ފޮޓޯ/ކެނދިކުޅުދޫ ކައުންސިލް
އަންނަ މަހު ނ.ކެނދިކުޅުދޫގައި ފެށުމަށް ހަމަޖެހިފައިވާ "ކުއާޒޯ ދި މެންގުރޫވް އައިލެންޑް ޗެންޕިއަންޝިޕް 2023"ގެ ގުރުއަތުލުން، ރޭ ބާއްވަފިއެވެ.
ނ.ކެނދިކުޅުދޫގައި ގާއިމް ކޮށްފައިވާ ފިފާ ސްޑޭންޑާޑުގެ ޓާފް ދަނޑުގައި، އެ ރަށު ކައުންސިލުން އިންތިޒާމްކޮށްގެން މިދިޔަ އަހަރު ބާއްވަން ފެށި މި މުބާރާތް، މިއަހަރު ބޭއްވުމަށް ތާވަލް ކުރެވިފައިވަނީ އަންނަ މަހުގެ 4 ވަނަ ދުވަހުގެ ހަވީރު 16:00 ގައެވެ. މި އަހަރުގެ މި މުބާރާތުގައި ޖުމްލަ 4 ޓީމެއް ބައިވެރިވެފައިވެއެވެ. އެއީ އެންމެ ފަހު ޗެންޕިއަން ކޮމެޓްސް ސުޕޯޓްސް ކުލަބް، ފިފްޓީ-ފިފްޓީ އަދި ޑަކް ސިޓީގެ އިތުރުން ވަތުއޮޑި ޓައިޓަންސްއެވެ.
ކެނދިކުޅުދޫ ކައުންސިލްގެ މީޓިން ރޫމްގައި ގުރުނެގުމަށް ރޭ ބޭއްވުނު ޙާއްސަ ހަރަކާތުގައި ގުރުއަތުލުން ކުރިއަށް ގެންދެވުނު އިރު، މުބާރާތުގެ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ވަތުއޮޑި ޓައިޓަންސް އަދި ކޮމެޓްސް ސުޕޯޓްސް ކުލަބެވެ. ލީގު އުސޫލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި، ލީގުގެ ފުރަތަމަ ބުރު ނިމޭ އިރު އެންމެ ގިނައިން ޕޮއިންޓް ހޯދާ 2 ޓީމް ފައިނަލްގައި ބައްދަލު ކުރާނެއެވެ.
2022 ވަނަ އަހަރު ބާއްވަން ފެށުނު މި މުބާރާތަށް ބޮޑު ތަރުޙީބެއް ލިބިފާވައިރު، މިފަހަރުގެ މުބާރާތަށް ވަނީ ފައިސާގެ އިނާމް ވެސް އިތުރުކޮށްފައެވެ. އެ ގޮތުން ޗެންޕިއަން ޓީމަށް 50،000 ރުފިޔާގެ ފައިސާގެ އިނާމް އަދި ރަނަރަޕް ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމް ދިނުމަށް ވަނީ ކަނޑައަޅާފައެވެ. 2023 ވަނަ އަހުރުގެ މި މުބާރާތުގެ ޓައިޓަލް ސުޕޮންސަރަކީ "ކުއާޒޯ ޕުރައިވެޓް ލިމިޓެޑް"އެވެ.
0%
0%
0%
0%
0%
29 އޮގަސްޓު 2024
1
12 އޮގަސްޓު 2024
0
11 އޮގަސްޓު 2024
0
8 އޮގަސްޓު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1