ޖޯޖިއާގެ މައްޗަށް ތުރުކީއިން ކުރިހޯދައިފިއެވެ.
ޑޯޓްމަންޑް، ސިގްނަލް އިންދުނާ ޕާކްގައި މިރޭ ކުޅުން މެޗުން ޖޯޖިއާގެ މައްޗަށް ތުރުކީން ކުރި ހޯދީ 3-1 ގެ ނަތީޖާއަކުންނެވެ.
މިމެޗްގެ ފުރަތަމަ ހާފް ނިމުނީ 1-1 ގެ ނަތީޖާއަކުންނެވެ. ތުރުކީއިން މެޗުގައި ފުރަތަމަ ލީޑް ނެގީ މާޓް މުލްޑާ 25 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިން ގޯލުންނެވެ. އެ ގޯލް ޖެހިތާ 2 މިނެޓު ތެރޭގައި ތުރުކީއަށް ކެނަން ޔިލްޑަޒް އިތުރު ގޯލެއް ޖަހާދިން ނަމަވެސް، ވީއޭއާރް ބެލުމަށްފަހު ރެފްރީ ނިންމީ އޮފްސައިޑް ގޯލެއް ކަމަށެވެ.
ފުރަތަމަ ހާފް ނިމުމުގެ ކުރިން 32 ވަނަ މިނެޓުގައި ޖޯޖިއާއިން ވަނީ މެޗްގެ ނަތީޖާ އެއްވަރު ކޮށްފައެވެ. އެޖޯލް ޖޯޖިއާއަށް ކާމިޔާބުކޮށްދިނީ ފޯވާޑް ޖޯޖެސް މިކައުޓެޒް އެވެ.
މިމެޗުގައި ތުރުކީގެ ފަރާތުން ވަނީ ރަނގަޅު ކުޅުމެއް ދަށްކާފައެވެ. މެޗުގައި ދެވަނަ ފަހަރަށް ތުރުކީއަށް ލީޑު ހޯދައިދިނީ ރީއާލް މެޑްރިޑްއާ މިދިޔަ ސީޒަންގައި ގުޅުން 19 އަހަރުގެ އަރްދާ ގުލާއެވެ. މިގޯލް އަރްދާ ގުލާ ކާމިޔާބުކުރީ މެޗްގެ 65 ވަނަ މިނެޓުގައެވެ. ގޯލް ޖަހާފައި ވަނީ ކާން އައިހަން ދިން ޕާހަކުންނެވެ.
މެޗްގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރަށް ދެށްކި 5 މިނެޓު ތެރޭގައި ތުރުކީއިން ވަނީ އިތުރު ގޯލެއް ޖަހާފައެވެ. ޖޯޖިއާއަށް މެޗުގެ ފަހުވަގުތު ލިބުން ކޯނަރަކަށް ޖޯޖިއާގެ ޖޯލް ކީޕަރު ޖޯޖީ މަމާޑަޝްވިލީ ވެސް ހުރީ ތުރުކީގެ ގޯލް އޭރިއާ ތެރޭގައެވެ. ކޯނަރު ދިފާއުކޮށް ތުރުކީގެ ކީޕަރު ޕަންޗް ކުރި ބޯޅަ ޖޯޖިއާގެ ކުޅުންތެރިއަކަށް ލިބުން ނަމަވެސް، ތުރުކީގެ ދެކުޅުންތެރިން އެކުޅުންތެރިޔާ އަތުން ބޯލަ ހޯދިއެވެ. އެވަގުތު ޖޯޖިއާގެ ފަހަތުގައި ކުޅުންތެރިއަކު ނެތުމުން ތުރުކީގެ ކެރެމް އަކްތާކޮގޮލް ބޯޅަ ފޮނުވާލީ ހުސް ގޯލަކަށެވެ.
މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އަރްދާ ގުލާއެވެ.
މިރޭ 00:00 ޖަހާއިރު ޕޯޗުގަލް އަދި ޗެކް ރިޕަބްލިކް ބައްދަލުކުރާ މެޗް ފެށުމަށް ވަނީ ހަމަ ޖެހިފައެވެ. އެ މެޗު ކުޅުމުން ޔޫރޫގައި މިފަހަރު ކުޅޭ ހުރިހާ ޓީމަކަށްވެސް އެއްމެޗް ކުޅެވުނީއެވެ.
ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗްތައް ފެށޭނީ މާދަމާ 18:00 ގައި ކޮރޭޝިއާ އަދި އަލްބޭނިއާ ބައްދަލުކުރާ މެޗުންނެވެ.
0%
0%
0%
0%
0%
29 އޮގަސްޓު 2024
1
12 އޮގަސްޓު 2024
0
11 އޮގަސްޓު 2024
0
8 އޮގަސްޓު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1