އެއްވަރު ވެގެން މެޗް ނިމެން ދަނިކޮށް، ފްރާންޗެސްކޯ ކޮންސައިސާއޯ އަރާ ޕޯޗުގަލް މޮޅުކޮށްދީފިއެވެ.
ގްރޫޕް އެފްގައި ޕޯޗުގަލްއާ ދެކޮޅަށް ކުޅުނީ ޗެކް ރިޕަބްލިކެވެ. ފަހުވަގުތު ޕޯޗުގަލް އިން ޖެހި ގޯލުން މެޗް ނިމުނީ 2-1 ގެ ނަތީޖާ އަކުންނެވެ.
މެޗްގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައި، ޕޯޗުގަލް އިން ވަނީ މެޗް ކޮންޓްރޯލް ކޮށްގެން ކުޅެފައެވެ. ނަމަވެސް، މެޗްގައި ފުރަތަމަޖޯލް ޖަހައި ލީޑް ނެގީ ޗެކް ރިޕަބްލިކުންނެވެ. އެއީ 62 ވަނަ މިނެޓުގައި ވެސްޓް ހަމް އަށް ކުލެމުން އަންނަ ވިކްޓާ ސޮއުފާލް ދިން ބޯލައަކުން ޖާޒީ ނަންބަރު 14 ލުކަސް ޕޮވޯޑް ކާމިޔާބު ކޮށްދިން ގޯލުންނެވެ.
ޕޯޗުގަލް އިން މިމެޗް ކާމިޔާބުކުރީ ޗެކްރިޕަބްލިކުން ގޯލް ޖަހާފައި ވަނިކޮށް ފަހަތުން އަރާ 2 ގޯލް ޖަހައިގެންނެވެ. ޕޯޗުގަލްގެ ފުރަތަމަ ގޯލް އެއީ ޗެކްރިޕަބްލިކްގެ ޑިފެންޑަރު އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.
ދެވަނަ ގޯލް ކާމިޔާބުކުރީ އިތުރު ވަގުތުގައި ފްރާންޗެސްކޯ ކޮންސައިސާއޯ އެވެ. ކޮންސައިސާއޯ ކުޅެން ނިކުމެފައި ވަނީ ވިޓިނިއާގެ ބަދަލުގައި 90 މިނެޓުވެސް ހަމަވި ފަހުންނެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔަކީ ވިޓީނިއާއެވެ.
0%
0%
0%
0%
0%
29 އޮގަސްޓު 2024
1
12 އޮގަސްޓު 2024
0
11 އޮގަސްޓު 2024
0
8 އޮގަސްޓު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1