ދި މެންގްރޫވް އައިލެންޑް ރިޒޯޓް ބޯއީސް ފުޓްސަލް ކަޕް 2023: ޗެމްޕިއަންކަން ކޮމެޓްސްއަށް، ކިންގަކަށް ހުސައިން ޝަރީފް!

Championkan Comets ah, King akah Hussain Shareef!

ރިޒޯޓް ބޯއީސް ފުޓްސަލް ކަޕުގެ ޗެމްޕިއަންކަން ހޯދި ކޮމެޓްސް ސްޕޯޓްސް ކުލަބު --- ފޮޓޯ/ކެޕްޗާސް

0

ނ. ކެނދިކުޅުދޫގައި ކުރިއަށްދިޔަ ދި މެންގްރޫވް އައިލެންޑް ރިޒޯޓް ބޯއީސް ފުޓްސަލް ކަޕް 2023 ގެ ފައިނަލުގައި ވިންޑް ވޯރިއާސް ބަލިކޮށް ކޮމެޓްސް ސްޕޯޓްސް ކުލަބުން މުބާރާތުގެ ތަށި އުފުލާލި އިރު، އެ ޓީމުގެ ހުސައިން ޝަރީފްއަށް މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބިއްޖެއެވެ.

ކެނދިކުޅުދޫ ފުޓުބޯޅަ ސްޓޭޑިއަމުގައި އިއްޔެ ކުޅުނު ފައިނަލުގައި ވިންްޑްވޯރިއާސް އަތުން ކޮމެޓްސް މޮޅުވީ 2-3 ގެ ނަތީޖާއަކުންނެވެ. ގައުމީ ކުރީގެ ކެޕްޓަން އަލީ އަޝްފާގު ޝަރަފުވެރިކޮށްދެއްވި އެ މެޗުން ހޯދި މޮޅާއެކު ކޮމެޓްސްއިން ވަނީ މިހާތަނަށް އެ ކުލަބުގެ ތާރީހުގައި 13 މުބާރާތެއް ކާމިޔާބުކޮށްފައެވެ. އޭގެ ތެރޭގައި ކެނދިކުޅުދޫގައި ބޭއްވި 12 މުބާރާތަކާއި ރަށުން ބޭރު މުބާރާތެއްވެސް ހިމެނެއެވެ.

އިއްޔެގެ މެޗު ފަށައިގެން ވިންޑް ވޯރިއާސްއިން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެމުން ދިޔަ ނަމަވެސް ކޮމެޓްސްއިން ފެނުނީ ވަރުގަދައަށް ޑިފެންސްކޮށް ލިބޭ ކައުންޓާ އެޓޭކުތަކުގައި މާ ނުރައްކާކޮންނެވެ. ކައުންޓާ އެޓޭކެއްގައި ހުސައިން ޝަރީފް އަރައި ފޮނުވާލި ބޯޅައެއް ވަނީ އެ ހާފުގެ ކުރީކޮޅު ގޯލަށް އަމާޒުކޮށް ކޮމެޓްސްއަށް ލީޑު ހޯދައިދީފައެވެ. އަދި އޭނާ ޖައްސާލި އެހެން ބޯޅައަކުން އެ ޓީމުގެ ކެޕްޓަން އަލީ ބުޝްރީ ވަނީ މުޅިން ހުސްކޮށް ހުރެ އިތުރު ގޯލެއް ޖަހައި ހާފު ނިމުމުގެ ކުރިން ކޮމެޓްސްއަށް ދެ ގޯލުގެ ލީޑެއް ހޯދައިދީފައެވެ.

