ނެދަލޭންޑްސް އަދި ފްރާންސް ބައްދަލުކުރި މެޗް އެއްވަރުވެގެން ނިމިއްޖެއެވެ.
މިމެޗު ނިމިގެން ދިޔައީ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި 0-0 ގެ ނަތީޖާއަކުންނެވެ.
މިމެޗުގައި ދެޓީމުގެ ފަރާތުންވެސް ރަނގަޅު ކުޅުމެއް ފެނިގެން ދިޔައިރު، ދެޓީމުންވެސް ވަނީ އެނެއް ޓީމުގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ.
މެޗްގެ ފުރިހަމަ ވަގުތު ހަމަވާން ދަނިކޮށް ނެދަލޭންޑްސް އިން ގޯލެއް ޖެހިނަމަވެސް، ވީއޭއާރް ބެލުމަށްފަހު ރެފްރީ ނިމީ ގޯލެއް ނޫން ކަމަށެވެ. ރެފްރީ ނިންމީ ޒަވީ ސިމޯން ހާފް ވޮލީ އަކުން ގޯލަށް ވަށްދާލި ބޯޅަ މަތަކުރުމަށް މަސައްކަތް ކުރި ފްރާންސްގެ ކީޕަރު މައިކް މައިގްނަން އަށް ނެދަލޭންޑްގެ ކުޅުންތެރިއަކު އޮފްސައިޑުގައި ހުރެ ހުރަސް އެޅީކަމަށެވެ.
މިހާރު ޕޮއިންޓް ޓޭބަލްއަށް ބަލާއިރު 2 މެޗުން ނެދަލޭންޑްސް އަދި ޕްރާންސް އަށް ލިބިފައިވަނީ 4 ޕޮއިންޓެވެ. ތާވަލުގެ އެއްވަނާގައި އޮތީ ނެދަލޭންޑްސްއެވެ. ފްރާންސް އޮތީ ތާވަލުގެ 2 ވަނާގައެވެ. ތާވަލުގެ 3 ވަނާގައި އޮތް އޮސްޓްރިއާއަށް 2 މެޗުން 3 ޕޮއިންޓް ލިބިފައިވާއިރު ޕޮލޭންޑް ކުޅުން ދެމެޗުންވެސްވަނީ ބަލިވެފައެވެ.
މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފްރާންސްގެ އެންގޯލޯ ކާންޓޭއެވެ.
ފްރާންސް އަދި އޮސްޓްރިއާ ކުޅުން މެޗުގައި ނޭފަތަށް ލިބުން އަނިޔާގެ ސަބަބުން ކިލިއަން އެމްބަޕޭ މިމެޗުން ފެނިގެން ގޮށްސައެއް ނުވެއެވެ.
0%
0%
0%
0%
0%
29 އޮގަސްޓު 2024
1
12 އޮގަސްޓު 2024
0
11 އޮގަސްޓު 2024
0
8 އޮގަސްޓު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1