ޖަރުމަނުގައި މިރޭ ފެށި ޔޫރޯ 2024 ގެ ފުރަތަމަ މެޗުން ސްކޮޓްލޭންޑްގެ މައްޗަށް ކުރިހޯދާ ޖަރުމަނުން ފުރަތަމަ މޮޅު ހޯދައިފިއެވެ.
މިއުނިކުގެ އޭލިއެންޒް އެރޭނާ ގައި ކުޅުނު މިމެޗުން ޖަރުމަނު މޮޅުވެފައިވަނީ 5-1 ގެ ނަތީޖާއަކުންނެވެ.
މިރޭގެ މެޗުގައި ގިނަ ވަގުތު ބޯޅަ ގެންގުޅެ ރަނގަޅަށް ކުޅެމުން އައީ ޖަރުމަނުންނެވެ. ފުރަތަމަ ގޯލު ޖަހާ ޖަރުމަނަށް ލީޑް ނަގައިދިނީ 10 ވަނަ މިނެޓުގައި ޒުވާން މިޑްފިލްޑާ ފްލޯރިއަން ވާޓްޒް އެވެ. މިގޯލަށް އެސިސްޓް ދީފައިވަނީ ޖަރުމަނުގެ ކަނާތުފަޅިން ފަހަތަށް ކުޅެމުން އަންނަ ޔޯޝުއާ ކިމިކެވެ.
ދެ ގޯލުގެ ފަރަގަށް ޖަރުމަނަށް ލީޑް ފުޅާކޮށްދިނީ ކައި ހަވާޓްޒް ދިން ޕާހަކުން 19 ވަނަ މިނެޓުގައި ބަޔާން މިއުނިކްގެ މެދުތެރެއަށް ކުޅެމުން އަންނަ 21 އަހަރުގެ ޖަމާލް މުސިއާލާއެވެ.
އެ ހާފުގައި ސްކޮޓްލޭންޑްގެ 11 ނަންބަރު ރިއަން ކްރިސްޓީ، ޖަމާލް މުސިއާލާއަށް ކުރި ފައުލަކާއި ގުޅިގެން ސްކޮޓްލޭންޑް އޭރިއާ ބޭރުން ލިބުނު ލިހޭ ޖެހުމުން ހަވާޓްޒް ފޮނުވާލި ބާރު ހަމަލާ ވަނީ ކީޕަރު އަންގުސް ގުން ހުށިޔާރުކަމާއެކު މަތަކޮށްފައެވެ. މެޗްގެ ފުރަތަމަ ރީންދޫކާޑް މެކް ޓޮމިނޭއަށް ކުރި ފައުލަކާއި ގުޅިގެން 31 ވަނަ މިނެޓުގައި ދަށްކާފައިވަނީ ޖަރުމަނުގެ މެދުތެރެއަށް ކުޅުން 23 ނަންބަރު ރޮބާޓް އެންޑްރިޗަށެވެ.
ފުރަތަމަ ހާފުގެ އިތުރުވަގުތުގައި އަމިއްލަ އޭރިއާ ތެރެއިން އިލްކޭ ގުންޑުގަން އަށް ކުރި ފައުލަކާ ގުޅިގެން ވަނީ ސްކޮޓްލޭންޑްގެ ޑިފެންޑަރ ރިއަން ޕޯޓަސް އަށް ރަތް ކާޑެއް ދަށްކާ ދަނޑުން ފޮނުވާލަފައެވެ. ޖަރުމަނަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށްދިނީ ކައި ހަވާޓްޒްއެވެ. ފުރަތަމަ ހާފް ނިމިނު އިރު 3-0 ގެ ނަތީޖާއަކުން ކުރީގައި އޮތީ ޖަރުމަނެވެ.
