އަމިއްލަ ގައުމުގައި ސްޕެއިން އަތްދަށުވެ ޖަރުމަނު މުބާރާތުގެ ކުއާޓާ ފައިނަލުން ކަޓައިފިއެވެ.
މިމެޗުގެ 90 މިނެޓު ހަމަވިއިރު 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮތުމުން، ނަތީޖާ ނެރުމުގެ ގޮތުން 15 ހާފުގެ 2 ހާފް ވަނީ ކުޅެފައެވެ. އިތުރު ވަގުތުގެ 2 ހާފް ނިމުން ޮރު 2-1 ގެ ނަތީޖާއަކުން ކުރީގައި އޮތީ ސްޕެއިންއެވެ.
ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުންވެސް ފެނިގެން ދިޔައީ ހަމަހަމަ ކުޅުމެކެވެ. މެޗުގެ 5 ވަނަ މިނެޓުގައި ސްޕެއިންގެ ޕެޑްރީއަށް ލިބުން އަނިޔާގެ ސަބަބުން ވަނީ ބަދަލުކޮށްފައެވެ.
ފުރަތަމަ ހާފުގައި ސްޕެއިންއިން ގޯލާ ދިމާކޮށް ފޮނުވާލި 4 ހަމަލާއެއް ޖަރުމަނުގެ ކީޕަރު މަނުއަލް ނޯޔާ ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. ޖަރުމަނުން ފޮނުވާލި 3 ހަމާލާއެއް ސްޕެއިންގެ ކީޕަރު ޔުނައި ސިމޯން ވަނީ މަތަކޮށްފައެވެ.
ފުރަތަމަ ހާފް ނިމިގެން ދިޔައީ 0-0 ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ.
ދެވަނަ ހާފުގައި ޖަރުމަނުން ވަނީ ކުޅުން ރަނގަޅުކޮށް ޓީމު ކުރިޔައްޖައްސާގެ ކުޅެފައެވެ. ޖަރުމަނުން ގޯލް ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސް ކުރި ނަމަވެސް، މެޗުގައި ފުރަތަމަ ޖޯލް ޖަހާ ލީޑު ނެގީ ސްޕެއިނުންނެވެ. އޭރިއާ ބޭރުގައި ހުރެ ލެމީން ޔަމާލް ދިން ބޯޅަ ޖަރުމަނު ގޯލްގެ ތިރީ ކަނަށް އަމާޒުކޮލީ ޑަނީ އޮލްމޯއެވެ. އެއީ މެޗުގެ 51 ވަނަ މެނެޓުގައި އޮލްމޯ ޖަހައިދިން ގޯލެކެވެ.
މިގޯލަށް ފަހުވެސް ސްޕެއިން އިން މެޗުގައި ގޯލް ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ވަނީ ހޯދާފައެވެ. ޖަރުމްނުންވެސް ދިޔައީ ލިބޭ ފުރުސަތުތަކުގައި ސްޕެއިންގެ ގޯލަށް ނުރައްކާ ކުރަމުންނެވެ.
މެޗްގެ ދެވަނަ ހާފްގެ ފަހުމިނެޓުގައި ޖަރުމަމުން ވަނީ ސްޕެއިން ގެ ޑިފެންސް ފޫއަޅުވާލާ ގޯލެއް ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ޖަރުމަނަށް މި ގޯލް ޖަހައިދިނީ ކިމިޗް ބޮލުން ޖައްސާލި ބޯޅައެއް ސްޕެއިންގެ ގޯލް ތެރެއަށް ވައްދާލައިގެން ޕްލޯރިއަން ވާޓްޒް އެވެ.
މެޗުގެ 90 ވަނަ މިނެޓު ނިމުން އިރުވެސް ނަތީޖާ 1-1 ން އެއްވަރުވެފައި ވުމުން 15 މިނެޓުގެ 2 ހާފްގެ އިތުރު ވަގުތު ވަނީ ކުޅެފައެވެ.
އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ޖަރުމަނުން ރަނގަޅަށް ކުޅުން ނަމަވެސް އެހާފް ނިމުނީ 1-1 ގެ ނަތީޖާއަކުންނެވެ.
އިތުރު ވަގުތުގެ ދެވަނަ ހާފުގައި ދެޓީމަށްވެސް ވަނީ ގޯލް ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ. އެގޮތުން ސްޕެއިންއަށް ލިބުން ފުރުސަތެއްގައި ސްޕެއިނުން ވަނީ ގޯލް ޖަހާ މެޗުން މޮޅުވެގައެވެ. މިގޯލް ސްޕެއިންއަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއްގެ ގޮތުގައި ކުޅެން ނިކުތް މިކެލް މޮރީނޯއެވެ. މޮރީނޯ ބޮލުން ފޮނުވާލި ބޯލަ ވަދުނީ ޖަރުމަނު ގޯލުގެ މަތީ ކަނަށެވެ.
މިނަތީޖާއާއެކު ސްޕެއިން ވާނީ މިމުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރި ފުރަތަމަ ޓީމަށެވެ.
މިމެޗުގެ މޭން އޮފް ދަ މެޗަށް ހޮވުނީ ސްޕެއިންގެ ޑެނީ އޮލްމޯ އެވެ. އޮލްމާވަނީ މިމެޗުގައި ގޯލެއް ޖަހާފައެވެ. އަދި ސްޕެއިންގެ ދެވަނަ ގޯލަށް އެސިސްޓް ކޮށްދީފައެވެ.
މިމުބާރާތުގެ ސެމީ ފައިނަލުގައި ސްޕެއިން ވާދަކުރާނީ ޕޯޗުގަލް އަދި ފްރާންސް ބައްދަލު ކުރާ ކުއާޓާ ފައިނަލުން މޮޅުވާ ޓީމާއެވެ.
0%
0%
0%
0%
0%
29 އޮގަސްޓު 2024
1
12 އޮގަސްޓު 2024
0
11 އޮގަސްޓު 2024
0
8 އޮގަސްޓު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1