ގްރޫޕް ބީ ގައި ސްޕެއިން އިން އަލްބޭނިއާގެ މައްޗަށް ކުރި ހޯދިއިރު، ކްރޮއޭޝިއާ އަދި އިޓަލީ އެއްވަރުވެއްޖެ އެވެ.
އަލްބޭނިއާ ކައިރިން ސްޕެއިން މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ.
ސްޕެއިންގެ އިން ވަނީ މިމެޗުގައި ރަނގަޅު ކުޅުމެއް ދަށްކާފައެވެ. މިމެޗުގައި ފެނިގެންދިޔަ ހަމަ އެކަނި ގޯލް ސްޕެއިންއަށް ޖަހައިދިނީ ޑެނީ އޮލްމޯ ދިން ޕާހަކުން ފެރާން ޓޮރެސް އެވެ. ފެރާން އޭރިއާތެރެއަށް ވަދެ ފޮނުވާލި ބޯޅަ ގޮސް ވަދުނީ ގޯލްގެ ތިރީ ކަނަށެވެ. މިގޯލް ސްޕެއިން އިން ޖަހާފައިވަނީ މެޗުގެ 13 ވަނަ މިނެޓުގައެވެ.
ދެވަނަ ހާފުގައި އަލްބޭނިއާއިން ސްޕެއިންގެ ޑިފެންސަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް ވަނީ އުފައްދާފައެވެ. ސްޕެއިންގެ ގޯލާ ސީދާކޮށް ދެވަނަ ހާފުގައި އަލްބޭނިއާއިން ވަނީ 3 ހަމަލާ ފޮނުވާލާފައެވެ.
މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސްޕެއިންގެ ފޯވާޑް ފެރާން ޓޮރެސް އެވެ.
ކޮރޭޝިއާ އަދި އިޓަލީ ބައްދަލުކުރި މެޗް ނިމިގެން ދިޔައީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.
ފުރަތަމަ ހާފްގައި ދެޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ހަމަ ހަމަ ކުޅުމެކެވެ.
ފުރަތަމަ ޖޯލް ޖަހާ ލީޑު ނެގީ ކްރޮއޭޝިއާ އިންނެވެ. އެއީ މެޗުގެ 55 ވަނަ މިނެޓުގައެވެ. މިގޯލް ކްރޮއޭޝިއާއަށް ކާމިޔާބުކޮށްދިނީ ލުކާ މޮޑްރިޗެވެ. މިގޯލް ޖެހުމުގެ މިނެޓެއް ކުރިން ކްރޮއޭޝިއާއަށް ލިބުން ފެނަލްޓީއެއް މޮޑްރިޗް އަތުން ވަނީ ނާކާމިޔާބުވެފައެވެ. ކަނާތު ތިރީކަނާ ދިމާކޮށް މޮޑްރިޗް ފޮނުވާލި ބޯޅަ އިޓަލީ ކީޕަރު ޑޮނަރުމާ ހުށިޔާރުކަމާއެކު ވަނީ ދިފާއުކޮށްފައެވެ.
ކްރޮއޭޝިއާ ލީޑުގައި އޮވެ މެޗު ނިމެން ދަނިކޮށް މެޗުގެ އިތުރު ވަގުތުގައި އިޓަލީގެ މަޓިއާ ޒަކަނީ ފޮނުވާލި ބޯޅަ މަތީ ކަނަށް އަމާޒުވެގެން ނަތީޖާ އެއްވަރުވެގެން ދިޔައެވެ.
މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކްރޮއޭޝިއާގެ ކެޕްޓަން ލުކާ މޮޑްރިޗެވެ.
މި ގްރޫޕުގެ ހުރިހާ މެޗެއް ނިމުނު އިރު ސްޕެއިން 1 ވަނައިގައި އޮތީ ކުޅުން 3 މެޗުންވެސް މޮޅުވެ 9 ޕޮއިންޓާ އެކުގައެވެ. ތާވަލުގެ 2 ވަނައިގައި އޮތް އިޓަލީ އަށް ލިބިފައިވަނީ 5 ޕޮއިންޓެވެ. އަދި 3 ވަނާގައި އޮތް ކްރޮއޭޝިއާއަށް 2 ޕޮއިންޓު ލިބިފައިވާއިރު، އަލްބޭނިއާ އޮތީ 1 ޕޮއިންޓާއެކު ތާވަލުގެ ފުލުގައެވެ.
އަލްބޭނިއާއަށް މިހިސާބުން މުބާރާތް ނިންމާލަން ޖެހުންއިރު، ކްރޮއޭޝިއާގެ އަމިއްލަ ބާރު މިވަނީ ގެއްލި، އެހެން ގްރޫޕް ތަކުގެ މެޗްތަކުގެ ނަތީޖާތަކަށް އިންތިޒާރުކުރަން ޖެހިފައެވެ.
ސްޕެއިން ގަދަ 16 ގައި ބައްދަލި ކުރާނީ ގްރޫޕް އޭ، ޑީ، އީ ނުވަތަ އެފްގެ 3 ވަނަ އަށް ދާ ޓީމަކާއެވެ.
އިޓަލީ ކުރިމަތިލާން ޖެހުނީ ގްރޫޕް އޭ އިން ދެވަނާގައި އައި ސްވިޒަލޭންޑް އާއެވެ.
0%
0%
0%
0%
0%
29 އޮގަސްޓު 2024
1
12 އޮގަސްޓު 2024
0
11 އޮގަސްޓު 2024
0
8 އޮގަސްޓު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1