ސްލޮވާކިއާ އަތުން 2-1 ގެ ނަތީޖާއަކުން ޔޫކްރެއިން މޮޅުވެއްޖެއެވެ.
ޔޫކްރެއިން ވަނީ މި މުބާރާތުގައި ފުރަތަމަ ކުޅުން މެޗުން ރޯމޭނިއާ އަތުން 3-0 ގެ ނަތީޖާއަކުން ބަލިވެފައެވެ. ސްލޮވާކިއާ ބެލްޖިއަމް ކައިރިން މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ.
މިމެޗްގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ސްލޮވާކޮއާއިންނެވެ. މި ލަނޑު ސްލޮވާކިއާއަށް ކާމިޔާބުކޮށް ދިނީ ކުރިން މެޗުގައި ބެލްޖިއަމް ކޮޅަށް ގޯލް ޖެހި އިވަން ސްރަންޒް އެވެ. ސްރަންޒް މިގޯލް ކާމިޔާބުކޮށްދިނީ މެޗުގެ 17 ވަނަ މިނެޓުގައެވެ.
ފުރަތަމަ ހާފް ނިމިގެން ދިޔައީ 1-0 ގެ ނަތީޖާއަކުން ސްލޮވާކިއާ ކުރީގައި އޮވެގެންނެވެ.
މިމެޗުގައި ޔޫކަރެއިންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ނުދިޔަ ނަމަވެސް ފަހަތުން އަރައި ސްލޮވާކިއާ ކޮޅަށް ވަނީ 2 ޖޯލް ޖަހާފައެވެ. މީކޮލާ ޝަޕަރެންކޯ 54 ވަނަ މިނެޓުގައި ޔޫކްރެއިން އަށް ކާމިޔާބުކޮށްދިން ގޯލުން ނަތީޖާ އެއްވަރު ވެގެން ދިޔައެވެ. މެޗްގެ 80 ވަނަ މިނެޓުގައި ރޯމަން ޔަރެމްޗަކް ޖަހައިދިން ގޯލުން ޔޫކްރެއިން ވަނީ ލީޑު ނަގާފައެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޔޫކްރެއިން އަށް ފުރަތަމަ ގޯލް ޖަހައިދިން މީކޮލާ ޝަޕަރެންކޯ އެވެ.
މި ދެޓީމު އެންމެ ފަހުން ވާދަކޮށްފައިވަނީ ނޭޝަންސް ލީގުގެ ގްރޫޕް ސްޓޭޖުގައެވެ. އެމެޗް 4-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ސްލޮވާކިއާއެވެ.
0%
0%
0%
0%
0%
29 އޮގަސްޓު 2024
1
12 އޮގަސްޓު 2024
0
11 އޮގަސްޓު 2024
0
8 އޮގަސްޓު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1