ފޮޓޯ؛ ސިޑިބަރި
ސްލޮވާކިއާ ކައިރިން ލިބުން ހަނި މޮޅަކުން އިންގްލޭންޑް ކުއާޓާ ފައިނަލަށް ކޮލިފައި ވެއްޖެއެވެ.
އިންގްލޭންޑް އަދި ސްލޮވާކިއާ ބައްދަލުކުރި މެޗްގެ 90 މިނެޓު ނިމިގެން ދިޔައީ 1-1 ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ. މެޗުގެ 90 މިނެޓު ހަމަވިއިރު ދެޓީމު އެވަރުވެފައި އޮތުމުން ކުޅުން 15 މިނެޓުގެ ދެހާފް ނިމުނީ 2-1 ގެ ނަތީޖާއަކުން އިންގްލޭންޑް ކުރީގައި އޮވެގެންނެވެ.
ސްލޮވާކިއާއިން މިމެޗުގައި ޖެހި ހަމައެކަނި ގޯލް ޖެހީ މެޗުގެ 25 ވަނަ މިނެޓުގައި ޑޭވިޑް ސްޓްރެލެކް ދިން ޕާހަކުން އިވާން ޝްރާންޒް އެވެ.
ފުރަތަމަ ހާފް ނިމިގެން ދިޔައީ އިންގްލޭންޑުން ރަނގަޅަށް ކުޅެ ގޯލެއް ނުޖެހި 1-0 ގެ ނަތީޖާއަކުން ސްލޮވާކިއާ ކުރީގައި އޮވެގެންނެވެ. މިހާފުގައި އިންގްލޭޑަށް ސްލޮވާކިއާގެ ގޯލާ ސީދާކޮށް ހަމަލާއެއް ފޮނުވާލެވިފައެއް ނުވެއެވެ.
ދެވަނަ ހާފް ފަށައިގެން އިންގްލޭންޑުން ވަނީ ގޯލެއް ޖަހާފައެވެ. ނަމަވެސް ގޯލް ޖަހައިދިން ފިލް ފޮޑެން އޮފްސައިޑުގައި ހުރުމުން ވީއޭއާރު ބެލުމަށްފަހު ރެފްރީ ނިންމީ ގޯލެއް ނޫން ކަމަށެވެ. މިގޯލަށްފަހުވެސް މެޗުގައި ގިނަ ވަގުތު ބޯލަ ހިފާއްޓައިގެން ކުޅެފައިވަނީ އިންގްލޭންޑުންނެވެ.
މެޗުގައި އިންގްލޭންޑަށް ގޯލް ޖަހާނެ ގިނަ ފުރުސަތު ތަކެއް ވަނީ ލިބިފައެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެށްކި 5 މިނެޓު ނިމެންދަނިކޮށް އިންގްލޭންޑުން ވަނީ ނަތީޖާ ހަމަހަމަކޮށް މެޗް އިތުރު ވަގުތައް ގެންގޮއްސައެވެ. މިގޯލް އިންގްލޭންޑަށް ޖަހައިދިނީ ޖޫޑް ބެލިންގަމް އެވެ. ކައިލް ވޯކާ ސްލޮވާކިއާގެ އޭރިއާތެރެއަށް އެއްލި ބޯޅަ މާކް ގުއެހީ ބޮލުގައި ޖެހި ލިބުނީ ބެލިންގަމް އަށެވެ. ބޯޅަ ގޯލްގެ ތެރެއަށް އޭނާ ފޮނުވާލީ ބައިސިކަލް ކިކަކުންނެވެ.
އިތުރު ވަގުތު ފަށައިގެން 1 ވަނަ މިނެޓުގައި އިންގްލޭންޑުން މެޗުގައި ލީޑު ނެގީ ހެރީ ކޭން ޖެހި ގޯލުންނެވެ. ކޭން މިގޯލް ކާމިޔާބުކޮށްދިނީ އައިވަން ޓޯނީ ދިން ފާހަކުން ބޮލުން ބޯޅަ ގޯލްގެތެރެއަށް ފޮނުވާލައިގެންނެވެ.
އިތުރު ވަގުތުގެ ފުރަތަމަ ހާފް ނިމެނިކޮށް ސްލޮވާކިއާއިން ވަނީ އިންގްލޭންޑްގެ ގޯލަށް ނުރައްކާކޮށް ހަމަލާއެވެ ފޮނުވާލާފައެވެ. މިހަމަލާ ދިޔައީ އިންގްލޭންޑްގެ ގޯލް މަތިންނެވެ. މިހާފް ނިމިގެން ދިޔައީ ކޭންގެ ގޯލުން އިންގްލޭން 2-1 ގެ ނަތީޖާއަކުން ކުރީގައި އޮވެގެންނެވެ.
އިތުރު ވަގުތުގެ ދެވަނަ ހާފުގައި ފެނުނީ ސްލޮވާކިއާގެ ރަނގަޅު ކުޅުމެކެވެ. އިންގްލޭންޑްގެ ހާފުތެރޭގައި ރަނގަޅަށް ކުޅެ ސްލޮވާކިއާއިން ވަނީ ޕިކްފޯޑުގެ ގޯލަށް ނުރައްކާކޮށްފައެވެ. މެޗުގެ މިހާފުގައި އިންގްލޭންޑުން ކުޅެފައިވަނީ ޑިފެންސަށް 5 ކުޅުންތެރިން ލައިގެންނެވެ. މެޗް ނިމިގެން ދިޔައީ 2-1 ގެ ނަތީޖާއަކުން އިންގްލޭންޑް މޮޅުވެގެންނެވެ.
މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އިންގްލޭންޑްގެ ޖޫޑް ބެލިންގަމް އެވެ.
ސްލޮވާކިއާ އިން މިމުބާރާތުގެ ގަދަ 16 އަށް ދަތުރު ކުރީ ބެލްޖިއަމް، ރޯމޭނިއާ އަދި ޔޫކްރެއިން ހިމެނުން ގްރޫޕުގެ 3 ވަނަ ޓީމުގެ ގޮތުގައެވެ. މިމެޗުން ބަލިވެ ސްލޮވާކިއާއަށް މިވަނީ މުބާރާތް ނިންމާލަން ޖެހިފައެވެ.
ކުއާޓާ ފައިނަލުގައި އިންގްލޭންޑް ނިކުންނާނީ ސްވިޒަލޭންޑާ ދެކޮޅަށެވެ. ސްވިޒަލޭންޑަކީ މިމުބާރާތުގައި ރަނގަޅު ކުޅުމެއް ދަށްކަމުން އަންނަ ޓީމެކެވެ. އިންގްލޭންޑް އަދި ސްވިޒަލޭންޑް ކުއާޓާ ފައިނަލުގައި ބައްދަލުކުރާ މެޗް އޮންނާނީ 6 ޖުލައި 2024 ގެ 21:00 ގައެވެ.
0%
0%
0%
0%
0%
29 އޮގަސްޓު 2024
1
12 އޮގަސްޓު 2024
0
11 އޮގަސްޓު 2024
0
8 އޮގަސްޓު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1