ރޯމޭނިއާ ކައިރިން ހޯދި ފަސޭހަ މޮޅާއެކު ނެދަލޭންޑްސް ކުއާޓާ ފައިނަލަށް ދަތުރު ކޮށްފިއެވެ.
ނެދާލޭންޑްސް މި މެޗުން މޮޅުވީ 3-0 ގެ ނަތީޖާއަކުން ރޯމޭނިއާގެ މައްޗަށް ކުރި ހޯދައިގެންނެވެ.
މިމެޗުގައި ކުރީގައި ބޯޅަ ހިފާއްޓައިގެން ރަނގަޅަށް ކުޅެފައިވަނީ ނެދަލޭންޑްސް އިންނެވެ. ރޯމޭނިއާއިން ކުރި ގިނަ އެޓޭކްތައް ކޮށްފައިވަނީ ކައުންޓަރ އެޓޭކްގައެވެ.
މިމެޗުގެ 20 ވަނަ މިނެޓުގައި ނެދަލޭންޑްސް އިން ވަނީ ލީޑް ނަގާފައެވެ. މިގޯލް ނެދަލޭންޑްސް އަށް ކާމިޔާބުކޮށްދިނީ ޒަވީ ސިމޮން ދިން ޕާހަކުން ކޯޑީ ގަކްޕޯ އެވެ.
ފުރަތަމަ ހާފް ނިމިގެން ދިޔައީ 1-0 ގެ ނަތީޖާއަކުންނެވެ. ގަކްޕޯގެ ގޯލުން ކުރީގައި އޮތީ ނެދަލޭންޑްސްއެވެ.
ދެވަނަ ހާފުގައި ނެދަލޭންޑްސްގެ ގޯލަށް ނުރައްކާކޮށް ރޯމޭނިއާއަށް ހަމަލާއެއް ފޮނުވާލެވިފައެއް ނުވެއެވެ.
މިހާފުގައި ނެދަލޭންޑްސް އިން ވަނީ 2 ގޯލް ޖަހާފައެވެ. މިދެގޯލްވެސް ނެދަލޭންޑްސްއަށް ކާމިޔާބުކޮށްދިނީ ޖަރުމަނުގެ ޑޯޓްމަންޑް އަށް ކުޅެމުން އަންނަ ޑޯންޔެން މަލެން އެވެ.
ނެދަލޭންޑްސްއަށް މަލެން ޖަހައިދިން ދެގޯލް ޖަހައިދިނީ މެޗްގެ 83 ވަނަ މިނެޓުގައާއި ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރުވަގުތުގެ 4 މިނެޓުގެ ތެރޭގައެވެ.
މަލެންގެ ފުރަތަމަ ގޯލަށް އެސިސްޓް ދީފައިވަނީ ކޯޑީ ގަކްޕޯއެވެ. މަލެން ޖެހި 2 ވަނަ ގޯލަކީ ސޯލޯ ގޯލެކެވެ.
މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކޯޑީ ގަކްޕޯއެވެ.
މިމެޗުގެ ނަތީޖާއާއެކު ނެދަލޭންޑްސް ވަނީ ކުއާޓާ ފައިނަލަށް ގޮސްފައެވެ. ކުއާޓާ ފައިނަލުގައި ނެދަލޭންޑްސް ނިކުންނާނީ އޮސްޓްރިއާ އަދި ތުރުކީ ބައްދަލު ކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.
ރޯމޭނިއާ ވަނީ މިމެޗުން ދަށްވުމުން މުބާރާތުން ކަޓާފައެވެ. ރޯމޭނިއާ ގަދަ 16 ޔަގީން ކުރީ ބެލްޖިއަމް، ސްލޮވާކިއާ އަދި ޔޫކްރެއިން ހިމެނުން ގްރޫޕުން އެއްވަނަ ޓީމުގެ ގޮތުގައެވެ.
0%
0%
0%
0%
0%
29 އޮގަސްޓު 2024
1
12 އޮގަސްޓު 2024
0
11 އޮގަސްޓު 2024
0
8 އޮގަސްޓު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1