ޔޫކްރެއިންގެ މައްޗަށް ރޮމޭނިއާ ކުރި ހޯދައިފި އެވެ.
ގްރޫޕް އީގެ މިމެޗް ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުންނެވެ.
މެޗްގައި ޔޫކްރެއިންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔަ ނަމަވެސް، ރޮމޭނިއާގެ ޖާޒީ ނަންބަރު 21 ނިކްލަސް ސްޓަންސިއު ވަނީ ޔޫކްރެއިން ކޮޅަށް ގޯލު ޖަހާ ނަތީޖާ 1-0 ކަށް ބަދަލުކޮށްފައެވެ. މިގޯޅުޖެހީ މެޗްގެ 29 ވަނަ މިނެޓުގައި އޭރިއާ ބޭރުން ޖެހި ބޯޅަ މަތީ ކަނަށް ވަދެގެންނެވެ.
ފުރަތަމަ ހާފް ނިމުނީ 1-0 ގެ ނަތީޖާއަކުން ރޮމޭނިއާ ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފް ފެށިގެން ގިނަ އިރު ތަކެއް ނުވަނީސް ރޮމޭނިއާއިން އިތުރު ގޯލެއް ޖަހާ ލީޑު ފުޅާ ކުރިއެވެ.
އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ ދިޔައީ ޔޫކްރޭންގެ ކީޕަރު ލުނިންގެ އަތް ދަށުންނެވެ. މިގޯލް ކާމިޔާބުކޮށްދިނީ ރަޒްވާން މާރިން އެވެ. މިގޯލް ޖަހާފައި ވަނީ 53 ވަނަ މިނެޓުގައެވެ.
މިގޯލަށްފަހުވެސް ރޮމޭނިއާއިން ވަނީ ޔޫކްރެއިންގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. ނަތީޖާއަކަށްވީ ޔޫކްރެއިން ކޮޅަށް ރޮމޭނިއާއިން އިތުރު ގޯލެއް ޖެހުމެވެ. މިގޯލް ކާމިޔާބުކޮށްދިނީ 57 ވަނަ މިނެޓުގައި ޑެނިސް މަން ދިން ހުސް ބޯޅައެއް ގޯލްތެރެއަށް ވައްދާލައިގެން، ޖާޒީ ނަންބަރު 19 ޑެނިސް ޑްރަގުސް އެވެ.
މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ރޯމޭނިއާގެ ޖާޒީ ނަންބަރު 21 ނިކްލަސް ސްޓަންސިއު އެވެ.
ރޮމޭނިއާ 2020 ވަނަ އަހަރު ބޭއްވި ޔޫރޯ އަށް ކޮލިފައި ވެފައެއް ނުވެއެވެ. ޔޫރޯ 2020 ގައި ޔޫކްރެއިން ވަނީ ކުއާޓާ ފައިނަލްގައި ކުޅެފައެވެ. ކުއާޓާ ފައިނަލްގައި އިންގްލޭންޑުން ވަނީ ޔޫކްރެއިން ކޮޅަށް 4 ގޯލް ޖަހާފައެވެ. އެ މުބާރާތުގައި ޔޫކްރެއިން ގްރޫޕް ސްޓޭޖު ނިންމާލީ ގްރޫޕުގެ 3 ވަނައިގައެވެ.
0%
0%
0%
0%
0%
29 އޮގަސްޓު 2024
1
12 އޮގަސްޓު 2024
0
11 އޮގަސްޓު 2024
0
8 އޮގަސްޓު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1