މެޗު ޕޯޗުގަލް ކާމިޔާބު ކުރީ 3-0 ގެ ނަތީޖާއަކުން
ތުރުކީ ކައިރިން މޮޅުވެ ޕޯޗުގަލް އިން ގަދަ 16 ޔަގީންކޮށްފިއެވެ.
މިމެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ނަތީޖާއަކީ 3-0 އެވެ.
ޕޯޗުގަލްގެ ފަރާތުން މެޗުގައި ވަނީ ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. ޕޯޗުގަލް އަށް ފުރަތަމަ ގޯލް ކާމިޔާބު ކޮށްދިނީ 21 ވަނަ މިނެޓުގައި މެންޗެސްޓާ ސިޓީ އަށް ކުޅެމުން އަންނަ ބަރްނާޑޯ ސިލްވާއެވެ.
މެޗުގެ 28 ވަނަ މިނެޓުގައި ތުރުކީގެ ޑިފެންޑަރު ސަމެޓް އަކައިދިން ބޯޅަ ހަމަ ޖައްސާލަން ކީޕަރަށް ޖައްސާލި ވަގުތު ކީޕަރަށް އަތުނުވެ ބޯޅަ ގޯލަށް ވަދެގެން 2-0 ގެ ނަތީޖާއަކަށް ބަދަލުވިއެވެ.
ފުރަތަމަ ހާފް ނިމިގެން ދިޔައީ 2-0 ގެ ނަތީޖާއަކުން ޕޯޗުގަލް ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފްގައި ޕޯޗުގަލްގެ ގޯލަށް ނުރައްކާވާފަދަ ބޯޅައެއް ތުރުކީއަށް ފޮނުވާލެވިފައެއް ނުވެއެވެ. ޕޯޗުގަލްގެ 3 ވަނަ ގޯލް ޖެހީ ލިބުނު ހުސް ފުރުސަތެއްގައި ކްރިސްޓިއާނޯ ރޮނާލްޑޯ ދިން ބޯޅައަކުން ބްރޫނޯ ފެނާންޑެޒް އެވެ. މިގޯލް ޕޯޗުގަލް އިން ކާމިޔާބުކުރީ 56 ވަނަ މިނެޓުގައެވެ.
މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ބަރްނާޑޯ ސިލްވާ އެވެ.
މިގްރޫޕުގައި ދެން ހިމެނެނީ ޖޯޖިއާ އަދި ޗެކް ރިޕަބްލިކެވެ. މިދެޓީމެ ބައްދަލުކުރި މެޗް ނިމިގެން ދިޔައީ 1-1 ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ.
މެޗުފަށައިގެން ޗެކް ރިޕަބްލިކުން ގޯލެއް ޖެހި ނަމަވެސް، ވީއޭއާރު ބެލުމަށް ފަހު ރެފްރީ ނިންމީ ގޯލު ޖެހުމަށް ކުރިޔަށް ބޯޅަ ގެނައުމުގެ ތެރޭގައި ޗެކް ރިޕަބްލިކް ކުޅުންތެރިއެއް ޖޯޖިއާ ކުޅުންތެރިއަކަށް ފައުލް ކޮށްފައި ވާކަމަށެވެ.
ޖޯޖިއާއިން މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނެގީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީ އަކުން ޖޯޖް މިކައުޓަޒް އެވެ. ޗެކް ރިޕަބްލިކުން މެޗްގެ ނަތީޖާ ހަމަހަމަ ކުރީ 56 ވަނަ މިނެޓުގައެވެ. މިގޯލް ކާމިޔާބު ކޮށްދިނީ ޕެޓްރިކް ޝިކް އެވެ.
މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޖޯޖިއާގެ ކީޕަރު ޖިއޯޖީ މަމާޑަޝްވިލީ އެވެ.
ގްރޫޕުގެ ފަހު މެޗުގައި ޕޯޗުގަލް ކުރިމަތިލާނީ ޖޯޖިއާއާއެވެ. ތުރުކީ ކުރިމަތިލާނީ ޗެކް ރިޕަބްލިކާއެވެ. މިދެމެޗު ފަށާނީ 27 ޖޫން 2024 ވާ ބުރާސްފަތި ދުވަހުގެ 00:00 ގައެވެ.
0%
0%
0%
0%
0%
29 އޮގަސްޓު 2024
1
12 އޮގަސްޓު 2024
0
11 އޮގަސްޓު 2024
0
8 އޮގަސްޓު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1