމުގެ ކެޕްޓަން މުހައްމަދު ނަވީދު ދުރުން ފޮނުވާލި ބާރު ހަމަލާއެއް ގޯލަށް އަމާޒުކޮށްލައިގެން އެ ޓީމަށް ލީޑު ނަގައިދިން އިރު، ވެލާއިން ވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެެވެ. އެ ޓީމަށް އެ ލަނޑު ޖަހައިދިނީ އަލީ މާޔިސް ހުސައިންއެވެ.
ދެވަނަ ހާފު ފަށައިގެން ވެލާއިންވަނީ ހާފުގެ ކުރީކޮޅު ތިން ލަނޑު ޖަހައި ފަރަގު ބޮޑުކޮށްފައެވެ. ހާފު ފެށިތާ ކައިރީގައި އަލީ ރަޒީގެ ގޯލުން ވެލާއިން މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނެގި އިރު، އަހުމަދު ފާރިސް ވަނީ އެ ފަހުން ގޯލެއް ޖަހައިފައެވެ. ވެލާގެ ހަތަރުވަނަ ގޯލަކީ އަހުމަދު އިމްރާން ޖެހި ހިތްގައިމު ގޯލެކެވެ. މިއީ އޭނާ މިހާތަނަށް މުބާރާތުގައި ޖެހި ހަތަރުވަނަ ގޯލެވެ.
ރޮބިންސަންއިން ނަތީޖާ އަނބުރާލުމަށް ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް އެ ޓީމަށް އެ ހާފުގައި ޖެހުނީ އެންމެ ގޯލެކެވެ. އެ ގޯލު އެ ޓީމަށް ޖަހައިދިނީ ހަސަން މާއިދު އަހުމަދުއެވެ. އޭނާ އެ ގޯލު ޖެހީ ހާފުގެ މެދަކާ ހިސާބުން ފޮނުވާލި ބާރު ހަމަލާއަކުންނެވެ.
މި މުބާރާތުގައި މާދަމާ ވެސް މެޗެއް ކުޅޭނެ އެވެ. އެ މެޗުގައި ބައްދަލުކުރާނީ ރޮބިންސަން އަދި ސިޔާމްވޯލްޑްއެވެ
ޓެކާސް މުބާރާތަކީ ރާއްޖޭގައި ހިންގާ އެންމެ ފެންވަރު ރަނގަޅު ފުޓްސަލް މުބާރާތެވެ. ޓެކާސް ރިސޯޓް ކަޕްގެ ކޮންމެ އަތޮޅެއްގެ ޗެމްޕިއަން އަދި ޒޯނެއްގެ ޗެމްޕިއަނުންނަށް މެޑަލް އަދި ޓްރޮފީ ދޭ އިރު، ކޮންމެ އަތޮޅަކުން ގަދަ ފަސް ކުޅުންތެރިންނާއި އެންމެ އުންމީދީ ކުޅުންތެރިޔާ އަދި އެންމެ މޮޅު ކޯޗު ހޮވާނެއެވެ. މުޅި މުބާރާތުގެ ޗެމްޕިއަން ޓީމަށް 5000 ޑޮލަރުގެ ފައިސާގެ އިނާމެއް ކަނޑައެޅިފައިވާ އިރު، ރަނަރަޕް ޓީމަށް 2500 ޑޮލަރު ލިބޭނެއެވެ.
މިއަހަރުވެސް މުބާރާތްތައް އޮންނާނީ އެކި ސަރަހައްދުތަކަށް ބަހާލައިގެންނެވެ. އެގޮތުން އަށް އަތޮޅެއްގައި މުބާރާތްތައް ހޯސްޓްކޮށް، ފައިނަލް ބުރަކާއެކު ރާއްޖޭގެ ޗެމްޕިއަން ޓީމު ހޮވިގެންދާނެއެވެ.
ނޫނު ޒޯނުގެ ސެމީ ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 18 ވަނަ ދުވަހުއެވެ. އަދި ފައިނަލް އޮންނާނީ މި މަހުގެ 20 ވަނަ ދުވަހުއެވެ.
މިފަހަރުގެ ޓެކާސް ނޫނު ޒޯނުގެ މީޑިއާ ޕާޓުނަރަކީ ރަށްފުށު އޮންލައިންއެވެ.
0%
0%
0%
0%
0%
29 އޮގަސްޓު 2024
1
12 އޮގަސްޓު 2024
0
11 އޮގަސްޓު 2024
0
8 އޮގަސްޓު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
15 ޖޫން 2023
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
6 ޑިސެންބަރު 2023
1