މެޗް ނިންމާލުމަށްފަހު ސްލޮވާކިއާ ކުޅުންތެރިން އުފާފާޅުކުރަނީ
ސްލޮވާކިއާއިން ޑެންމާކު މޮޅުވިޔަނުދީ ހިފާއްޓައިފިއެވެ.
މިމެޗް ނިމިގެން ދިޔައީ 1-1 ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ. މިމެޗު ކުޅެފައިވަނީ އެމް.އެޗް.ޕީ އެރޭނާގައެވެ.
މެޗްފަށައިގެން ޑެންމާކުން ކުޅެމުންދިޔައީ މެޗް ކޮންޓްރޯލް ކޮށްގެންނެވެ. މެޗްގެ ކުރީކޮޅު ޑެންމާކުން ވަނީ ގޯލެއްޖަހާފައެވެ. މިގޯލް އެޓީމަށް ޖަހައިދިނީ 17 ވަނަ މިނެޓުގައި އިންގްލޭންޑްގެ މެންޗެސްޓާ ޔުނައިޓޭދަށް ކުޅެމުން އަންނަ ކްރިސްޓިއަން އެރިކްސައިން އެވެ. އެސިސްޓް ދީފައިވަނީ ޖޯނަސް ވިންޑެވެ.
ފުރަތަމަ ހާފް ނިމުނީ 1 ގޯލްގެ ތަފާތަކުން ޑެންމާކު ކުރީގައި އޮވެގެންނެވެ.
ސްލޮވާކިއާއިން ދެވަނަ ހާފުގައި ދިޔައީ ޑެންމާކުގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. ސޮލްވާކިއާގެ ޑިފެންސަށް ކުޅެމުން އަންނަ އެރިކް ޖަންޒާއެވެ. މި ގޯލް ފެނިގެން ދިޔައީ މެޗްގެ 77 ވަނަ މިނެޓުގައި ނަގައިދިން ކޯނަރަކުން، އޭރިއާ ބޭރަށް ހުސްވި ބޯޅައެއް ގޯލްތެރެއަށް ވަށްދާލާގެންނެވެ.
މިމުބާރާތުގައި ވާދަކުރާނެ ޓީމުތައް ހޮވުމަށް ކުޅުނު ކޮލިފިކޭޝަން ރައުންޑްގައިވެސް މިދެޓީމު ވަނީ ކުޅެފައެވެ. ސްލޮވޭނިއާ އަމިއްލަ ދަނޑުގައި ކުޅުން މެޗު 1-1 ގެ ނަތީޖާއަކުންވީ އެއްވަރެވެ. ދެވަނަ ލެގުގައި ޑެންމާކުން ވަނީ 2-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ.
ޑެންމާކަށް ގޯލް ޖަހައިދިން 10 ނަންބަރު ކްރިސްޓިއަން އެރިކްސަން ވަނީ ފިންލޭންޑާ ދެކޮޅަށް ޔޫރޯ 2020 ގައި ކުޅުނު މެޗުގައި ހިތަށް ދިމާވި މައްސަލައަކާ ގުޅިގެން މުބާރާތް ނިންމާލާފައެވެ. އެނުރައްކާތެރި ޙާދިސާއިން ރިކަވާވެ އެރިކްސަން ވަނީ މިފަހަރުގެ ޑެންމާކުގެ ފުރަތަމަ 11 ކުޅުންތެރިންގެ ތެރެއިން ޖާގަ ހޯދާފައެވެ.
މިރޭ ދަންވަރު 00:00 ގައި ކުޅުމަށް ހަމަޖެހިފައިވަނީ ގްރޫޕް އީގެ މެޗެކެވެ. އެ މެޗުގައި ބައްދަލުކުރާނީ ސާބިޔާ އަދި މިދިޔަ ޔޫރޯގެ ރަނާސް-އަޕް އިންގްލޭންޑެވެ.
ޔޫރޯ އަކީ ޔޫރަޕްގެ ގައުމުތަކުގެ މެދުގައި ބޭއްވޭ މުބާރާތެކެވެ. މި މުބާރާތަކީ 4 އަހަރުން އެއްއަހަރު ބޭއްވޭ މުބާރާތެކެވެ. މިއަހަރު ޔޫރޯގެ މެޗްތައް ކުޅެމުން ދަނީ ޖަރުމަނުގައެވެ.
0%
0%
0%
0%
0%
29 އޮގަސްޓު 2024
1
12 އޮގަސްޓު 2024
0
11 އޮގަސްޓު 2024
0
8 އޮގަސްޓު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1