ބައިކޮޅަށް ވަތް ގޯލާއެކު އޮސްޓްރިއާ އަތުން ފްރާންސް ހަނި ގޮތަކަށް މޮޅުވެއްޖެއެވެ.
މިރޭ ކުޅުނު ގްރޫފް ޑީ ގެ މެޗުގައި އޮސްޓްރިއާގެ މައްޗަށް ފްރާންސް ކުރިހޯދީ 1-0 ގެ ނަތީޖާއަކުންނެވެ.
މިމެޗުގައި ދެޓީމުގެ ފަރާތުންވެސް ރަނގަޅު ކުޅުމެއް ފެނިގެން ދިޔައިރު، ދެޓީމުގެ ފަރާތުން ފެނިގެން ދިޔައީ އެޓޭކިންގ ގޭމް އެކެވެ.
މެކްސިމިލިއަން ވޯބާ އަތުން ބައިކޮޅަށް ވަތް ގޯލުވީ މިމެޗުގައި ފްރާންސް ލީޑު ނެގި ގޯލަށެވެ. އެގޯލް ބައިކޮޅަށް ވަދުނީ މެޗްގެ 38 ވަނަ މިނެޓުގައި ދާދި ފަހަކުން ސްޕެއިންގެ ރިއާލް މެޑްރިޑްއަށް ބަދަލުވި ކިލިއަން އެމްބަޕޭ ނަގާދިން ހުރަހެއް ވޯބާ ބޮލުން ދިފާއުކުރަން އުޅުމުގެ ތެރޭގައެވެ.
މި މެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައިވަނީ ފްރާންސްގެ އެންގޯލޯ ކާންޓޭއެވެ.
ފްރާންސް ޔޫރޯއަށް ކޮލިފައިވީ ކޮލިފައިން ރައުންޑްގައި ކުޅުން ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އޮސްޓްރިއާ މިމުބާރާތައް ކޮލިފައިވީ ގްރޫޕްގެ ދެވަނައިގައެވެ.
ގްރޫފް ޑީ ގައި ދެން ހިމެނޭނީ ނެދަލޭންޑްސް އަދި ޕޮލޭންޑެވެ. ޖޫން 16 ގައި މިދެޓީމު ބައްދަލުކުރި މެޗް ނިމުނީ 2-1 ގެ ނަތީޖާއަކުން ޕޮލޭންޑްގެ މައްޗަށް ނެދަލޭންޑްސް އިން ކުރި ހޯދައިގެންނެވެ.
0%
0%
0%
0%
0%
29 އޮގަސްޓު 2024
1
12 އޮގަސްޓު 2024
0
11 އޮގަސްޓު 2024
0
8 އޮގަސްޓު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1