ފްރާންސްގެ މައްޗަށް ކުރި ހޯދާ ސްޕެއިނުން ޔޫރޯ 2024ގެ ފައިންލުން ޖާގަ ހޯދައިފިއެވެ.
ސްޕެއިނުން މިޖާގަ ހޯދީ އޭލިއޭންޒް އެރޭނާގައި ފްރާންސާ ދެކޮޅަށް ކުުން ސެމީފައިނަލް މެޗް 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.
މިމެޗުގައި ޔަމާލް ވަނީ ރިކޯޑެއް މުގުރާލާފައެވެ. މިމުބާރާތުގައި ގޯލްޖެހި އެންމެ ހަގު ކުޅުންތެރިޔާއަށް ޔަމާލް ވަނީ ވެފައެވެ. ޔަމާލް ވަނީ މިދިޔަ ސީޒަނުގައި އޭނާ ކުޅެމުން އަންނަ ބާސެލޯނާގައި ވަރަށް ރަނގަޅު ކުޅުމެއް ދައްކާފައެވެ.
ސްޕެއިން އަދި ފްރާންސް ބައްދަލު ކުރި މެޗުގެ ކުޅުން ފެށިގެން ދެޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެން ދިޔައިރު ދެޓީމުންވެސް ވަނީ އިދިކޯލު ޓީމުގެ ޑިފެންސަށް ބާރުބޮޑު ކޮށްފައެވެ. މެޗުގައި ފުރަތަމަ ގޯލް ޖަހާ ލީޑު ނެގީ ފްރާންސުންނެވެ. އެއީ މެޗުގެ 9 ވަނަ މިނެޓުގައި ރަންޑަލް ކޯލޯ މުއާނީ ޖަހައިދިން ގޯލުންނެވެ. މިގޯލް މުއާނީ ޖެހީ ކިލިއަން އެމްބަޕޭ ނަގައިދިން ހުރަސް ބޯޅަ ބޮލުން ގޯލުތެރެއަށް ވައްދާލައިގެންނެވެ.
މިގޯލަށް ފަހު ސްޕެއިނުން ވަނީ ކުޅުން ރަނގަޅުކޮށް ފްރާންސްގެ ހާފުތެރެއަށް ޖެހިލާ ގިނަ ހަމަލާތަކެއް އުފެއްދޭތޯ މަސައްކަތް ކުރަމުންނެވެ. އޭގެ ނަތީޖާއަކަށްވީ ސްޕެއިންއިން މެޗުގައި ފްރާންސް އިން ނަގާފައިވާ ލީޑު ދުއްވާލުމެވެ. ސްޕެއިންއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ލެމީން ޔަމާލް އެވެ. އޭރިއާ ބޭރުގައި ހުރި ކުޅުންތެރިޔާ ކައިރިން ނައްޓުވާލާ ޔަމާލް ފޮނުވާލި ބާރު ހަމަލާގޮސް ގޯލް ދަނޑީގައި ޖެހިވަނީ އެތެރެއަށެވެ. މިގޯލަށް ފަހުވެސް ފްރާންސްގެ ގޯލަށް ނުރައްކާކޮށް ޔަމާލް ވަނީ ހަމަލާތަކެއް ފޮނުވާލާފައެވެ.
މިމެޗުގެ ނަތީޖާ އެއްވަރު ކުރިތާ 5 މިނެޓުތެރޭގައި ސްޕެއިނުން ވަނީ އިތުރު ގޯލެއް ޖަހާ ލީޑު ނަގާފައެވެ. މިގޯލަކީ ސްޕެއިންގެ މެދުތެރެއަށް ކުޅެމުންއަންނަ ޑަނީ އޮލްމޯ ޖައިދިން ގޯލެކެވެ. ޑަނީ އޮލްމޯ ފޮނުވާލި ބާރު ހަމަލާ ގޯލަށް ވަދުނީ ފްރާންސްގެ ޑިފެންޑަރު ޖޫލް ކުންޑެ ފައިގާ ޖެހިފައެވެ.
މިމެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ 2-1 ގެ ނަތީޖާއަކުން ސްޕެއިން ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފާއްޓާގެން ސްޕެއިނުން ކުޅެފައިވީނަމަވެސް ސްޕެއިންގެ ފަރާތުން ފްރާންސްގެ ގޯލާ ސީދާކޮށް ހަމަލާއެއް ފޮނުވާލެވިފައެއް ނުވެއެވެ. މިހާފުގައި ލިބޭ ކައުންޓާ އެޓޭކުތަކުގައި ފްރާންސުން ދިޔައީ ސްޕެއިންގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. ނަމަވެސް ދެވަނަ ހާފުގައި ފްރާންސަށް ސްޕެއިންގެ ޑިފެންސް ފޫއަޅުވާލެވިފައެއް ނުވެއެވެ.
މިމެޗުގެ މޮޅު ކުޅުންތުރަކަށް ހޮވުނީ ޒުވާން ތަރި ލެމީން ޔަމާލްއެވެ. ޔަމާލް ވަނީ މިމެޗުގައި މޮޅު ކުޅުމެއްދައްކާ ސްޕެއިންއަށް ގޯލެއް ކާމިޔާބުކޮށްދީފައެވެ.
ސެމީ ފައިނަލުން ބަލިވުމުން ފަރާންސަށް މިމުބާރާތުގައި ކުރިޔަށްދާނެ ފުރުޞަތު މިވަނީ ގެއްލިފައެވެ. ފްރާންސްގެ ފަރާތުން މިމުބާރާތުގައި އެންމެ އެކަށީގެންވާ ކުޅުމެއް ފެނިފައެއް ނުވެއެވެ. ދުނިޔޭގެ ފުޓުބޯޅާގައި ވިދުން ގަދަ ތަރިންތަކެއް ފްރާންސްގެ ޓީމުގައި ހިމަނާފައިވެއެވެ.
މިމުބާރާތުގެ ފައިނަލްގައި ސްޕެއިން ބައްދަލު ކުރާނީ ނެދަލޭންޑްސް އަދި އިންގްލޭންޑް ބައްދަލު ކުރާ މެޗުން މޮޅުވާ ޓީމަކާއެވެ. ޔޫރޯ 2024 ގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 15 ޖުލައި 2024ގެ 00:00 ގައެވެ.
0%
0%
0%
0%
0%
29 އޮގަސްޓު 2024
1
12 އޮގަސްޓު 2024
0
11 އޮގަސްޓު 2024
0
8 އޮގަސްޓު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1