ބެލްޖިއަމް ކައިރިން ލިބުން ހަނި މޮޅާ އެކު ފްރާންސް ކުއާޓާ ފައިނަލަށް ގޮސްފި އެވެ.
މިމެޗުން ފްރާންސް މޮޅުވީ 1-0 ގެ ނަތީޖާއަކުން ބެލްޖިއަމްގެ މައްޗަށް ކުރި ހޯދައިގެންނެވެ.
މިމެޗުގައި ދެޓީމުގެ ފަރާތުންވެސް ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވެ އެވެ. ފުރަތަމަ ހާފުގައި ބެލްޖިއަމްގެ ފަރާތުން ފްރާންސްގެ ގޯލަށް ނުރައްކާކޮށް ހަމަލާއެއް ފޮނުވާލެވިފައި ނުވިނަމަވެސް، ދެވަނަ ހާފުގައި ބެލްޖިއަމްގެ ފަރާތުން ވަނީ ރަނގަޅު ހަމަލާތަކެއް ފެނިގެން ގޮސްފަ އެވެ.
މިމެޗުގެ ފުރަތަމަ ހާފް ނިމިގެން ދިޔައީ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި 0-0 ގެ ނަތީޖާއަކުންނެވެ.
މިމެޗުގައި ޖެހި ހަމައެކަނި ގޯލު ފެނިގެން ދިޔައީ ދެވަނަ ހާފުގެ ފަހު 10 މިނެޓުގައެވެ. މިގޯލް ވަދުނީ ފްރާންސްގެ ޒުވާން ތަރި ރަންޑަލް ކޯލޯ މުއާނީ ފޮނުވާލި ބޯޅަ ބެލްޖިއަމްގެ ޔޭން ވާޓޮންހެންގެ ގާގައި ޖެހި ބެލްޖިއަމް ބައިކޮޅަށެވެ.
ފްރާންސް މިމެޗުގައި ލީޑު ނެގުމުގެ ކުރިން ބެލްޖިއަމްގެ ކެޕްޓަން ކެވިން ޑިބްރުއިނޭ ގޯލާ ސީދާކޮށް ފޮނުވާލި ބާރު ހަމަލާއެއް ވަނީ ފްރާންސް ގޯލް ކީޕަރު މައިކް މެއިގްނަން ހުށިޔާރުކަމާއެކު ދިފާއުކޮށްފަ އެވެ.
މިމެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ސްޕެއިންގެ ބާސެލޯނާއަށް ކުޅެމުން އަންނަ ޖޫލްސް ކުންޑެ އެވެ.
މެޗުގެ ނަތީޖާ ނިކުތް ގޮތުން ބެލްޖިއަމް ވަނީ މުބާރާތުން އަލްވަދާއު ކިޔާފައެވެ. ފްރާންސް މިމެޗުން މޮޅުވުމުން ކުއާޓާ ފައިނަލަށް ވަނީ ދަތުރު ކޮށްފައެވެ.
ކުއާޓާ ފައިނަލްގައި ފްރާންސް ބައްދަލު ކުރާނީ ޕޯޗުގަލް އަދި ސްލޮވޭނިއާ ވާދަކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.
0%
0%
0%
0%
0%
29 އޮގަސްޓު 2024
1
12 އޮގަސްޓު 2024
0
11 އޮގަސްޓު 2024
0
8 އޮގަސްޓު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1