ރިޒޯޓް ބޯއީސް ފުޓްސަލް ކަޕް 2023 ގެ ފައިނަލް މެޗުގެ ޝަރަފުވެރި މެހެމާން އަލީ އަޝްފާގު -- ފޮޓޯ/ކެޕްޗާސް
އަންނަ އަހަރު ބާއްވާ އެފްއޭއެމްގެ އިންތިހާބުގައި ރާއްޖޭގެ ފުޓުބޯޅައިގެ ރަސްގެފާނު އަލީ އަޝްފާގު (ދަގަނޑޭ) ވާދަކުރުމަށް ސޯޝަލް މީޑިއާގައި ފެށި ކެމްޕޭނާއެކު ދިވެހިން އޭނާއަށް އޮތް ލޯބި ބަންޑުންކޮށްލައިފިއެވެ.
"ދަގަނޑޭ ފޯ އެފްއޭއެމް" ގެ ނަމުގައި ފޭސްބުކްގައި މިއަދު ކެމްޕެއިނެއް ފަށާފައިވާއިރު، މިއީ ކޮން ބަޔަކު އިސްވެ ތިބެ ކުރާކަމެއް ކަމަށް އަދި ސާފެއް ނުވެއެވެ. އެހެންނަމަވެސް އެފްއޭއެމްގެ މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލާ ދެކޮޅަށް ފުޓްބޯޅަ އާއިލާގެ ގިނަ ބަޔަކުވަނީ އަޑު އުފުލަން ފަށާފައެވެ.
އެފްއޭއެމްގެ ކަންކަން ދުވަހަކަށް ވުރެން ދުވަހެއް ގޯސްވަމުން ގޮސް، މުޅި ފުޓުބޯޅަ އާއިލާގެ ނުރުހުން އެ އެސޯސިއޭޝަންގެ އިސްވެރިންނަށް ވަނީ އަމާޒުވެފައެވެ. މުވައްޒަފުންނާއި، ކޯޗުން އަދި ކުލަބުތަކަށް ދޭންޖެހޭ ފައިސާ ނުދިނުމާއި، ލޯންތަކަށް ފައިސާ ނުދައްކައިގެން އެތައް މައްސަލަތަކެއް ރާއްޖެ އަދި ބައިނަލް އަގުވާމީ ކޯޓުތަކުގައި ވެސް ކުރިޔަށް އެބަ ދެޔެވެ. އެފްއޭއެމްގެ ރައީސް ބައްސާމްގެ އިސްތިއުފާއަށް ގޮވާލައި ކެމްޕޭންތައް ވެސް ފަށާފައިވާއިރު، އަންނަ އަހަރު އެފްއޭއެމްގެ އިންތިހާބު ބާއްވާނެއެވެ. އެ އިންތިހާބަށް މުޅި ދެކުނު އޭޝިއާގައި ވެސް އެންމެ މޮޅު އެއް ފޯވާޑް، ދަގަނޑޭ ގެ ނަން ގެނައުމަށް މިއަދު ފަށާފައިވާ ކެމްޕޭނަށް މިހާތަނަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.
"ދަގަނޑޭ ފޯ އެފްއޭއެމް" އާ ގުޅޭ ގޮތުން ދަގަނޑޭ އަދި މިހާތަނަށް ވާހަކަ ދައްކާފައެއް ނުވެއެވެ. އެހެންނަމަވެސް އަންނަ އަހަރު އޮންނަ އެފްއޭއެމްގެ އިންތިހާބުގައި ބައްސާމާ ދެކޮޅަށް، ދަގަނޑޭގެ ވަރަށް ގާތް މީހުން ޓީމެއް ހަދައިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް އަދި ނަން ހާމަ ކުރަން ނޭދޭ ފުޓްބޯޅަ ފެމިލީގެ އިސް މީހަކު ބުންޏެވެ.
ދަގަނޑޭ، މި ވަގުތު ހުރީ ކަކުލަށް ލިބުނު އަނިޔާއަކާ ހެދި ކުޅުމާ ދުރުގަ އެވެ. ރަސްމީކޮށް ފުޓްބޯޅައިން ރިޓަޔާކުރިކަން ދަގަނޑޭ އަދި އިއުލާނުކޮށްފައެއް ނުވެ އެވެ.
އެފްއޭއެމްގެ އިންތިހާބު ދެން އޮންނާނީ އަންނަ އަހަރު އެވެ. އެންމެ ފަހުން އެފްއޭއެމް އިންތިހާބު ބާއްވާފައިވަނީ 2020 ވަނަ އަަހަރުގެ ޖުލައި މަހުގަ އެވެ.
0%
0%
0%
0%
0%
29 އޮގަސްޓު 2024
1
12 އޮގަސްޓު 2024
0
11 އޮގަސްޓު 2024
0
8 އޮގަސްޓު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1