އިންގްލޭންޑުގެ ތަރި ބެލިންގަމް
ރިއާލް މެޑްރިގެ ތަރި ޖޫޑް ބެލިންގަމް ކާމިޔާބުކޮށްދިން ގޯލާއެކު އިންގްލޭންޑުން މުބާރާތް ފެށީ މޮޅަކުންނެވެ.
މި މެޗު ނިމުގެން ދިޔައީ ސާބިއާގެ މައްޗަށް 1-0 ގެ ނަތީޖާ އަކުން އިންގްލޭންޑް ކުރި ހޯދައިގެންނެވެ.
ވެލްޓިންސް އެރޭނާގައި ކުޅުނު މިމެޗުގައި ފެނުން ހަމައެކަނި ގޯލް ޖަހައިދީފައިވަނީ ޖޫޑް ބެލިންގަމް އެވެ. މެޗްގެ 13 ވަނަ މިނެޓުގައި ބަކަޔޯ ސަކާ ނަގާދިން ހުރަހަކުން، ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލީ ބޮލުންނެވެ. މެޗްގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުންވެސް ފެނިގެން ގޮސްފައިވަނީ ރަނގަޅު ކުޅުމެކެވެ.
ދެވަނަ ހާފް ފެށިގެން ސާބިޔާގެ ކުޅުން ރަނގަޅުކޮށް، އިންގްލޭންޑްގެ ޑިފެންސަށް ވަނީ ބާރުބޮޑުކޮށްފައެވެ. ސާބިއާއަށް ވަނީ މެޗުގައި ގޯލު ޖަހާނެ ގިން ފުރުޞަތު ތަކެއް ލިބިފައެވެ. ނަމަވެސް އެއްވެސް ފުރުޞަތެއްގެ ބޭނުން ނުހިފި، މެޗް ނިމުނީ އިންގްލޭންޑުން ފުރަތަމަ ހާފުގައި ޖެހި ހަމައެކަނި ގޯލުން ކުރީގައި އޮވެގެންނެވެ.
މިމެޗުގައި ސާބިޔާގެ ނިމެންޖާ ގުޑެލްޖް، ކެޕްޓަން ދޫސަން ޓެޑިޗް އަދި ކޯޗް ޑްރަގަން ސްޓޯކޮވިޗް އަށް ވަނީ ރީންދޫ ކާޑު ދަށްކާފައެވެ. އިންގްލޭންޑްގެ އެއްވެސް ކުޅުންތެރިއަކަށް ކާޑެއް ދަށްކާފައެއް ނުވެއެވެ.
އިންގްލޭންޑް އަދި ސާބިޔާ ބައްދަލުކުރި މެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ މެޗްގެ ހަމައެކަނި ގޯލް ކާމިޔާބުކޮށްދިން ޖޫޑް ބެލިންގަމް އަށެވެ.
މިގްރޫޕުގައި ދެން ހިމެނެނީ ޑެންމާކް އަދި ސްލޮވާކިއާއެވެ. މިދެޓީމު 16 ޖޫން 2024 ގައި ބައްދަލުކުރި މެޗް ނިމުނީ އެއްވަރު ވެގެންނެވެ.
ރޯމޭނިއާ އަދި ޔުކްރެއިން ގްރޫޕް އީގައި ވާދަކުރާ މެޗް 17 ޖޫން 2024 ވަނަ ދުވަހުގެ ހަވީރު 6:00 ގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.
ޔޫރޯ އަކީ ޔޫރަޕްގެ ގައުމުތަކުގެ މެދުގައި ބޭއްވޭ މުބާރާތެކެވެ. މި މުބާރާތަކީ 4 އަހަރުން އެއްއަހަރު ބޭއްވޭ މުބާރާތެކެވެ. މިއަހަރު ޔޫރޯގެ މެޗްތައް ކުޅެމުން ދަނީ ޖަރުމަނުގައެވެ.
0%
0%
0%
0%
0%
29 އޮގަސްޓު 2024
1
12 އޮގަސްޓު 2024
0
11 އޮގަސްޓު 2024
0
8 އޮގަސްޓު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1