ރޯމޭނިއާ ކައިރިން ބެލްޖިއަމް މޮޅުވެއްޖެ އެވެ.
މިމެޗު ނިމިގެން ދިޔައީ 2-0 ގެ ނަތީޖާ އަކުން ބެލްޖިއަމް ކުރީގައި އޮވެގެންނެވެ.
މިނަތީޖާއާއެކު މި ގުރޫޕުގައި ކުޅުން ދެމެޗުން ގްރޫޕުގައި ހިމެނޭ 4 ޓީމް ކަމަށްވާ ބެލްޖިއަމް، ސްލޮވާކިއާ، ރޯމޭނިއާ އަދި ޔޫކްރެއިން އަށްވެސް ލިބިފައިވަނީ 3 ޕޮއިންޓެވެ. އެއީ ކުޅުނު 2 މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ، ދެން ކުޅުނު މެޗުން ބަލިވެފައިވާތީ އެވެ.
ރޯމޭނިއާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔަ މިމެޗުގައި ގޯލު ޖަހާނެ ރަނގަޅު ހުސް ފުރުޞަތުތަކެއް ވަނީ ލިބި ބޭކާރުވެފައެވެ.
ބެލްޖިއަމް އިން މެޗުގައި ލީޑު ނެގީ ރޮމެލޫ ލުކާކޫ ދިން ބޯޅަ އެޓީމުގެ މެދުތެރެއަށް ކުޅުން ޔޫރީ ތިލެމަން އޭރިއާ ބޭރުން ފޮނުވާލި ބާރު ބޯޅަ މެޗުގެ 2 ވަނަ މިނެޓުގައި ގޯލުތެރެއަށް ވަށްދާލައިގެންނެވެ.
ރޮމެލޫ ލުކާކޫ ބެލްޖިއަމްއަށް 63 ވަނަ މިނެޓުގައި ޖަހައިދިން ގޯލު ރެޕްރީ ނިންމީ އޮފްސައިޑުގައި ހުރެ ޖެހި ޖޯލެއް ކަމަށެވެ.
މެޗުގެ ނަތީޖާ 2-0 ށް ބަދަލު ކޮށްލީ 80 ވަނަ މިނެޓުގައި ބެލްޖިއަމްގެ ގޯލް ކީޕަރު ކޮއެން ކަސްޓީލްސް ކުރިޔަށް ފޮނުވާލި ބޯޅަ އެޓީމުގެ ކެޕްޓަން ކެވިން ޑިބްރުއިނާއަށް ލިބުމުން، ގޯލް ތެރެއަށް ފޮނުވާލައިގެންނެވެ.
މިމެޗުގައި ބެލްޖިއަމްގެ ފަރާތުންވެސް ގިން އެޓޭކް ތަކެއް ވަނީ ފެނިފައެވެ. އޭގެތެރެއިން 7 ހަމަލާ ރޯމޭނިއާގެ ގޯލް ކީޕަރު ފްލޮރިން ނިޓާ ވަނީ ދިފާއުކޮށްފައެވެ.
މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބެލްޖިއަމްގެ ކެޕްޓަން ކެވިން ޑިބްރުއިނާ އެވެ.
ދެން މިގްރޫޕްގެ މެޗުތައް އޮންނާނީ 26 ޖޫން 2024 ވާ ބުދަ ދުވަހު 21:00 ގައެވެ. ބެލްޖިއަމް ކުރިމަތިލާނީ ޔުކްރެއިން އާއެވެ. ދެވަނަ މެޗަކީ ސްލޮވާކިއާ އަދި ރޯމޭނިއާ ބައްދަލުކުރާ މެޗެވެ.
0%
0%
0%
0%
0%
29 އޮގަސްޓު 2024
1
12 އޮގަސްޓު 2024
0
11 އޮގަސްޓު 2024
0
8 އޮގަސްޓު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1