އަޝްފާގަށް ކެނދިކުޅުދޫއިން ހޫނު މަރުހަބާއެއް ކިޔައިފި

Ashfaq ah Kendhikulhudhoo in hoonu maruhabaaeh kiyaifi

އަޝްފާގު ކެނދިކުޅުދޫއަށް ދިއުމުން ހޫނު މަރުހަބާއެއް ވަނީ ކިޔައިފަ -- ފޮޓޯ/ކެޕްޗާސް

0

ނ. ކެނދިކުޅުދޫގައި މާދަމާ ފަށައި ދި މެންގްރޫވް އައިލެންޑް ރިޒޯޓް ބޯއީސް ފުޓްސަލް ކަޕް 2023 މުބާރާތް ފެށުމުގެ ރަސްމިއްޔާތަށް ރާއްޖޭގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ޒިޔާރަތް ކުރުމުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތު އޮގަސްޓް މަހުގެ އެއްވަނަ ދުވަހުގެ ހަވީރު ބާއްވާއިރު، އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނީ ދަގަނޑޭއެވެ. ދަގަނޑޭ މި ރަސްމިއްޔާތުގައި ބައިވެރިވުމަށް ނ.ކެނދިކުޅުދޫއަށް މިއަދު ހަވީރު ދިއުމުން އެ ރަށުގެ ރައްޔިތުންވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔައިފައެވެ. ގިނަ އަދަދަކަށް ދަގަނޑޭއާ ސަލާން ކުރަންވެގެން މީހުން އެތުރިލައިގެން ތިބި އިރު، އޭނާ ވަނީ ރަށުގެ ކުދިބޮޑު އެންމެންނާ އެކު ފޮޓޯ ނަގައިފައެވެ.

މީގެ އިތުރުން މުބާރާތް މާދަމާ ފަށައި ރަސްމިއްޔާތުގައި މުބާރާތުގެ ޗެމްޕިއަން ޓްރޮފީ ރިވީލް ކުރަން ހަމަޖެހިފައިވާ އިރު، ޓްރޮފީ ދައްކާލާނީ ދަގަނޑޭއެވެ. މުބާރާތް ހުޅުވާ މެޗުގައި ބައްދަލު ކުރާނީ ކެނދިކުޅުދޫގެ ކޮމެޓްސް ސްޕޯޓްސް ކުލަބާއި މާޅެންދޫގެ ކަބަޓާން ސްޕޯޓްސް ކުލަބެވެ. މާދަމާގެ މެޗު ފަށާނީ ހަވީރު 4:45 ގައެވެ. 

މާދަމާ މުބާރާތް ހުޅުވާ މެޗު ކުޅޭ އިރު، ޖެހިގެން އަންނަ ދުވަސްތަކުގައި ކޮންމެ ދުވަހަކުވެސް ދެ މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ގުރޫޕް ސްޓޭޖުގައި ޖުމުލަ 16 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

 

އަޝްފާގު ކެނދިކުޅުދޫއަށް ދިއުމުން ހޫނު މަރުހަބާއެއް ވަނީ ކިޔައިފަ -- ފޮޓޯ/ކެޕްޗާސް

ދި މެންގްރޫވް އައިލެންޑް ރިޒޯޓް ބޯއީސް ފުޓްސަލް ކަޕަކީ މި ފަހުގެ ތާރީހެއްގައި ނޫނު އަތޮޅުގައި ބޭއްވޭ އެންމެ ބޮޑު ފުޓްސަލް މުބާރާތެވެ. ފަސް ރަށަކުން ޖުމުލަ 9 ޓީމު ވާދަކުރާ މި މުބާރާތަކީ ކުލަބުތަކަށް ހުޅުވާލައިގެން ވެސް އަތޮޅުގައި ދުވަސްގަނޑަކަށް ފަހު ބޭއްވޭ އެންމެ ފުރަތަމަ މުބާރާތެވެ. ނޫނު އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ކެނދިކުޅުދޫގެ ޓާފް ދަނޑުގައެވެ. މިއީ މި ނަމުގައި މުޅިން އަލަށް ބާއްވާ މުބާރާތެކެވެ. މި މުބާރާތް އިންތިޒާމުކޮށް ހިންގާނީ ކެނދިކުޅުދޫއަށް ނިސްބަތްވާ ރިޒޯޓް ބޯއީސްގެ ޓީމުން އިސްނަގައިގެންނެވެ.

މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ދި މެންގްރޫވް އައިލެންޑް އެވެ. ޕާޓުނަރުންގެ ގޮތުގައި ހިމެނޭ ސްޕޮންސަރުންނަކީ ޕްރިންޓިންގް ޕާޓުނަރު - ރެޑް ކްރިއެޓިކް، ޓްރޮފީ ޕާޓުނަރު - ލޭޔާ، ޕޮޓޯ ޕާޓުނަރު - ކެޕްޗާސް، ގްރެފިކް ޕާޓުނަރު - އެލައިވްޑިޒައިންސް، ޓެލެކޮމް ޕާޓުނަރު - އެންފްލެއާ، ބެވެރެޖް ޕާޓުނަރު - ކެނދި މާޓު، ޓްރެވަލް ޕާޓުނަރު - އަރިސް ގްރީން، މިއުޒިކް ޕާޓުނަރު ޑީޖޭ ކައްޗޭ އަދި ކިޓް ޕާޓުނަރު - ޖޯޒީ.އެމްވީއެވެ.

ކޯ ސްޕޮންސަރުންނަކީ ސިލިކާ، ލޯކަލް އާރްކް ސްޓޫޑިއޯ, ޕްރޮޓޯން ވައިބްސް އަދި ޑްރީމް ދޯންޏެވެ.

މި މުބާރާތާ ބެހޭ އެންމެ ފަހުގެ އަޕްޑޭޓުތައް ރަށްފުށު އޮންލައިންގެ ޙަބަރުތަކުންނާއި، ސޯޝަލް މީޑިއާގެ ޕޭޖުތަކުން ފެންނަން ހުންނާނެއެވެ.

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Happy
Happy

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Semi ge raih card aa eku ves Ayaa ah finalgai kulhumuge furustathu, insaafuveribaa?!

ސެމީގެ ރަތްކާޑާއެކު ވެސް އަޔާއަށް ފައިނަލުގައި ކުޅުމުގެ ފުރުސަތު، އިންސާފުވެރިބާ؟!

3

Magey Hiyaa: Gevalhu thakugai ge neylhi thibi myhunah ranuge furusatheh

މަގޭ ހިޔާ: ގެވަޅުތަކުގައި ގެ ނޭޅި ތިބި މީހުންނަށް ރަނުގެ ފުރުސަތެއް

0

India sifain thibi vaahaka kurin dhekky idhikolhugai thibegen sarukaarah annan: Adhurey

އިންޑިއާ ސިފައިން ތިބި ވާހަކަ ކުރިން ދެއްކީ އިދިކޮޅުގައި ތިބެގެން ސަރުކާރަށް އަންނަން: އަދުރޭ

1