ޖަރުމަނުން ގެންދިޔައީ ދެވަނަ ހާފްގައި ސްކޮޓްލޭންޑްގެ ހާފްގައި ގިނަ ވަގުތު ކުޅެ ޑިފެންސްއަށް ބާރުބޮޑު ކުރަމުންނެވެ. ދެވަނަ ހާފް ފެށިގެން 48 ވަނަ މިނެޓުގައި ވާޓްޒް އަށް ކުރި ފައުލަކާއި ގުޅިގެން ސްކޮޓްލޭންޑްގެ ޓޯނީ ރަލްސްޓަން އަށް ވަނީ ރީންދޫ ކާޑެއް ދަށްކާފައެވެ. 62 ވަނަ މިނެޓުގައި ކްރިސްޓީއަށް ކުރި ފައުލަކާއި ގުޅިގެން ޖަރުމަނުގެ ޑިފެންޑަރ ޖޮނަތަން ޓާހް އަށް ވަނީ ރީންދޫ ކާޑް ދަށްކާފައެވެ.
ޖަރުމަނަށް 68 ވަނަ މިނެޓުގައި ބޯޅަ ގޯލުގެ މަތީ ކަނަށް ފޮނުވާލައިގެން އިތުރު ގޯލެއްޖަހައިދިނީ ހަވާޓްޒް ގެ ބަދަލުގައި 63 ވަނަ މިނެޓުގައި އެރި ނިކްލަސް ފުލްކްރުޖް އެވެ. މި ގޯލަށްފަހުވެސް ފުލުފުލުގައި ޖަރުމަނުން ގެންދިޔައީ ސްކޮޓްލޭންޑްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. ފުލްކްރުޖް ޖަރުމަނަށް 75 ވަނަ މިނެޓުގައި އިތުރު ގޯލެއް ޖަހައިދިން ނަމަވެސް، ރެފްރީ ނިންމީ އޮފްސައިޑް ގޯލެއްކަމަށެވެ. ލިބުނު ހިލޭ ޖެހުމަކުން 87 ވަނަ މިނެޓުގައި ސްކޮޓްލޭންޑުން ވަނީ ޖަރުމަނު ކޮޅަށް ގޯލެއް ޖަހާފައެވެ. ޖަރުމަނު ގޯލު ކުރިމައްޗަށް ކްރިސްޓީ ނަގާދިން ބޯޅަ ސްކޮޓްލޭންޑްގެ ކުޅުންތެރިއެން ކުރިޔަށް ފޮނުވާލަން މަސައްކަތް ކުރުމުގެ ތެރޭގައި ޖަރުމަނުގެ އެންޓޯނިއޯ ރުޑިގާ ބޮލުގައި ޖެހިފައި ވަނީ ބައިކޮޅަށެވެ.
މެޗް ނިމެންދަނިކޮށް މުލާ ހުސްކޮށްދިން ބޯޅައަކުން އެމްރި ޗޭން ވަނީ ޖަރުމަނަށް އިތުރު ގޯލެއްޖަހާ 5-1 ށް ނަތީޖާ ބަދަލުކޮށްފައެވެ. މެޗް ނިމިގެން ދިޔައީ 5-1 ގެ ނަތީޖާއަކުން ޖަރުމަނު މޮޅުވެގެންނެވެ.
މި ގްރޫޕުގެ ދެވަނަ މެޗުގައި ބައްދަލު ކުރާނީ ހަންގޭރީ އަދި ސްވިޒާލޭންޑެވެ. ހަންގޭރީ އަދި ސްވިޒާލޭންޑް ބައްދަލުކުރާ މެޗް އޮންނާނީ މިއަދު ހަވީރު 6:00 ގައެވެ.
ޔޫރޯ އަކީ ޔޫރަޕްގެ ގަޢުމުތަކުގެ މެދުގައި ބޭއްވޭ މުބާރާތެކެވެ. މި މުބާރާތަކީ 4 އަހަރުން އެއްއަހަރު ބޭއްވޭ މުބާރާތެކެވެ. މިއަހަރު ޔޫރޯގެ މެޗްތައް ކުޅެވިގެންދާނީ ޖަރުމަނުގައެވެ.
0%
0%
0%
0%
0%
ޖަރޭ
14 ޖޫން 2024
ވަރަށް ފުރިހަމަ ހަބަރެއް
29 އޮގަސްޓު 2024
1
12 އޮގަސްޓު 2024
0
11 އޮގަސްޓު 2024
0
8 އޮގަސްޓު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
15 ޖޫން 2023
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
6 ޑިސެންބަރު 2023
1