ގްރޫޕް އޭގައި ޖަރުމަނު އަދި ސްވިޒަލޭންޑް ބައްދަލުކުރި މެޗް 1-1 ގެ ނަތީޖާއަކުން ނިމިފައިވާއިރު، ސްކޮޓްލޭންޑް ކޮޅަށް ފަހުވަގުތު ގޯލްޖަހާ ހަންގޭރީއިން މޮޅުވެއްޖެއެވެ.
ޖަރުމަނު އަދި ސްވިޒަލޭނޑް ބައްދަލު ކުރި މެޗްގެ 17 ވަނަ މިނެޓުގައި ޖަރުމަނުގެ ރޮބާޓް އެންޑްރިޗް އޭރިއާ ބޭރުން ފޮނުވާލި ހަމަލާ ކީޕަރު އަތުގައި ޖެހި ގޯލްތެރެއަށް ވަދުނެވެ. ނަމަވެސް، އޭގެ ކުރިން ޒުވާންތަރި ޖަމާލް މުސިއާލާއަށް ކުރެވިފައިވާ ކުށެއްގެ ސަބަބުން ޖޯލް ބަލައެއްނުގަތެވެ.
މެޗުގެ ގިނަ ވަގުތު ލީޑުގައި އޮވެ ކުޅުނީ ސްވިޒަލޭންޑުންނެވެ. ސްވިޒާލޭންޑަށް ލީޑު ހޯދައިދިން ގޯލް 28 މިނެޓުގައި ރެމޯ ފްރެއުލާ ދިން ބޯލައަކުން ކާމިޔާބު ކޮށްދިނީ ޑަން އެންޑޯއީ އެވެ. މިގޯލަށް ފަހުގެވެސް އެންޑޯއާ ވަނީ ޖަރުމަނުގެ ގޯލަށް ނުރައްކާކޮށް ބާރު ހަމަލާއެއް ފޮނުވާލާފައެވެ. އެހަމަލާ ދިޔައީ ގޯލް ދަނޑި ކައިރިން ބޭރަށެވެ.
މެޗް ގެ ފުރިހަމަ ވަގުތު ނިމި އިތުރަށް ދެއްކި 4 މިނެޓު ތެރޭގައި ޖަރުމަނުން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިގޯލް ކާމިޔާބުކޮށްދިނީ ނިކްލަސް ފުލްކްރުޖް އެވެ. އެބޯޅަ ފުލްކްރުޖް ފޮނުވާލީ ބޮލުން ގޯލުގެ މަތީ ކަނަށެވެ.
މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ސްވިޒަލޭންޑްގެ ކެޕްޓަން ގްރެނިޓް ޒަކާ އެވެ.
ސްކޮޓްލޭންޑް އަދި ހަންގަރީ ބައްދަލުކުރި މެޗް ނިމިގެން ދިޔައީ 1-0 ގެ ނަތީޖާއަކުން ހަންގަރީ މޮޅުވެގެންނެވެ. މިމެޗުގައި ސްކޮޓްލޭންޑްގެ ފަރާތުން އެދެވޭ ކުޅުމެއް ފެނިގެން ގޮސްފައެއް ނުވެއެވެ. މިމެޗުގައި ހަންގަރީ ގޯލާ ސީދާކޮށް ސްކޮޓްލޭންޑަށް ހަމަލާއެއް ފޮނުވާލެވިފައެއް ނުވެއެވެ.
މިމެޗުގައި ހަމައެކަނި ގެނިގެންދިޔަ ގޯލް ކާމިޔާބުކޮށްދިނި ރޯލޭންޑް ސަލާއި ނަގާދިން ހުރަހަކުން ކެވިން ސޮބޮތް އެވެ. މިގޯލަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން އިތުރަށް ދެއްކި 10 މިނެޓު ހަމަވުމަށް ސިކުންތުކޮޅެއް އިންދާ ޖެހި ގޯލެކެވެ.
މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހަންގަރީގެ ރޯލޭންޑް ސަލާއީ އެވެ.
ހަންގަރީގެ ފޯވާޑް ބާނަބަސް ވާގާއަށް މިމެޗުގައި ވަނީ ވަރަށް ބޮޑު އަނިޔާއެއް ވެފައެވެ. ހަންގަރީގެ ހިލޭޖެހުން ޑޮމިނިކް ސަބޮސްލޯއި 68 ވަނަ މިނެޓުގައި ސްކޮޓްލޭންޑްގެ އޭރިއާ ތެރެއަށް ނަގާދިނުމުން ސްކޮޓްލޭންޑްގެ ކީޕަރު ގަންގެ އުޅަނބަށިން ޖެހި ހަންގަރީގެ ފޯވާޑުގެ މޫނު ކަށިގަނޑުން ބައިތަކެއް ބިންދައިގެން ގޮސްފައިވާކަމަށް ގިނަ ނޫސްތަކަކުން ދަނީ ރިޕޯޓު ކުރަމުންނެވެ.
މިހިސާބުން ސްކޮޓްލޭންޑަށް މުބާރާތް ނިމުނީ އެވެ. ގްރޫޕުގެ 3 ވަނަގައި ހަންގަރީ އޮތުމުން، ބާކީ އޮތް 5 ގްރޫޕުން 3 ވަނަ އަށް ދާ ޓީމުތަކަށް ބަލަން ޖެހޭނެއެވެ. އެއީ 6 ގްރޫޕުގެ ތެރެއިން 4 ގްރޫޕެއްގެ 3 ވަނަ އަށް ދާ ޓީމުތަކަށް މުބާރާތުގައި ކުރިޔަށް ދިޔުމުގެ ފުރުސަތު އޮތުމުންނެވެ.
0%
0%
0%
0%
0%
29 އޮގަސްޓު 2024
1
12 އޮގަސްޓު 2024
0
11 އޮގަސްޓު 2024
0
8 އޮގަސްޓު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1