ކެނދިކުޅުދޫގެ ފުޓުބޯޅަ / ފުޓްސަލް ތަރި މުހައްމަދު އައްޒާމް - އަބްދުﷲ ޔަޝައު (ޔަކޭ)
ރާއްޖޭގައި މިހާތަނަށް އުފެދުނު މޮޅެތި ގިނަ ފުޓުބޯޅަ ތަރިންނަކީ ފުޓްސަލްގައި ވެސް ވިދުން ގަދަ ތަރިންތަކެކެވެ. ހާއްސަކޮށް އޮފް ސީޒަނުގައި ރާއްޖެތެރޭގައްޔާއި، މާލޭގައި ވެސް ކުޅޭ ގިނަ މުބާރާތްތަކުގައި ބައިވެރިވެޔެވެ. އެކަމަކު ނ. ކެނދިކުޅުދޫއަށް އުފަން މުހައްމަދު އައްޒާމަކީ އެކަމުގައި ވެސް އަރައި ހުރި ތަރިޔެކެވެ.
ރާއްޖޭގެ ފުޓުބޯޅައިގައި އޭނާއަށް ނުލިބޭ ތަށްޓެއް މަދެވެ. ބައިނަލް އަގުވާމީ، ގައުމީ އަދި އަތޮޅު މުބާރާތްތަކުގެ އިތުރުން ރަށު ފެންވަރުގައި ވެސް އޭނާ ވަނީ ތަށިތައް ހޯދައިފައެވެ. އަދި އެހެންމެ ފުޓްސަލްގައި ވެސް ރާއްޖޭގައި އުފެދުނު މޮޅެތި ތަރިންގެ ތެރެއިން ނަން ކިޔާލެވޭ އައްޒާމް ވަނީ އެކުޅިވަރުގައިވެސް އެތައް އެތައް މުބާރާތްތަކެއްގެ ތަށި ހޯދައި، މޮޅު ކުޅުންތެރިޔާގެ އިނާމުތައް ވެސް ހޯދައިފައެވެ.
ނަމަވެސް އެ ހުރިހާ ކާމިޔާބީތަކާއެކުވެސް ކެރިއަރުގައި ހުސްކަމެއް އޮތްކަން އޭނާ ގަބޫލުކުރެއެވެ. އެއީ މިހާރު ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެއް ފުޓުބޯޅަ މުބާރާތް، ގޯލްޑަން ފުޓްސަލް މުބާރާތުގެ ތަށި ނެތުމެވެ. ކޯޗެއްގެ ގޮތުގައި އޭނާ ވަނީ މީގެ ކުރިން ކ.ގާފަރު އެ މުބާރާތުގެ ފައިނަލަށް ގެންގޮސްދީފައެވެ. އަދި އުފަން ކެނދިކުޅުދޫ ޓީމުވެސް 2017 ވަނަ އަހަރު ޒޯން ބުރަށް ގެންގޮސްދިނެވެ.
އެކަމަކު މީގެ ކުރިން އަހަރަކު އެ މުބާރާތް އޭނާ ކުޅެފައި ނުވާއިރު، މިއަހަރުގެ މުބާރާތަށް ނުކުތީ ވަރުގަދަ އަޒުމަކާއެކުއެވެ. އެއީ ފުޓުބޯޅަ/ ފުޓްސަލްގައި ނުލިބި އޮތް ތަށި ހޯދުމުގެ އަޒުމުގައެވެ. އެގޮތުން ނ އަތޮޅުގެ ޗެމްޕިއަންކަން ކެނދިކުޅުދޫއަށް އޭނާ ވަނީ ހޯދައިދީފައެވެ. އަތޮޅުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއެކު އޭނާ ވަނީ އެހެން ޓީމުތަކަށް އޭނަގެ ތަފާތުކަން ސާބިތުކޮށްދީފައެވެ.
"މިއީ ވެދާނެ ގޯލްޑެން ފުޓްސަލް މުބާރާތުން ފެންނާނެ އެންމެ ފަހު ފަހަރަށްވެސް. އެއާއެކުވެސް ވަރަށް މުހިއްމު މުބާރާތެއް މިއީ. އަހަރަމެންނަކީ މުބާރާތުގެ ފެވަރިޓުންނެއްް ނޫން. އެކަމަކު މި ޓީމުގެ އެބެއް އުންމީދެއް." އަައްޒާމް ބުންޏެވެ.
ރާއްޖޭގައި ބޭއްވޭ ބޮޑެތި ފުޓްސަލް މުބާރާތްތަކަށް ކަމަށްވާ ކްލަބް މޯލްޑިވްސް ކަޕް 3 ފަހަރަށް ކާމިޔާބުކޮށް، އައްޑޫގައި ބާއްވާ ރާއްޖޭގެ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތް ވަގުތު ފުޓްސަލް ޗެލެންޖްވެސް ކާމިޔާބުކޮށްފައިވާ އައްޒާމް ދެކޭ ގޮތުގައި ގޯލްޑެން މުބާރާތަކީ މިހާރު ރާއްޖޭގައި އެންމެ ގިނަބަޔަކު އެ މުބާރާތަކަށް ޝައުގު ހުންނަ މުބާރާތެވެ. އަދި އެ މުބާރާތުގެ ތަށްޓަކީ ރާއްޖޭގެ ފެންވަރުގައި އެންމ ހައިބަތި ބޮޑޮ މުބާރާތެވެ.
