ދި މެންގްރޫވް އައިލެންޑް ރިޒޯޓް ބޯއީސް ފުޓްސަލް ކަޕުގައި ޓީމް ލަންދޫ އަދި ޑީޓޫ ސްޕޯޓްސް ކުލަބު ބައްދަލު ކުރި މެޗުގެ ތެރެއިން -- ފޮޓޯ/ކެޕްޗާސް
ނ. ކެނދިކުޅުދޫގައި މިހާރު ކުރިއަށްދާ ދި މެންގްރޫވް އައިލެންޑް ރިޒޯޓް ބޯއީސް ފުޓްސަލް ކަޕުގެ ގުރޫޕް ސްޓޭޖު ފަހު މެޗުގައި ޑީ ޓޫ ސްޕޯޓްސް ކުލަބު ކަޓުވާލައި ޓީމް ލަންދޫއިން ސެމީ ފައިނަލުގެ ފަހު ޖާގައެއް ކަށަވަރު ކޮށްފިއެވެ.
މިއަދު ހަވީރު ކެނދިކުޅުދޫ ފުޓުބޯޅަ ސްޓޭޑިއަމުގައި ކުޅުނު އެ މެޗުން ޑީޓޫ ސްޕޯޓްސް ކުލަބުގެ މައްޗަށް ލަންދޫ ޓީމުން ކުރި ހޯދީ 2-0 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު ލަންދޫ ޓީމު ސެމީއިން ޖާގަ ހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ހަ ޕޮއިންޓް ހޯދައިގެންނެވެ. އެ ގުރޫޕުގެ އެއްވަނަ ހޯދި ވިންޑް ވޯރިއާސްއަށް ވަނީ ތިން މެޗުން ނުވަ ޕޮއިންޓް ލިބިފައެވެ. ތިންވަނައަށް ދިޔަ ޑީޓޫ ސްޕޯޓްސް ކުލަބަށް ތިން ޕޮއިންޓް ލިބުނު އިރު، ނެބަޓަންއަށް ޕޮއިންޓެއް ނުލިބެއެވެ.
މިއަދުގެ މޮޅާއެކު ޓީމް ލަންދޫއިން ގުރޫޕް ބީ ގެ ދެވަނައިގައި ސެމީއަށް ދަތުރު ކުރި އިރު، ސެމީގެ ފުރަތަމަ މެޗުގައި އެ ޓީމު ބައްދަލު ކުރާނީ ގުރޫޕް އޭ ގެ އެއްވަނަ ހޯދި ކޮމެޓްސްއާއެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 4:10 ގައެވެ.
މިއަދުގެ މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ވެސް ރަނގަޅަށް ޑިފެންސްކޮށްގެން ކުޅުނު އިރު ފުރަތަމަ ހާފު ނިމުނީ 0-0 ގެ ނަތީޖާއެއްގައި އޮވެގެންނެވެ. މެޗުން އެއްވަރުކޮށްލައިގެން ވެސް ޑީޓޫ ސްޕޯޓްސް ކުލަބަށް ސެމީގެ ޖާގައެއް ލިބެން އޮތް އިރު ލަންދޫއަށް މޮޅުވުން ނޫން ގޮތެއް ނެތެވެ. އެއާއެކު ދެވަނަ ހާފު ވެގެން ދިޔައީ ފޯރިގަދަ ހާފަކަށެވެ. އެ ހާފުގައި ޑީޓޫ ސްޕޯޓްސް ކުލަބުން އުފެއްދި ހަމަލާތައް މަދު ނަމަވެސް ލަންދޫ ޓީމުން ދިޔައީ ފުލުފުލުގައި ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފައްދަމުންނެވެ.
އެގޮތުން މިއަދުގެ މެޗުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި މުހައްމަދު އިރުޝާމް ވަނީ ލަންދޫ ޓީމަށް ލީޑު ނަގައިދީފައެވެ. މެޗު ނިމެންދަނިކޮށް ލަންދޫ ޓީމުގެ ލީޑު ފުޅާކޮށްދިނީ އެ ޓީމުގެ ކެޕްޓަން އަހުމަދު މުނައްވަރުއެވެ.
މި މުބާރާތުގެ ސެމީ ފައިނަލުގެ ދެ މެޗުވެސް މާދަމާ ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ދި މެންގްރޫވް އައިލެންޑް އެވެ. ޕާޓުނަރުންގެ ގޮތުގައި ހިމެނޭ ސްޕޮންސަރުންނަކީ ޕްރިންޓިންގް ޕާޓުނަރު - ރެޑް ކްރިއެޓިކް، ޓްރޮފީ ޕާޓުނަރު - ލޭޔާ، ޕޮޓޯ ޕާޓުނަރު - ކެޕްޗާސް، ގްރެފިކް ޕާޓުނަރު - އެލައިވްޑިޒައިންސް، ޓެލެކޮމް ޕާޓުނަރު - އެންފްލެއާ، ބެވެރެޖް ޕާޓުނަރު - ކެނދި މާޓު، ޓްރެވަލް ޕާޓުނަރު - އަރިސް ގްރީން، މިއުޒިކް ޕާޓުނަރު ޑީޖޭ ކައްޗޭ އަދި ކިޓް ޕާޓުނަރު - ޖޯޒީ.އެމްވީއެވެ.
ކޯ ސްޕޮންސަރުންނަކީ ސިލިކާ، ލޯކަލް އާރްކް ސްޓޫޑިއޯ, ޕްރޮޓޯން ވައިބްސް އަދި ޑްރީމް ދޯންޏެވެ.
މި މުބާރާތާ ބެހޭ އެންމެ ފަހުގެ އަޕްޑޭޓުތައް ރަށްފުށު އޮންލައިންގެ ޙަބަރުތަކުންނާއި، ސޯޝަލް މީޑިއާގެ ޕޭޖުތަކުން ފެންނަން ހުންނާނެއެވެ.
0%
0%
0%
0%
0%
29 އޮގަސްޓު 2024
1
12 އޮގަސްޓު 2024
0
11 އޮގަސްޓު 2024
0
8 އޮގަސްޓު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1