ގްރޫޕް ޑީ ގައި މިރޭ އޮސްޓްރިއާ އަދި ޕޮލޭންޑް ބައްދަލުކުރި މެޗުން އޮސްޓްރިއާ މޮޅުވެއްޖެ އެވެ.
ޕޮލޭންޑްގެ މައްޗަށް އޮސްޓްރިއާ އިން ކުރި ހޯދީ 3-1 ގެ ނަތީޖާއަކުންނެވެ.
މިމެޗުން ދަށްވުމުން ޕޮލޭންޑަށް މިވަނީ ގަދަ 16 އަށް ދިޔުމުގެ ފުރުސަތު ވަރަށް ހަނިވެފަ އެވެ. ޕޮލޭންޑް މިމުބާރާތުގައި ފުރަތަމަ ކުޅުން މެޗުން ނެދަލޭންޑްސް ކައިރިން 2-1 ގެ ނަތީޖާ އަކުން ވަނީ ބަލިވެފަ އެވެ.
މިމެޗުގެ ފުރަތަމަ ހާފް ނިމިފައިވަނީ 1-1 ގެ ނަތީޖާއަކުންނެވެ. ފުރަތަމަ ގޯލް ޖަހައި ލީޑު ނެގީ އޮސްޓްރިއާ އިންނެވެ. މިގޯލް ޓީމަށް ކާމިޔާބުކޮށްދިނީ ގާނޮޓް ޓްރައުނާ އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ޕޮލޭންޑުން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ކްރިސްތޮފް ޕިއަޓެކް މިގޯލް ޖަހައިދިނީ މެޗުގެ 30 ވަނަ މިނެޓުގަ އެވެ.
ދެވަނަ ހާފްގައި ފެނުނީ އޮސްޓްރިއާގެ ދެގޯލެވެ. މިދެގޯލް ކާމިޔާބުކޮށްދިނީ މެޗުގެ 66 ވަނަ މިނެޓުގައި ބައުމްގާޓްނާ އަދި 78 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މާކޯ އާނާޓޮވިޗް އެވެ.
މިމެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ އޮސްޓްރިއާގެ ބައުމްގާޓްނާ އެވެ.
މި ގްރޫޕްގައި ދެން ހިމެނެނީ ފްރާންސް އަދި ނެދަލޭންޑްސް އެވެ. މިދެޓީމު ބަައްދަލުކުރާ މެޗް މިރޭ 00:00 ގައި ފަށާނެއެވެ.
0%
0%
0%
0%
0%
29 އޮގަސްޓު 2024
1
12 އޮގަސްޓު 2024
0
11 އޮގަސްޓު 2024
0
8 އޮގަސްޓު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1