ފޮޓޯ؛ ސިޑިބަރި
ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ގެ އެހީގައި ޑެންމާކު ބަލިކޮށް ޖަރުމަނު ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.
މިމެޗުން ޖަރުމަނު މޮޅުވީ 2-0 ގެ ނަތީޖާއަކުން ޑެންމާކުގެ މައްޗަށް ކުރި ހޯދައިގެންނެވެ.
މެޗު ފަށާގެން ޑޮޓްމަންޑްގެ ޑިފެންސަށް ކުޅެމުން އަންނަ ނިކޯ ޝްލޮޓާބެކް ވަނީ ޖަރުމަނަށް ގޯލެއް ކާމިޔާބުކޮށްދީފައެވެ. ނަމަވެސް ރެފްރީ ނިންމީ ބޯޅަ ގޯލްގެ ތެރެއަށް ވަނުމުގެ ކުރިން ޖަރުމަނުގެ ކުޅުންތެރިއެއް ޑެންމާކުގެ ކުޅުންތެރިއަކަށް ފައުލް ކޮށްފައިވާކަމަށެވެ.
ފުރަތަމަ ހާފުގައި ޖަރުމަނުން ގެންދިޔައީ ޑެންމާކުގެ ގޯލާ ދިމާކޮށް ފުލުފުލުގައި ބާރު ހަމަލާތައް ފޮނުވަމުންނެވެ. އެގޮތުން ޔޯޝުއާ ކިމިޗް އަދި ކައި ހަވާޓްޒް ފޮނުވާލި ހަމަލާތައް ވަނީ ޑެންމާކުގެ ކީޕަރު ކަޝްޕާ ސްމައިކަލް ހުށިޔާރުކަމާއެކު ދިފާއު ކޮށްފައެވެ.
ޑެންމާކަށްވެސް މިމެޗުގައި ގޯލް ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ވަނީ ލިބިފައެވެ. ފުރަތަމަ ހާފް ނިމެންދަނިކޮށް ތޯމަސް ޑިލޭނީ ދިން ޕާހަކުން ރަސްމުސް ހޮއިލެންޑް އަށް ބޯޅަ ލިބުނީ ހުސްކޮށެވެ. ނަމަވެސް ހޮއިލެންޑް ފޮނުވާލި ބޯޅަ ޖަރުމަނުގެ ކީޕަރު މަނުއަލް ނޯޔާ ވަނީ މަތަކޮށްފައެވެ.
ފުރަތަމަ ހާފް ނިމިގެން ދިޔައީ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި 0-0 ގެ ނަތީޖާއަކުންނެވެ.
ދެވަނަ ހާފް ފަށައިގެން ޑެންމާކުގެ ޑިފެންޑަރު ޖޯކިމް އެންޑަސެން ވަނީ 48 ވަނަ މިނެޓުގައި ގޯލެއްް ޖަހާފައެވެ. ވީއޭއާރ ުބެލުމަށްފަހު ރެފްރީ ނިންމީ އެގޯލަކީ އޮފްސައިޑްގައި ހުރެ ޖެހި ގޯލެއްކަމަށެވެ. ޖަރުމަނުން މެޗުގައި ދަށްކަމުން އައި ކުޅުން އިތުރަށް ރަނގަޅުކޮށް ޑެންމާކުގެ ޑިފެންސަށް ވަނީ ބާރުބޮޑުކޮށްފައެވެ.
ޖަރުމަނުން މެޗުގައި ލީޑު ނެގީ މެޗުގެ 53 ވަނަ މިނެޓުގައި ކައި ހަވާޓްޒް ކާމިޔާބުކޮށްދިން ގޯލުންނެވެ. މިގޯލް ހަވާޓްޒް ކާމިޔާބުކޮށްދިނީ ޑެންމާކުގެ އޭރިއާތެރެއިން އެޓީމުގެ ޑިފެންޑަރި ޖޯކިމް އެންޑަސެން އަތުގައި ބޯޅަ ޖެހުމުން ދިން ޕެނަލްޓީއެއް ގޯލުތެރެއަށް ވަށްދާލައިގެންނެވެ.
މެޗުގެ 68 ވަނަ މިނެޓުގައި ޖަރުމަނުން ވަނީ ނަތީޖާ އިތުރަށް ފުޅާކޮށްފައެވެ. މިގޯލް ޖަހައިދިނީ ބަޔާން މިއުނިކަށް ކުޅެމުން އަންނަ ޒުވާން މިޑްފިލްޑާ ޖަމާލް މުސިއާލާއެވެ. ނިކޯ ސްކޮލެޓާބެކް ފަހަތުގައި ހުރެ ފޮނުވާލި ބޯޅަ ޑެންމާކުގެ ޑިފެންޑަރުގެ ބޯމަތިން އައިސް ލިބުނީ މުސިއާލާއަށެވެ. ޑެންމާކުގެ އޭރިއާ ތެރެއަށްވަދެ މުސައާލާ ފޮނުވާލި ބޯޅަ ވަދުނީ ޑެންމާކް ގޯލުގެ ތިރީ ކަނަށެވެ.
ދެވަނަ ހާފުގައި ޖަރުމަނަށް ގޯލް ޖަހާނެ ގިނަ ހުސް ފުރުސަތުތަކެއް ވަނީ ލިބިފައެވެ.
މިމެޗުގެ މޮޅު ކުޅުންތެރިއކަށް ހޮވުނީ ޖަރުމަނުގެ ޑިފެންޑަރު އެންޓޯނިއޯ ރޫޑިގާއެވެ.
ޖަރުމަނު ކުއާޓާ ފައިންލުގައި ބައްދަލު ކުރާނީ ސްޕެއިން އަދި ޖޯޖިއާ ބައްދަލު ކުރާ މެޗުން މޮޅުވާ ޓީމަކާއެވެ. ސްޕެއިން އަދި ޖޯޖިއާ ބައްދަލު ކުރާ މެޗް ފަށާނީ 1 ޖުލައި 2024ގެ 00:00 ގައެވެ.
ޑެންމާކަށް މިހިސާބުން މުބާރާތް ނިމުނީއެވެ. ޑެންމާކަކީ މިދިޔަ ޔޫރޯގެ ސެމި ފައިނަލް ކުޅެފައިވާ ޓީމެކެވެ. ޑެންމާކު ސެމީ ފައިނަލުގައި ބައްދަލުކުރީ އިންގްލޭންޑާއެވެ. އެވާދަވެރި މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުރީ އިންގްލޭންޑެވެ.
0%
0%
0%
0%
0%
29 އޮގަސްޓު 2024
1
12 އޮގަސްޓު 2024
0
11 އޮގަސްޓު 2024
0
8 އޮގަސްޓު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1