ހަންގަރީ އަތުން ޖަރުމަނު މޮޅުވެއްޖެއެވެ.
މިމެޗް ނިމިގެން ދިޔައީ 2-0 ގެ ނަތީޖާ އަކުންނެވެ.
ޖަރުމަނަށް މިމެޗުގައި ގޯލް ޖަހައިދީފައިވަނީ މެޗުގެ 22 ވަނަ މިނެޓުގައި ޖަމާލް މުސިއާލާ އަދި 67 ވަނަ މިނެޓުގައި އިލްކޭ ގުންޑުގަން އެވެ. ފުރަތަމަ ހާފް ނިމިގެން ދިޔައީ 1-0 ގެ ނަތީޖާއަކުންނެވެ.
މިމެޗުގައި ހަންގޭރީއަށް މާރަނގަޅު ކުޅުމެއް ދެށްކިފައެއް ނުވެއެވެ.
މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އިލްކޭ ގުންޑުގަން އެވެ.
އަލްބޭނިއާ އަދި ކޮރޭޝިއާ ބައްދަލުކުރި މެޗް އެއްވަރު ވީ 2-2 ގެ ނަތީޖާއަކުންނެވެ.
މިމެޗުގައި ގޯލް ޖަހާއި ފުރަތަމަ ލީޑް ނެގީ އަލްބޭނިއާއިންނެވެ. އެގޯލް އަލްބޭނިއާއަށް ޖަހައިދިނީ ގާޒިމް ލާސި އެވެ. ފުރަތަމަ ހާފް ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން އަލްބޭނިއާ ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފްގައި ކޮރޭޝިއާއިން 2 ގޯލް ޖަހައި ވަނީ ލީޑް ނަގާފައެވެ. ކޮރޭޝިއާއަށް ލީޑު ލިބުނީ 2 މިނެޓް ތެރޭގައި އަންދްރެ ކްރަމަރިޗް އަދި ކްރޮއޭޝިއާ ކުޅުންތެރިއްގެ އަތުން ބައިކޮޅަށް ވަތް ގޯލުންނެވެ.
މެޗް ނިމެންދަނިކޮށް އަލްބޭނިއާއިން ވަނީ ނަތީޖާ ހަމަހަމަ ކޮށް ކޮރޭޝިއާ ހިފަހައްޓާފައެވެ. މިޖޯލް އަލްބޭނިއާއަށް ކާމިޔާބުކޮށްދިނީ ކްލައުސް ޖަސުލާއެވެ.
މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވޮފައިވަނީ ކޮރޭޝިއާގެ އަންދްރެ ކްރަމަރިޗެވެ.
ސްވިޒާލޭންޑް އަދި ސްކޮޓްލޭންޑްގެ ކުރިމަތިލުން 1-1 ގެ ނަތީޖާއަކުން ވަނީ އެއްވަރުވެފައެވެ.
މެޗުގެ ކުރީކޮޅުގައި ސްކޮޓްލޭންޑަށް ލީޑު ހޯދައިދިނީ 13 ވަނަ މިނެޓުގައި ސްކޮޓް މެކްޓޮމިނޭއެވެ.
ޒެޑަން ޝަކީރީގެ ގޯލުން ސްވިޒަލޭންޑުން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އެއީ މެޗްގެ 26 ވަނަ މިނެޓުގައެވެ. ފުރަތަމަ ހާފް ނިމިގެން ދިޔައީ 1-1 ންނެވެ.
ދެވަނަ ހާފްގައި ދެޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ހަމަ ހަމަ ކުޅުމެކެވެ. ދެވަނަ ހާފުގައި އެއްވެސް ޓީމަކަށް ގޯލެއް ޖެހިފައެވެ ނުވެއެވެ.
މިމެޗްްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ސްވިޒަލޭންޑްގެ މަނުއަލް އަކަންޖީ އެވެ.
0%
0%
0%
0%
0%
29 އޮގަސްޓު 2024
1
12 އޮގަސްޓު 2024
0
11 އޮގަސްޓު 2024
0
8 އޮގަސްޓު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1