އެންމެ ފަހުގެ ޗެމްޕިއަނުން ކަމުގައިވާ އިޓަލީ ކަޓުވާލާ ކުއާޓާ ފައިނަލްގެ ފުރަތަމަ ޖާގަ ސްވިޒަލޭންޑުން ހޯދައިފިއެވެ.
ސްވިޒަލޭންޑުން ކުއާޓާ ފައިނަލަށް ދިޔައީ 2-0 ގެ ނަތީޖާ އަކުން ގަދަ 16 ގެ ފުރަތަމަ މެޗުން މޮޅުވެގެންނެވެ.
މިމެޗުގެ ފުރަތަމަ ހާފުގައި އިޓަލީގެ ގޯލަށް ނުރައްކާކޮށް ސްވިޒަލޭންޑުން ވަނީ ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. ސްވިޒަލޭންޑުން ވަނީ މިމެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ޖަހާ ލީޑު ނަގާފައެވެ. މިގޯލް ސްވިޒަލޭންޑަށް ކާމިޔާބުކޮށްދިނީ ރުބެން ވާގަސް ދިން ޕާހަކުން ރެމޯ ފްރެއުލާ އެވެ. ސްވިޒަލޭންޑުން މިގޯލް ޖަހާފައިވަނީ މެޗުގެ 37 ވަނަ މިނެޓަގައެވެ.
ފުރަތަމަ ހާފްގެ ކުޅުން ނިމިގެން ދިޔައިރު 1-0 ގެ ނަތީޖާއަކުން ކުރީގައި އޮތީ ސްވިޒަލޭންޑެވެ. ފުރަތަމަ ހާފުގައި އިޓަލީއަށް ސްވިޒަލޭންޑްގެ ގޯލަށް ނުރައްކާކޮށް ހަމަލާއެއް ފޮނުވާލެވިފައެއްް ނުވެއެވެ.
ދެވަނަ ހާފް ފަށައިގެން 46 ވަނަ މިނެޓުގައި އިތުރު ގޯލެއްޖަހާ ސްވިޒާލޭންޑުން ވަނީ 2 ގޯލަށް ލީޑު ފުޅާކޮށް މެޗުގައި ހަމަޖެހިލާފައެވެ. މިކެލް އައިބިސްޗާ ދިން ބޯޅަ ރުބެން ވާގަސް އޭރިއާއާތެރެއަށް ވަދެ ފޮނުވާލި ބޯޅަ ސީދާވީ އިޓަލީ ގޯލުގެ މަތީ ކަނަށެވެ.
ދެވަނަ ހާފުގައި ދެޓިމުގެ ފަރާތުންވެސް ރަނގަޅު ކުޅުމެއް ފެނިގެން ދިޔައެވެ. ނަމަވެސް އިޓަލީއަށް ސްވިޒަލޭންޑްގެ ޑިފެންސް ފޫއަޅުވާލެވިފައެއް ނުވެއެވެ.
އިޓަލީއިން މިމެޗާ ކުރިމަތިލީއިރު ޒުވާން ޑިފެންޑަރު ރިކާޑޯ ކަލަފިއޯރީއަށް ގްރޫޕް ސްޓޭޖުގެ 2 މެޗުގައި ރީންދޫކާޑު ދެށްކުމުގެ ސަބަބުން ހުރީ ސަސްޕެންޝަންގައެވެ. ކަލަފިއޯރީއަށް ރީންދޫ ކާޑު ދަށްކާފައިވަނީ އިޓަލީ އިން އަލްބޭނިއާއާ ދެކޮޅަށް ކުޅުން މެޗުގައާއި ކްރޮއޭޝިއާއާ ދެކޮޅަށް ކުޅުން މެޗުގައެވެ.
މިމެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ސްވިޒާލޭންޑްގެ ރުބެން ވާގަސް އެވެ. މިމެޗުގައި ވާގަސް ވަނީ ގޯލެއް ގަހާފައެވެ. ފުރަތަމަ ގޯލްޖަހަން އެސިސްޓް ކޮށްދިނީވެސް އޭނައެވެ.
އެންމެ ފަހުގެ ޗެމްޕިއަން އިޓަލީ އަށް މިފަހަރުގެ މުބާރާތް ގަދަ 16 އިން ނިންމާލަން ޖެހުނު އިރު، މިމެޗުން މޮޅުވި ސްވިޒަލޭންޑް ކުއާޓާ ފައިނަލްގައި ބައްދަލުކުރާނީ އިންގްލޭންޑް އަދި ސްލޮވާކިއާ ވާދަކުރާ މެޗުން މޮޅުވާ ޓީމަކާއެވެ. އިންގްލޭންޑް އަދި ސްލޮވާކިއާ ބައްދަލުކުރާ މެޗް ފަށާނީ 30 ޖޫން 2024 ވާ އާދިއްތަ ދުވަހު 21:00 ގައެވެ.
0%
0%
0%
0%
0%
29 އޮގަސްޓު 2024
1
12 އޮގަސްޓު 2024
0
11 އޮގަސްޓު 2024
0
8 އޮގަސްޓު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1