ފޮޓޯ؛ ސިޑިބަރި
ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުންވެސް ފެނިގެން ދިޔައީ ހަމަހަމަ ކުޅުމެކެވެ. މެޗުފަށައިގެން ޕޯޗުގަލްއިން ބޯޅަ ހިފާއްޓައިގެން ކުޅެމުން އާނަމަވެސް، ފްރާންސުން ވަނީ ކުޅުން ރަނގަޅުކޮށް ގޭމް ތެރެއަށް ވަދެފައެވެ.
ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުންވެސް ގިނަ ހަމަލާތަކެއް ފެނިގެން ނުދިޔަ ނަމަވެސް، ފްރާންސްގެ އެމްބަޕޭ ވަނީ ޕޯޗުގަލްގެ ގޯލާ ދިމާކޮށް ބާރު ހަމަލާއެއް ފޮނުވާލާފައެވެ. އެހަމަލާ ދިފާއެކުރީ ޕޯޗުގަލްގެ ކީޕަރު ޑިއޭގޯ ކޮސްޓާއެވެ. މިހާފުގައި ގޯލާ ސީދާކޮށް ފޮނުވާލި ހަމައެކަނި ހަމަލާއަކީ އެއީއެވެ.
މިހާފު ނިމިގެން ދިޔައީ މެޗުގެ ނަތީޖާއަށް ބަދަލެއް ނައިސް 0-0ގެ ނަތީޖާއަކުންނެވެ.
ދެވަނަ ހާފުގައިވެސް ފުރަތަމަ ހާފެކޭ އެއްފަދައިން ދެޓީމުގެ ކުޅުންވެސް ދާދި ހަމަހަމައެވެ. މިހާފުގައި ދެޓިމުގެ ފަރާތުންވެސް އިދިކޮޅު ޓީމުގެ ގޯލާ އަމާޒުކޮށް ގިނަ ހަމަލާތަކެއް ވަނީ ފޮނުވާލާފައެވެ. އެގޮތުން ފްރާންސުން މިހާފުގައި 4 ހަމަލާ ފޮނުވާލިއިރު، ޕޯޗުގަލް އިން ވަނީ ފްރާންސްގެ ގޯލާ ދިމާކޮށް 3 ހަމަލާ ފޮނުވާލާފައެވެ.
ދެޓީމަށްވެސް ގޯލް ޖަހާނެ ގިން ފުރުސަތުތަކެއް ލިބުންނަމަވެސް މެޗުގެ 90 މިނެޓު ނިމިގެން ދިޔައީ ނަތީޖާއަށް ބަދަލު ނައިސްކަމުން، އިތުރު 15 މިނެޓުގެ 2 ހާފް ވަނީ ކުޅެފައެވެ. އިތުރު ވަގުތު ގައިވެސް ދެޓީމުކުރެއް ޓީމަކަށް ގޯލެއް ކާމިޔާބު ނުކުރެވުމުން މެޗް ނިމިގެން ދިޔައީ 0-0 ގެ ނަތީޖާއަކުންނެވެ.
ފްރާންސުން ވަނީ ނަތީޖާ ނެރުމަށް ޖެހި 5 ޕެނަލްޓީވެސް ކާމިޔާބުކޮށްދީފައެވެ. ފްރާންސަށް ޕެނަލްޓީ ޖަހައިދިނީ ޑެމްބެލެ، ފޮފާނާ، ކުންޑެ، ބާކޯލާ އަދި ތެޔޮ ހަނާންޑެޒް އެވެ.
ޕޯޗުގަލްއަށް ވަނީ މި ޝޫޓް އައުޓުގައި 1 ޕެނަލްޓީ ނާކާމިޔާބު ވެފައެވެ. އެއީ ޕޯޗުގަލްގެ 3 ވަނަ ޕެންލްޓީ ފޮނުވާލި ޖޮއާއޯ ފީލިކްސް ޖެހި ބޯޅަ ޖޯލް ދަނޑީގައި ޖެހި ބޭރަށް ގޮސްގެންނެވެ. ޕޯޗުގަލް އަށް 4 ޕެންލްޓީ ތެރެއިން 3 ޕެނަލްޓީ ކާމިޔާބުކޮށްދިނީ ރޮނާލްޑޯ، ބަރްނާޑޯ ސިލްވާ އަދި ނޫނޯ މެންޑެޒް އެވެ.
ޕެނަލްޓީ ޖަހައިގެން ޕޯޗުގަލްގެ މައްޗަށް ފްރާންސުން ކުރި ހޯދީ 5-3 ގެ ނަތީޖާއަކުންނެވެ.
ޕޯޗުގަލް އަދި ފްރާންސް ބައްދަލުކުރި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އޮސްމާނޭ ޑެމްބެލެ އެވެ.
ސެމީ ފައިނަލުގައި ފްރާންސް ކުރިމަތި ލާނީ ސްޕެއިން އާ ދެކޮޅަށެވެ. ސްޕެއިން ސެމީ ފައިނަލަށް ދިޔައީ 2-1 ގެ ނަތީޖާއަކުން ޖަރުމަނު ބަލިކުރުމަށްފަހު އެވެ.
ފްރާންސް އަދި ސްޕެއިން ބައްދަލު ކުރާ ސެމީ ފައިނަލް އޮންނާނީ 10 ޖުލައި 2024 ގެ 00:00 ގައެވެ.
0%
0%
0%
0%
0%
29 އޮގަސްޓު 2024
1
12 އޮގަސްޓު 2024
0
11 އޮގަސްޓު 2024
0
8 އޮގަސްޓު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1