ކުލަބް މޯލްޑިވްސް ކަޕް 2023 ގެ ޗެމްޕިއަން ވެމްކޯއިން ތަށި އުފުލާލަނީ - ފޮޓޯ/ކުލަބް މޯލްޑިވްސް
ރާއްޖޭގައި ބާއްވާ އެންމެ ދުވަސްވީ އަދި އެންމެ ގިނަބަޔަކު ބަލައި ފުޓްސަލް މުބާރާތް، ކުލަބް މޯލްޑިވްސްއިން އެންމެ ފަހުން ބޭއްވި ދެ އަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމުތަކަށްވާ ފައިސާ ނުދޭކަން ހާމަވެއްޖެއެވެ.
މިއަހަރުގެ ކުލަބް މޯލްޑިވްސް ޗެމްޕިއަންކަން ހޯދީ ވެމްކޯއިންނެވެ. ވެމްކޯއިން މުޅިން އަލަށް މުބާރާތުގެ ތަށި އުފުލާލީ ފައިނަލުގައި އާރުއާރުސީ 5-3 އިން ބަލިކޮށްގެންނެވެ. އަނެއްކޮޅުން 2022 ވަނަ އަހަރުގެ މުބާރާތް ފެނަކައިންވެސް ކާމިޔާބުކުރީ އެ ޓީމުގެ ތާރީހުގައި ފުރަތަމަ ފަހަރަށެވެ. އެ ޓީމު އެފަހަރުގެ މުބާރާތް ކާމިޔާބުކުރީ އެމްޕީއެލް ފައިނަލުގައި ބަލިކުރުމަށްފަހުއެވެ.
މިއަހަރުގެ މުބާރާތް ނިމުނު ފަހުން ދެ މަސް ފާއިތުވެފައިވާ އިރު، އަދިވެސް ޗެމްޕިއަން ޓީމަށް ފައިސާ ނުލިބޭކަން މިއަދު ހާމަކުރީ ޗެމްޕިއަން ޓީމުގެ އެސިސްޓެންޓް ކޯޗު އަލީ ނަދީމް (ކޮކޯ) އެވެ. ކޮކޯ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ކުލަބް މޯލްޑިވްސް ޓެގްކޮށް ފައިސާ ނުދޭކަން އިއުލާންކުރި އިރު، ކުލަބް މޯލްޑިވްސް ޕޭޖުން ވަނީ އިރަކޮޅެއްގެ ތެރޭ ޓެގު ރިމޫވް ކޮށްލައިފައެވެ.
"ކުލަބް މޯލްޑިވްސް ކަޕް 2023 ގެ ޗެމްޕިއަންއަށް ދޭންޖެހޭ ފައިސާ އަދިވެސް ނުދޭ. ކޮންމެ ފަހަރަކު ޖެހެނީ މި މީހުން ކައިރީ އާދޭސްކޮށްގެން ހޯދަން،" ކޮކޯގެ ޕޯސްޓުގައި އޭނާ ބުނެފައިވެއެވެ.
ކޮކޯގެ މި ޕޯސްޓް ޝެއާކޮށް 2022 ވަނަ އަހަރުގެ ޗެމްޕިއަންކަން ހޯދި ފެނަކަ ޓީމުގެ ކެޕްޓަން އަޔާޒް އަހުމަދު (އަޔާ) ބުނީ މިދިޔަ އަހަރުގެ ޗެމްޕިއަން ފައިސާ ފެނަކައަށް އަދިވެސް ނުލިބޭ ކަމަށެވެ.
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތުގެ ގޮތުގައި ސިފަކުރާ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 65،000 ރުފިޔާ ދޭގޮތަށް އޮތީ ހަމަޖައްސައިފައެވެ. އެކަމަކު އެ ފައިސާ ޓީމުތަކަށް ލިބިފައިނުވާ އިރު، މިއަހަރުވެސް ކުލަބް މޯލްޑިވްސްއިން ވަނީ ހަތަރު މުބާރާތް ބާއްވައިފައެވެ. އެއީ ކުލަބް މޯލްޑިވްސް 2023، ކުލަބް މޯލްޑިވްސް ކުލާސިކް، އެއިޓީން ތާޓީ އަދި އެއިޓީން ތާޓިކް ކުލާސިކްއެވެ.
ކުލަބް މޯލްޑިވްސް ކަޕް: މި މުބާރާތުގައި ޖުމުލަ 28 ޓީމަކުން ވަނީ ބައިވެރިވެފައެވެ. ކޮންމެ ޓީމަކުން ބައިވެރިވާން 6500 ރފ ގެ އިނިޝަލް ފީއެއްވެސް ވަނީ ނަގައިފައެވެ. ޖުމުލަ 128،000 ރފ.
ކުލަބް މޯލްޑިވްސް ކުލާސިކް: މި މުބާރާތުގައި ޖުމުލަ 24 ޓީމަކުން ވަނީ ބައިވެރިވެފައެވެ. ކޮންމެ ޓީމަކުން ބައިވެރިވާން 5000 ރފ ގެ އިނިޝަލް ފީއެއްވެސް ވަނީ ނަގައިފައެވެ. ޖުމުލަ 120،000 ރފ.
އެއިޓީން ތާޓީ: މި މުބާރާތުގައި ބައިވެރިވީ ތިން ޓީމަކުންނެވެ. ކޮންމެ ޓީމެއް އަތުން 5500 ނަގާފައިވެއެވެ. ޖުމުލަ 16،500 ރފ.
އެއިޓީން ތާޓީ ކުލާސިކް: މި މުބާރާތުގައި 8 ޓީމަކުން ބައިވެރިވި އިރު ކޮންމެ ޓީމެއްގެ އަތުން ޖުމުލަ 5000 ރފ ނަގާފައިވެއެވެ. ޖުމުލަ 40،000 ރފ.
އެހެން ކަމުން މިއަހަރު އެކަނި ބޭއްވި ހަތަރު މުބާރާތުގައި ޖުމުލަ 63 ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެ ޓީމުތަކުން އިނިޝިއަލް ފީއެއްގެ ގޮތުގައި ޖުމުލަ 304،500 ރުފިޔާ ކުލަބް މޯލްޑިވްސްއިން ވަނީ ނަގައިފައެވެ. ފުޓްސަލްގެ ތަރިން ސިފަކުރާ ގޮތުގައި ކުލަބު މޯލްޑިވްސްއަކީ މިހާރު ފައިސާ ހޯދަން ޖައްސާ ބޮޑު ސްކޭމެކެވެ.
0%
0%
0%
0%
0%
29 އޮގަސްޓު 2024
1
12 އޮގަސްޓު 2024
0
11 އޮގަސްޓު 2024
0
8 އޮގަސްޓު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1