ޕެނަލްޓީ ޖަހައިގެން ޕޯޗުގަލް ސްލޮވޭނިއާ ކައިރިން މޮޅުވެއްޖެ އެވެ.
މި މެޗުގެ 90 ވަނަ މިނެޓް އަދި އިތުރު ވަގުތުގެ ދެ ހާފްވެސް ނިމުނީ 0-0 ގެ ނަތީޖާއަކުންނެވެ. ޕެންލްޓީގައި ޕޯޗުގަލް ސްލޮވޭނިއާގެ މައްޗަށް ކުރި ހޯދީ 3-0 ގެ ނަތީޖާއަކުންނެވެ.
ފުރަތަމަ ހާފް ފަށައިގެން ރަނގަޅަށް ކުޅެމުން އައީ ޕޯޗުގަލް އެވެ. މި ހާފުގައި ޕޯޗުގަލްއަށް ވަނީ ގޯލް ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިފައެވެ.
ޕޯޗުގަލް އަށް ސްލޮވޭނިއާ އޭރިއާ ބޭރުން ލިބުން ދެ ފްރީކިކް ފާހަގަކޮށްލެވެ އެވެ. މި ދެ ފްރީކިކް ގެ ބޭނުން ރޮނާލްޑޯއަށް ހިފިފައެއް ނުވެ އެވެ.
ސްލޮވޭނިއާއިން ފުރަތަމަ ހާފުގައި ކުޅެފައިވަނީ ޑިފެންސިވް ގޭމެކެވެ. ސްލޮވޭނިއާގެ މޮޅު ޑިފެންސިވް ކުޅުމުން ޕޯޗުގަލް އަށް ވަނީ އެޓީމުގެ ޑިފެންސް ފޫއަޅުވާލެވޭ ގޮތް ނުވެފައެވެ. ފުރަތަަމަ ހާފުގައި ސްލޮވޭނިއާއަށް ޕޯޗުގަލްގެ ގޯލަށް ނުރައްކާ ކުރުމަށް ގިނަ ހަމަލާތަކެއް އުފެއްދިފައެއް ނުވެއެވެ.
މިމެޗުގެ ފުރަތަމަ ހާފް ނިމިގެން ދިޔައީ 0-0 ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ.
ދެވަނަ ހާފުގައި ޕޯޗުގަލް އިން ވަނީ މެޗުގެ ފުރަތަމަ ހާފާ ހިލާފަށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ. ޕޯޗުގަލް އަށް މިހާފުގައިވެސް ވަނީ ސްލޮވޭނިއާ އޭރިއާ ބޭރުން ފްރީކިކެއް ލިބިފައެވެ. އެ ފްރީކިކް ރޮނާލްޑޯ ހެދީ ގޯލާ ސީދާ ބާރު ހަމަލާއަކަށެވެ. ރޮނާލްޑޯގެ ބާރު ހަމަލާ ސްލޮވާކިއާގެ ގޯލް ކީޕަރު ޔާން އޮބްލެކް ވަނީ ދިފާއުކޮށްފައެވެ.
ސްލޮވޭނިއާއަށް މިހާފުގައި ވަނީ ގޯލް ޖަހާނެ ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ. ސެސްކޯގެ މޮޅު ކޮށްޓުމާއެކު ޕޯޗުގަލްގެ ޑިފެންސައް ކުޅުން ޕެޕޭ ނައްޓުވާލުމަށް ފަހު، ބޯޅަ އާއެކު ސެސްކޯ ދިޔައީ ކީޕަރާ ކުރިމަތިލާށެވެ. ނަމަވެސް ސެސްކޯ ވާތުފައިން ފޮނުވާލި ބޯޅަ ބާރެއް ނެތެވެ. އެ ބޯޅަ ދިޔައީ ގޯލާ ސީދާނުގެންނެވެ.
މި މެޗުގެ 90 މިނެޓު ނިމިގެން ދިޔަ އިރުވެސް އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ.
އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ 15 ވަނަ މިނެޓުގައި ޕޯޗުގަލްއަށް ވަނީ ޕެނަލްޓީ އެއް ލިބިފައެވެ. ނަމަވެސް ރޮނާލްޑޯ ޖެހި މި ޕެނަލްޓީ މަތަކޮށް އޮބްލެކް ވަނީ ސްލޮވޭނިއާ މެޗުތެރޭގައި ހިފަހައްޓައިދީފައެވެ.
ޕެޕޭ އަތުން ދޫވި ބޯޅައެއްގެ ބޭނުންހިފާ ސްލޮވޭނިއާއިން ވަނީ މެޗުގައި ލީޑު ނަގާނެ ރަނގަޅު ފުރުސަތެއް ހޯދި ނަމަވެސް ޕޯޗުގަލްގެ ކީޕަރު ޑިއޭގޯ ކޮސްޓާ ވަނީ އެ ހަމަލާ މަތަކޮށްފައެވެ.
އިތުރު ވަގުތު ނިމުނީ 0-0 ގެ ނަތީޖާއަކުންނެވެ. އެހެންކަމުން މިމެޗުގެ ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ.
ސްލޮވޭނިއާގެ އިލިޗިޗް، ބަލްކޮވެޗް އަދި ވާބިޗް ޖެހި ޕެނަލްޓީ ޕޯޗުގަލް ކީޕަރު ޑިއޭގޯ ކޮސްޓާ ވަނީ މަތަކޮށްފައެވެ. އެއީ ސްލޮވޭނިއާއިން ޖެހި ފުރަތަމަ 3 ޕެނަލްޓީއެވެ.
ޕޯޗުގަލްގެ ފުރަތަމަ ޕެނަލްޓީ ރޮނާލްޑޯ ކާމިޔާބުކުރި އިރު ދެވަނަ ޕެނަލްޓީ ކާމިޔާބުކުރީ ބްރޫނޯ ފެނާންޑެޒް އެވެ. ޕޯޗުގަލް ކުއާޓާއަށް ގެންގޮސްދިން ޕެނަލްޓީ ކާމިޔާބުކުރީ ބަރްނާޑޯ ސިލްވާ އެވެ.
ޕެނަލްޓީ އިން 3-0 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކުރީ ޕޯޗުގަލް އެވެ.
މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕޯޗުގަލް އަށް 3 ޕެނަލްޓީ މަތަކޮށްދިން ޑިއޭގޯ ކޮސްޓާއެވެ.
ސްލޮވޭނިއާއަށް މިމުބާރާތް ނިމުނީއެވެ. ޕޯޗުގަލް ކުއާޓާ ފައިނަލްގައި ބައްދަލު ކުރާނީ ފްރާންސް އާއެވެ. ފްރާންސް ކުއާޓާ ފައިނަލަށް ދަތުރު ކުރީ ބެލްޖިއަމްގެ މައްޗަށް 1-0 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.
ޕޯޗުގަލް އަދި ފްރާންސް ބައްދަލުކުރާ މެޗް ފަށާނީ 6 ޖުލައި 2024 ގެ 00:00 ގައެވެ.
0%
0%
0%
0%
0%
29 އޮގަސްޓު 2024
1
12 އޮގަސްޓު 2024
0
11 އޮގަސްޓު 2024
0
8 އޮގަސްޓު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
15 ޖޫން 2023
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
6 ޑިސެންބަރު 2023
1