ވިންޑް ވޯރިއާސްގެ ގޯލަށްފަހު އެ ޓީމުގެ ކުޅުންތެރިން އުފާފާޅު ކުރަނީ -- ފޮޓޯ/ކެޕްޗާސް
ނ.ކެނދިކުޅުދޫގައި މިހާރު ކުރިއަށްދާ ދި މެންގްރޫވް އައިލެންޑް ރިޒޯޓް ބޯއީސް ފުޓްސަލް ކަޕުގައި ހެނބަދޫގެ ޑީ ޓޫ ސްޕޯޓްސް ކުލަބު ބަލިކޮށް ވިންޑް ވޯރިއާސް އިން ފެށުން ރަނގަޅުކޮށްފިއެވެ.
ކެނދިކުޅުދޫގެ ފުޓުބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗުން ޑީ ޓޫ ސްޕޯޓްސް ކުލަބުގެ މައްޗަށް ވިންޑް ވޯރިއާސްއިން ކުރި ހޯދީ 0-2 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު ވިންޑްވޯރިއާސްއިން ވަނީ ގުރޫޕު ބީގެ ތާވަލުގެ އެއްވަނައަށް ޖެހިލައިފައެވެ. އެ ގުރޫޕުގެ އެއްވަނައިގައި ތިން ޕޮއިންޓާއެކު ވިންޑްވޯރިއާސް އޮތީ ފައިދާ ދެ ގޯލާއެކުއެވެ. ދެވަނައިގައި ޓީމް ލަންދޫ ތިން ޕޮއިންޓާއެކު އޮތީ ފައިދާ އެއް ގޯލާއެކުއެވެ.
މިފަހަރުގެ މުބާރާތަށް އެންމެ ރަނގަޅަށް ތައްޔާރުވި އެއް ޓީމަކީ ޑީ ޓޫ ސްޕޯޓްސް ކުލަބެވެ. ރަނގަޅު ފަރިތަކުރުންތަކަކާއެކު މިއަދުގެ މެޗަށް އެ ޓީމު ނުކުތް ނަމަވެސް ވިންޑް ވޯރިއާސްއިން މެޗު ފެށީ ވަރުގަދައަށެވެ. އެ ޓީމުގެ އިބްރާހިމް ސިމާހު އާއި އިރުޝާދު އަދުނާން (އޭޓީ) ދިޔައީ މެޗުގެ ކުރީކޮޅު ހަމަލާތައް އުފައްދަމުންނެވެ. އަދި އެހެންމެ އަލީ ސަމާލް (ޓޮބީ) އާއި އަބްދުﷲ ނިހާދު (ނޮޑީ) އަށް ވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ވަނީ ލިބިފައެވެ.
އަނެއްކޮޅުން ޑީޓޫ ސްޕޯޓްސްކުލަބުގެ މުހައްމަދު ވަހީދު (ކޮކީ) އަށް ވެސް ލަނޑުޖަހާނެ ފުރުސަތުތަކެއް ލިބުނު އިރު ވިންޑް ވޯރިއާސްއިން އެ ހާފުގައި ލީޑު ނެގީ އޭޓީ އޭރިއާ ތެރެއަށް ނަގައިދިން ހުރަހެއް ކޮންޓްރޯލް ކުރަން އުޅުމުގެ ތެރޭގައި ޑީ ޓޫ ސްޕޯޓްސް ކުލަބުގެ އަހުމަދު އަލީ (މުލާ) އަތުން ބައިކޮޅަށް ވަތް ގޯލަކުންނެވެ.
ދެވަނަ ހާފުގައި ޑީ ޓޫ ސްޕޯޓްސް ކުލަބުން ކުޅުން ރަނގަޅުކޮށް ހަމަލާތައްް އިތުރު ކުރި ނަމަވެސް ވިންޑްވޯރިއާސްގެ ކީޕަރު މުހައްމަދު އަކުރަމް (އަކޫ) ވަނީ އެ މެޗުގައި ތަފާތު މޮޅު ކުޅުމެެއް ދައްކައި ވިންޑް ވޯރިއާސް ކޮޅަށް ގޯލެއްވަނަ ނުދީ ހިފަހައްޓައިފައެވެ. އެގޮތުން އޭނާ ވަނީ ވަން އޮން ވަން ބޯޅަތަކެއް ވެސް ދިފާއުކޮށް އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދައިފައެވެ.
މި ހާފުގައި ވިންޑް ވޯރިއާސްއިން ޖެހި ގޯލަކީ ވެސް އޭޓީ އޭރިއާ ތެރެއަށް ނަގައިދިން ހުރަހެއް ކޮންޓްރޯލް ކުރަން އުޅުމުގެ ތެރޭގައި މުލާ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.
މި މުބާރާތުގައި މާދަމާ ވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ޑީ ޓޫ ސްޕޯޓްސް ކުލަބް އަދި ވިންޑް ވޯރިއާސްއެވެ. ދެވަނަ މެޗުގައި ކުޅޭނީ އެސްއެސްބީ އަދި އެފްސީ ހާމަނޯސްއެވެ.
މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ދި މެންގްރޫވް އައިލެންޑް އެވެ. ޕާޓުނަރުންގެ ގޮތުގައި ހިމެނޭ ސްޕޮންސަރުންނަކީ ޕްރިންޓިންގް ޕާޓުނަރު - ރެޑް ކްރިއެޓިކް، ޓްރޮފީ ޕާޓުނަރު - ލޭޔާ، ޕޮޓޯ ޕާޓުނަރު - ކެޕްޗާސް، ގްރެފިކް ޕާޓުނަރު - އެލައިވްޑިޒައިންސް، ޓެލެކޮމް ޕާޓުނަރު - އެންފްލެއާ، ބެވެރެޖް ޕާޓުނަރު - ކެނދި މާޓު، ޓްރެވަލް ޕާޓުނަރު - އަރިސް ގްރީން، މިއުޒިކް ޕާޓުނަރު ޑީޖޭ ކައްޗޭ އަދި ކިޓް ޕާޓުނަރު - ޖޯޒީ.އެމްވީއެވެ.
ކޯ ސްޕޮންސަރުންނަކީ ސިލިކާ، ލޯކަލް އާރްކް ސްޓޫޑިއޯ, ޕްރޮޓޯން ވައިބްސް އަދި ޑްރީމް ދޯންޏެވެ.
މި މުބާރާތާ ބެހޭ އެންމެ ފަހުގެ އަޕްޑޭޓުތައް ރަށްފުށު އޮންލައިންގެ ޙަބަރުތަކުންނާއި، ސޯޝަލް މީޑިއާގެ ޕޭޖުތަކުން ފެންނަން ހުންނާނެއެވެ.
0%
0%
0%
0%
0%
29 އޮގަސްޓު 2024
1
12 އޮގަސްޓު 2024
0
11 އޮގަސްޓު 2024
0
8 އޮގަސްޓު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1