ސްޕެއިނުން ޔޫރަޕް ފުޓުބޯޅައިގެ ގަދަ ބާރެއް ކަމަވަށްވާ ކްރޮއޭޝިއާ ބަލިކުރިއިރު، އެންމެ ފަހުގެ ޔޫރޯ ޗެމްޕިއަނުން އިޓަލީއަށް އަލްބޭނިއާ ކައިރިން ހަނިގޮތަކަށް މޮޅުވެއްޖެއެވެ.
އޮލިމްޕިއަސްޓޭޑިއަމްގައި ކުޅުން ސްޕެއިން އަދި ކްރޭޝިއާ ވާދަކުރި މެޗު ނިމިގެން ދިޔައީ 3-0 ގެ ނަތީޖާއަކުން ސްޕެއިން ކުރީގައި އޮވެގެންނެވެ. މި މެޗުގައި ޖެހި ތިން ގޯލުވެސް ފެނިގެންގޮސްފައިވަނީ ފުރަތަމަ ހާފްގައެވެ.
އަލްވާރޯ މޮރާޓާ 29 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިން ގޯލާއެކު ސްޕެއިންއަށް ލީޑު ބުނު އިރު، 32 ވަނަ މިނެޓުގައި ޓީމުގެ މިޑްފިލްޑާ ފަބިއަން ރުއިޒް ކާމިޔާބު ކޮށްދިން ގޯލާއި ރިއާލް މެޑްރިޑްގެ ޑފެންސްގައި އިސްރޯލެއް އަދާކުރާ ޑެނީ ކާވަހާލް، ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ޖެހި ގޯލާއެކު ސްޕެއިނުން ވަނީ 3 ގޯލަށް ފަރަގު އިތުރު ކޮށްފައެވެ.
ކްރޮއޭޝިއާއިން ދެވަނަ ހާފް ފަށައިގެން ފެންނަމުން ދިޔައީ ވަރުގަދަ ކޮށެވެ. ކްރޯއޭޝިއާ އަށް 80 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ ވަނީ ނާކާމިޔާބުވެފައެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނިކުއިތް ބްރޫނޯ ޕެޓްކޮވިޗް ފޮނުވާޕެނަލްޓީ ކްރޯއޭޝިއާގެ ކީޕަރު މަތަކުރުމުން، ރިބައުންސް އަށް އައި ބޯޅައިގައި އިވާން ޕެރިސިޗް ގޯލްކުރިމައްޗަށް ނަގާދިން ހުރަހުގައި ޕެޓްކޮވިޗް ބޯޅަ ގޯލްގެ ތެރެޔަށް ފޮނުވާލިއެވެ. ނަމަވެސް ރެފްރީ ވީއޭއާރު ބެލުމަށްފަހު ނިންމީ ބޯޅަ ލިބުނު އިރު ކުޅުންތެރިޔާ އޮތީ އޮފްސައިޑުގައި ކަމަށެވެ.
މިމުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުން އިޓަލީ އިން މެޗް ކާމިޔަބުކުރީ 2-1 ގެ ނަތީޖާ އަކުން އަލްބޭނިޔާ ބަލިކުރުމަށް ފަހުއެވެ. މިމެޗުގައި އަލބޭނިއާއިންވެސް ވަނީ ރަނގަޅު ކުޅުމެއް ދަށްކާފައެވެ. އެގޮތުން، މެޗް ފަށައިގެން މިނެޓެއް ނުވަނީސް އަލްބޭނިޔާއިން ގޯލްޖެހި ނަމަވެސް އިޓަލީގެ ކުޅުން ރަނގަޅުކޮށް ފަހަތުން އަރާ ވަނީ 2 ގޯލް ޖަހާފައެވެ. އެލެސަންޑްރޯ ބަސްޓޯނީ 11 ވަނަ މިނެޓުގައި އަދި 16 ވަނަ މިނެޓުގައި ބަރެއްލާ ކާމިޔާބުކޮށްދިން ގޯލުން އިޓަލީއަށް ލީޑް ހޯދިއެވެ. އަލްބޭނިއާގެ ހަމައެކަނި ގޯލް ކާމިޔާބުކޮށްދިނީ ނެދިމް ބަޖްރަމީ އެވެ.
މިއަދު 16 ޖޫން 2024 ގައި ކުޅުމަށް ތާވަލުކުރެވިފައިވާ ދެމެޗަކީ ގްރޫޕް ސީ ގައި ސްލޮވޭނިއާ އަދި ޑެންމާކް ބައްދަލުކުރާ މެޗެވެ. އެމެޗްފެށޭނީ ރާއްޖެ ގަޑިން ރޭގަނޑު 9:00 ގައެވެ. ގްރޫޕް ޑީ ގައި ނެދަލޭންޑްސް އަދި ޕޮލޭންޑް ގެ ކުރިމަތިލުން ހަވީރު 6 ޖަހާއިރު ފެށުމަށްވަނީ ހަމަޖެހިފައެވެ.
ޔޫރޯ އަކީ ޔޫރަޕްގެ ގަޢުމުތަކުގެ މެދުގައި ބޭއްވޭ މުބާރާތެކެވެ. މި މުބާރާތަކީ 4 އަހަރުން އެއްއަހަރު ބޭއްވޭ މުބާރާތެކެވެ. މިއަހަރު ޔޫރޯގެ މެޗްތައް ކުޅެމުން ދަނީ ޖަރުމަނުގައެވެ.
0%
0%
0%
0%
0%
29 އޮގަސްޓު 2024
1
12 އޮގަސްޓު 2024
0
11 އޮގަސްޓު 2024
0
8 އޮގަސްޓު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1