ދެވަނަ ހާފު ފަށައިގެން ވިންޑް ވޯރިއާސްއިން ވަނީ ކުޅުން ރަނގަޅުކޮށް ހަމަލާތަކެއް އުފައްދައިފައެވެ. އެގޮތުން އަލީ ސަމާލުއާއި އިބްރާހިމް ސިނާހު (ތަޑޭ) ގެ މޮޅު ކުޅުމެއް ފެނިގެން ދިޔައިރު، އިރުޝާދު އަދުނާން (އޭޓީ) ވަނީ އެ ހާފުގެ ކުރީކޮޅު ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ. ވިންޑްވޯރިއާސްއިން ފުލުފުލުގައި ހަމަލާ އުފައްދަމުން ދިޔައިރު ކޮމެޓްސްގެ މުހައްމަދު ޝައްމާހު ވަނީ ލިބުނު ފުރުސަތެއްގެ ބޭނުން ހިފައި އެ ޓީމުގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. ވިންޑް ވޯރިއާސްއިން ކުރި މަސައްކަތުން ވަނީ މެޗު ނިމުމުގެ ކުރިން އިތުރު ގޯލެއް ޖަހައިފައެވެ. އެ ގޯލުވެސް ކާމިޔާބު ކޮށްދިނީ އޭޓީއެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކޮމެޓްސްގެ ހުސައިން ޝަރީފްއެވެ.

ފައިނަލް މެޗު ނިންމާ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުވެސް ވަނީ ވަރަށް ކުލަގަދަކޮށް ފާހަގަ ކޮށްފައެވެ. މުބާރާތުގެ އެންމެ މޮޅު ސަޕޯޓިންގް ޓީމަކަށް ޑީ ޓޫ ސްޕޯޓްސް ކުލަބު ހޮވުނު އިރު، އެންމެ ފެއާ ޕްލޭ ޓީމަކަށް ހޮވުނީ ސުޕަ ސްޕޯޓިންގް ބޯއީސް (އެސްއެސްބީ)އެވެ. މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކަށް ހޮވުނީ އެސްއެސްބީގެ ހުސައިން އަހުސަންއެވެ. އެންމެ މޮޅު ކޯޗަކަށް ހޮވުނީ ކޮމެޓްސްގެ ކޯޗު އަބްދުﷲ ސުއާދުއެވެ. އަދި އެންމެ އުންމީދީ ކުޅުންތެރިޔަކަށް ހޮވިފައިވަނީ ނެބަޓަންގެ މުހައްމަދު އުނައިސް ބިން ނޫހްއެވެ.

މުބާރާތުގެ ބެސްޓް ފައިވް:

  1. އިރުޝާދު އަދުނާން (ވިންޑް ވޯރިއާސް)
  2. ހުސައިން ޝަރީފް (ކޮމެޓްސް)
  3. އިބްރާހިމް އަލީމް (ކޮމެޓްސް)
  4. މުހައްމަދު މަހާސް (ކޮމެޓްސް)
  5. މުހައްމަދު އިރުޝާމް

މުބާރާތުގެ ކިންގް އޮފް ދަ ޓޯނަމެންޓަށް ހޮވުނީ ހުސައިން ޝަރީފްއެވެ. އޭނާ ވަނީ މުބާރާތުގައި ހަ ގޯލު ޖަހައިފައެވެ. އޭގެ އިތުރުން ހަތަރު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދިއެވެ.

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Happy
Happy

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Semi ge raih card aa eku ves Ayaa ah finalgai kulhumuge furustathu, insaafuveribaa?!

ސެމީގެ ރަތްކާޑާއެކު ވެސް އަޔާއަށް ފައިނަލުގައި ކުޅުމުގެ ފުރުސަތު، އިންސާފުވެރިބާ؟!

3

Magey Hiyaa: Gevalhu thakugai ge neylhi thibi myhunah ranuge furusatheh

މަގޭ ހިޔާ: ގެވަޅުތަކުގައި ގެ ނޭޅި ތިބި މީހުންނަށް ރަނުގެ ފުރުސަތެއް

0

India sifain thibi vaahaka kurin dhekky idhikolhugai thibegen sarukaarah annan: Adhurey

އިންޑިއާ ސިފައިން ތިބި ވާހަކަ ކުރިން ދެއްކީ އިދިކޮޅުގައި ތިބެގެން ސަރުކާރަށް އަންނަން: އަދުރޭ

1