ޑަކްސިޓީ ކޮޅަށް ގޯލު ޖެހުމަށްފަހު ފިފްޓީ ފިފްޓީ ކުޅުންތެރިން އުފާފާޅުކުރަނީ --- ފޮޓޯ/ކެނދިކުޅުދޫ ކައުންސިލް
ކުއާޒޯ ދި މެންގުރޫވް އައިލެންޓް ޗެންޕިއަންޝިޕް 2023" ގެ ދެވަނަ މެޗުގައި ޑަކްސިޓީ އަތުން ފިފްޓީ-ފިފްޓީ ފުރިހަމަ މޮޅެއް ހޯދައިފިއެވެ.
ކެނދިކުޅުދޫ ފުޓުބޯޅަ ސްޓޭޑިއަމުގައި މިއަދު ހަވީރު ކުޅުނު ފޯރިގަދަ މެޗުގައި ޑަކްސިޓީއަތުން ފިފްޓީ-ފިފްޓީ މޮޅުވީ 0-2 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު ފިފްޓީ ފިފްޓީއިންވަނީ ތިން ޕޮއިންޓާއެކު ތާވަލުގެ ދެވަނައަށް ޖެހިލައިފައެވެ. އެއްވަނައިގައި މިވަގުތު އޮތީ އިއްޔެ ވަތުއޮޑި ޓައިޓަންސް އަތުން 0-3 އިން މޮޅުވި ކޮމެޓްސްއެވެ. ކޮމެޓްސް އެއްވަނައިގައި އޮތީ ފައިދާ ގޯލުގެ ތަފާތުންނެވެ.
މިދިޔަ އަހަރުގެ މުބާރާތުގައި ވެސް ރަނގަޅު ވާދައެއްކުރި ފިފްޓީ ފިފްޓީއިން މިފަހަރުގެ މުބާރާތަށް ވަނީ ރަނގަޅަށް ތައްޔާރުވެފައެވެ. އެގޮތުން މުބާރާތަށް ދުރާލައި ތައްޔާރުވެ، ހަފުތާއެއްހާ ދުވަސް ރަނގަޅު ޕްރެކްޓިސްތަކެއް ކުރެވިފައިވާކަމަށް އެ ޓީމުގެ އިސް ޕްލޭޔަރެއް ކަމަށްވާ ޒުބެއިރު (ޒުއްބަ) ވަނީ މެޗުގެ ކުރިން ބުނެފައެވެ.
ފިފްޓީ ފިފްޓީއިން މެޗުގައި ލީޑު ނެގީ ދެވަނަ ހާފުގެ 59 ވަނަ މިނަޓުގައި ލިބުނު ހިލޭ ޖެހުމަކުން އިބްރާހިމް އަލީމް (އަލިންޓޭ) އެވެ. އޭގެ އިރަކޮޅެއް ފަހުން 72 ވަނަ މިނަޓުގައި އަލީ ސަމާލް (ޓޮބީ) ދިން ބޯޅައެއް ހިފައިގެން އޭރިއާ ތެރެއަށް ވަދެ ފިފްޓީ ފިފްޓީގެ ދެވަނަ ގޯލު ކާމިޔާބު ކޮށްދިނީ އަހުމަދު މިފްރާހުއެވެ.
މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ފިފްޓީ ފިފްޓީގެ އަލިންޓޭއެވެ.
މި މުބާރާތުގައި މާދަމާ ކުޅޭ މެޗުގައި ބައްދަލު ކުރާނީ މިއަދުގެ މެޗުން ބަލިވި ޑަކްސިޓީއާއި ކޮމެޓްސްއެވެ. ކޮމެޓްސްއަށް އެ މެޗުން މޮޅުވެގެން ފައިނަލަށް ދިއުމުގެ ފުރުސަތު އޮންނާނެއެވެ.
0%
0%
0%
0%
0%
29 އޮގަސްޓު 2024
1
12 އޮގަސްޓު 2024
0
11 އޮގަސްޓު 2024
0
8 އޮގަސްޓު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1