"އަތޮޅު ޗެމްޕިއަންކަން ލިބުނީ އުނދަގޫ މެޗުތަކެއް ކުޅެގެން މުޅި ޓީމުގެ ވަރަށް މިންނެތް މަސައްކަތުން. ޓީމުގެ ހުރިހާ ކުޅުންތެރިން ވެސް ވަރަށް ހިތްވަރުކޮށްގެން މިހިސާބަށް އާދެވުނީ. ހާއްސަކޮށް އާއިލާއާއި ދުރުގައި މާލޭގައި ގިނަ ދުވަސްތަކެއް ތިބެގެން ވަރަށް ބޮޑު ގުރުބާނީއެއް ވެގެން،"
"ޓީމު ކުރިއަށް މިދަނީ ސްޓެޕަކަށް ފަހު ސްޓެޕެއް. ފުރަތަމަ ކަމަކަށް އުންމީދު ކުރީ އަތޮޅު ޗެމްޕިއަންކަން ހޯދުން. އެކަން ހާސިލްވެއްޖެ. ދެން އޮތީ އަދި މާ ވަރުގަދަ މެޗުތަކެއް. އެ މެޗުތަކަށް މިހާރު މި ތައްޔާރުވަނީ،"
ރާއްޖޭގެ އޮފީސް މުއައްސަސާތަކުގެ މުބާރާތް (ކުލަބް މޯލްޑިވްސް) އިން ވިދާލި އައްޒާމް ފުރަތަމަ ބޮޑު ފުޓުބޯޅައަށް ނުކުތުމަށް ފަހު ގުޅުނީ މާޒިޔާއާއެވެ. ނަމަވެސް އެ ކުލަބުގައި މާ ގިނަ ދުވަހަކު އޭނާ ކުޅެފައެއް ނުވެއެވެ. އޭނާގެ ފުޓުބޯޅައިގެ ހުނަރުވެރިކަން ފެނި ގިނަ ބައެއްްގެ ލޮލުގައި އޭނަގެ ކުޅުން އަޅައިގަތީ ބީޖީ ސްޕޯޓްސް ކުލަބާ ގުޅުނު ހިސާބުންނެވެ.
ކަނާތު ވިންގެއް ގޮތުގައި ބީޖީއަށް ކުޅުނު ނަމަވެސް ނިޒާމްބެގެ ކޯޗު ކަމުގެ ދަށުގައި އޭނާ ވަނީ ކީޕަރުގެ މަގާމު ނޫން އެހެން ހުރިހާ މަގާމަކަށް ޓީސީއަށް ކުޅެފައެވެ. ބީޖީގައި މޮޅު ކުޅުމެއް ދައްކައި އެ ޓީމުގެ ކެޕްޓަންކަން ވެސް ކޮށްފައިވާ އައްޒާމް ޓީސީއާ ގުޅުނީ 2015 ވަނަ އަހަރުގެ ސީޒަނަށެވެ.
ޓީސީ ސްޕޯޓްސް ކުލަބާ އެކު ބަންގާޅުގައި ކުރިއަށް ދިޔަ ޝެއިޙް ކަމާލް ކަޕުގެ ޗެމްޕިއަން ކަން ހޯދުމަކީ އޭނާގެ ހަޔާތުގައި ލިބުނު އެންމެ ބޮޑު ކާމިޔާބު ކަމަށް އޭނާ ބުނެފައިވެ އެވެ. އެ މުބާރާތުގެ ފައިނަލުގައި އޭނާ ވަނީ ގޯލެއް ޖަހައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިފައެވެ.
އައްޒާމް ވަނީ ދެފަހަރެއްގެ މަތިން ގައުމީ ޓީމުގެ ސްކޮޑުގައި ހިމެނިގެން ކުޅެފައެވެ.
"ފުޓުބޯޅައިގައި އަދި ފުޓްސަލްގައިވެސް ބޮޑު މުބާރާތެއް ހިޔެއް ނުވޭ ނުލިބި އޮތްހެން މި ނޫނި. އަދި މި މުބާރާތް އެންމެ ފުރަތަމަ ފަހަރަށް މި ކުޅެނީ. މި މުބާރާތުގެ ތަށްޓަކާ ނުލައި ފުޓުބޯޅައިގެ ތަށި ކެބިނެޓް ފުރިހަމަ ވާނެ ހެނެއް ހިޔެއް ނުވޭ. އެހެންވީމާ މިއީ ކެރިއަރުގައި މިހާރު އެންމެ މުހިއްމު އެއް ތަށި."
0%
0%
0%
0%
0%
29 އޮގަސްޓު 2024
1
12 އޮގަސްޓު 2024
0
11 އޮގަސްޓު 2024
0
8 އޮގަސްޓު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
15 ޖޫން 2023
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
6 ޑިސެންބަރު 2023
1