ފުޓުބޯޅައިގެ ގަދަ ބާރެއް ކަމުގައިވާ ބެލްޖިއަމް ބަލިކޮށް ސްލޮވާކިއާއިން ފެށުން ރަނގަޅުކޮށްފިއެވެ.
މިމެޗު ނިމިފައިވަނީ 7 ވަނަ މިނެޓުގައި ބެލްޖިއަމް ކޮޅަށް ސްލޮވާކިއާއިން ޖެހި ގޯލުން 1-0 ން ކުރީގައި އޮވެގެންނެވެ.
ބެލްޖިއަމް ދުނިޔޭގެ ފުޓުބޯޅައިގައި ރޭންކް ކުރެވިފައިވަނީ 3 ވަނައިގައެވެ. މިރޭ ކުޅެވުން މެޗުން މޮޅުވި ސްލޮވާކިއާ ރޭންކު ކުރެވިފައިވަނީ 48 ވަނާގައެވެ.
ބެލްޖިއަމް އިން ވަނީ މެޗްގައި ގިނަ ހަމަލާތަކެއް ސްލޮވާކިއާގެ ގޯލާ ސީދާކޮށް ފޮނުވާލާފައެވެ. މެޗުގެ 7 ވަނަ މިނެޓުގައި ސްލޮވާކިއާއިން ބެލްޖިއަމްގެ ގޯލާއި އަމާޒުކޮށް ޖުރަޖް ކުކާ ފޮނުވާލި ބާރުހަމަލާ ބެލްޖިއަމްގެ ގޯލް ބަލަހައްޓަމުން އަންނަ ކޮއެން ކަސްޓީލްސް ވަނީ މަތަކޮށްފައެވެ. ނަމަވެސް އަތުގައި ޖެހި ރިބައުންސަށް ނިކުތް ބޯޅަ ގޯލްގެ ތެރެއަށް ވަށްދާލީ ފޯވާޑް އިވާން ޝްރަންޒް އެވެ.
ދެވަނަ ހާފުގައި ބެލްޖިއަމްއަށް ވަނީ ގޯލްޖަހާނެ ގިނަ ފުރުޞަތުތަކެއް ލިިބި ބޭކާރުވެފައެވެ. ލުކާކު 2 ގޯލް މި މެޗުގައި ކާމިޔާބުކުރި ނަމަވެސް، އޭނަ ފުރަތަމަ ޖެހި ގޯލަކީ އޮފްސައިޑް ގޯލެއް ކަމަށް ރެފްރީ ވަނީ ނިންމާފައެވެ. ލުކާކުގެ ދެވަނަ ގޯލް ޖެހީ މެޗުގެ ފަހުކޮޅުގައެވެ. ނަމަވެސް ރެފްރީ ވީއޭއާރު ބަލާ ނިންމީ، ގޯލް ޖެހުމަށް ބެލްޖިއަމުން ކުރިޔަށް ބޯޅަ ގެނައުމުގެ ތެރޭގައި އެޓީމުގެ 20 ނަންބަރު ޖާޒީ ލުއިސް އޮޕެންޑާގެ އަތުގައި ޖެހުން ކަމަށެވެ.
މި މެޗުގެ މޮޅު ކުޅުނތެރިއަކަށް ހޮވިފައިވަނީ ސްލޮވާކިއާގެ މިޑްފިލްޑާ ސްޓަނިޒްލެވް ލޮބޮޓްކާއެވެ.
ސްލޮވާކިއާ މިމުބާރާތުގައި ދެން ކުޅޭނީ ޔުކްރެއިން އާ ދެކޮޅަށް 21 ޖޫން 2024 ގައެވެ. ބެލްޖިއަމް ކުޅޭނީ 23 ޖޫންގައި ރޯމޭނިއާ އާ ދެކޮޅަށެވެ.
0%
0%
0%
0%
0%
29 އޮގަސްޓު 2024
1
12 އޮގަސްޓު 2024
0
11 އޮގަސްޓު 2024
0
8 އޮގަސްޓު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1