ޖޯޖިއާ ކައިރިން މޮޅުވެ ސްޕެއިންއިން ކުއާޓާ ފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
މިމެޗު ސްޕެއިން ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުން ޖޯޖިއާ ބަލިކުރުމަށްފަހުއެވެ.
މިމެޗުގައި ރަނގަޅަށް ކުޅެ ގިނަ ވަގުތު ބޯލަ ގެންގުޅެ ގޯލްޖަހާނެ ގިން ފުރުސަތުތައް ފަހިކޮށްފައިވަނީ ސްޕެއިނުންނެވެ. މިމެޗުގައި ސްޕެއިނުން ވަނީ 13 ހަމަލާ ޖޯޖިއާގެ ގޯލާއި ދިމާކޮށް ފޮނުވާލާފައެވެ. މިމެޗުގައި ޖޯޖިއާގެ ގޯލް ކީޕަރު ޖިއޯޖީ މަމާޑަޝްވިލީ ވަނީ ސްޕެއިނުން ފޮނުވާލި ގިނަ ހަމަލާތަކެއް ދިފާއުކޮށްފައެވެ. ޖޯޖިއާއަށް ސްޕެއިންގެ ގޯލާއި ސީދާކޮށް ޝޮޓެއް ފޮނުވާލެވިފައެއް ނުވެއެވެ.
މެޗުގައި ފުރަތަމަ ގޯލް ޖަހާ ލީޑު ނެގީ ޖޯޖިއާއިންނެވެ. އެއީ މެޗުގެ 18 ވަނަ މިނެޓުގައި ޖޯޖިއާގެ ކުޅުންތެރިއެއް ސްޕެއިންގެ އޭރިއާ ތެރެއަށް ނަގާދިން ހުރަސް ސްޕެއިންގެ ޑިފެންޑަރި ރޮބިން ލެނޯމަންޑްގެ ގައިގާ ޖެހި ބައިކޮޅަށް ވަދުން ގޯލުންނެވެ. މިގޯލަށްފަހު ޖޯޖިއާއިން ކުޅެމުން އައީ ގިނަ ކުޅުންތެރިން ޑިފެންސްގައި ތިބެގެންނެވެ.
ފުރަތަމަ ހާފް ނިމުމުގެ ކުރިން ސްޕެއިނުން ވަނީ މެޗްގެ ނަތީޖާ ހަމަކޮށްފައެވެ. މިގޯލް ކާމިޔާބުކޮށްދިނީ މެދުތެރެއަށް ކުޅެމުން އަންނަ މެނޗެސްޓާ ސިޓީގެ ރޮޑްރީ އެވެ. މިގޯލް ރޮޑްރީ ކާމިޔާބުކުރީ ނިކޯ ވިލިއަމްސް ދިން ޕާހަކުން މެޗުގެ 39 ވަނަ މިނެޓުގައެވެ.
ފުރަތަމަ ހާފުގެ ކުޅުން ނިމުނީ 1-1 ގެ ނަތީޖާއަކުންނެވެ. މިހާފު ނިމެންދަނިކޮށް ސްޕެއިންގެ ކެޕްޓަން އަލްވާރޯ މޮރާޓާއަށް ވަނީ ރީންދޫ ކާޑު ދަށްކާފައެވެ.
ދެވަނަ ހާފް ފަށައިގެން ސްޕެއިނުން ވަނީ މެޗުގެ ފުރަތަމަ ހާފުގައި ހެދުން ގޯސްތައް ރަނގަޅުކޮށް ދެވަނަ ހާފުގެ ކުރީކޮޅުގައި ލީޑު ނަގާފައެވެ. ސްޕެއިނަނަށް މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ހޯދާދިން ގޯލް ކާމިޔާބުކޮށްދިނީ ބާސެލޯނާއަށް ކުޅެމުން އަންނަ ޒުވާން ކުޅުންތެރިޔާ ލެމީން ޔަމާލް ޖޯޖިއާގެ ގޯލް ކުރިމައްޗަށް ނަގާދިން ބޯޅަ ގޯލް ތެރެއަށް ވަށްދާލައިގެން މިޑްފިލްޑާ ފަބިއަން ރުއިޒް އެވެ. ރުއިޒް ފޮނުވާލި ބޯޅަ ގޯލްތެރެއަށް ވަދުނީ ޖޯޖިއާގެ ކީޕަރުގެ އަތުގައި ޖެހިފައެވެ. މިގޯލް ސްޕެއިނުން ކާމިޔާބުކުރީ 51 ވަނަ މިނެޓުގައެވެ.
މެޗުގެ ފަހު 15 މިނެޓުގައި ދެގޯލް ޖަހާ ސްޕެއިނުން މެޗް ނިންމާލާފައި ވަނީ ހަމަޖެހިލާގެންނެވެ، ސްޕެއިންގެ ތިންވަނަ ގޯލް ކާމިޔާބުކޮށްދިނީ ނިކޯ ވިލިއަމްސް އެވެ. އެއީ މެޗުގެ 75 ވަނަ މިނެޓުގައެވެ. ޑެނީ އޮލްމޯ ވަނީ ސްޕެއިންގެ ލީޑު 83 ވަނަ މިނެޓުގައި 3 ގޯލަށް ފުޅާކޮށްދީފައެވެ. މިގޯލް ޖަހާފައިވަނީ މައިކް އޮޔަޒަބަލް ދިން ޕާހަކުން އޭރިއާ ރޮނގާ ހިސާބުގައި ހުރެފަ ފޮނުވާލި ބޯޅަ ޖޯޖިއާ ގޯލްގެ ތިރީ ކަނަށް އަމާޒު ކޮށްލައިގެނެވެ.
ސްޕެއިން އަދި ޖޯޖިއާ ބައްދަލުކުރި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރޮޑްރީ އެވެ.
ކުއާޓާ ފައިނަލްގައި ސްޕެއިން ބައްދަލުކުރާނީ މުބާރާތް ބާއްވާ ގައުމު ކަމުގައިވާ ޖަރުމަނާއެވެ. ޖަރުމަނު ކުއާޓާ ފައިނަލަށް ދަތުރުކުރީ ޑެނަމާކު ބަލިކުރުމަށް ފަހުއެވެ. ސްޕެއިން ކައިރިން ބަލިވުމުން މުބާރާތުގެ ގަދަ 16 އާ ހިސާބުން ޖޯޖިއާއަށް މުބާރާތް ނިމުނީ އެވެ. ޖޯޖިއާ އިން ގަދަ 16 ޔަގީންކުރީ ޕޯޗުގަލްގެ މައްޗަށް ކުރި ހޯދައިގެންނެވެ.
ސްޕެއިން އަދި ޖަރުމަނު ބައްދަލުކުރާ މެޗް ފަށާނީ 5 ޖުލައި 2024 ގެ 21:00 ގައެވެ. މިމެޗު ކުޅެވިގެން ދާނީ ޖަރުމަނުގެ އެމް.އެޗް.ޕީ އެރޭނާގައެވެ.
0%
0%
0%
0%
0%
29 އޮގަސްޓު 2024
1
12 އޮގަސްޓު 2024
0
11 އޮގަސްޓު 2024
0
8 އޮގަސްޓު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1