އޭއެފްސީ ކޮލިފިކޭޝަނަށް ރާއްޖޭގެ ހުނަރުވެރި ފުޓްސަލް ތަރިންގެ އުންމީދީ ޓީމެއް

AFC qualification ah Raajjeyge hunaruveri futsal tharinge ummeedhee team eh

ގައުމީ ފުޓްސަލް ޓީމުގެ ބައެއް ކުޅުންތެރިން -- ފޮޓޯ/އަބްދުﷲ ޔަޝާއު: ސިޑިބަރި

0

އަންނަ މަހުގެ 7 ވަނަ ދުވަހު ކިރްގިސްތާނުގައި ފަށައި އޭއެފްސީ ފުޓްސަލް ކަޕުގެ ކޮލިފައިންގްގައި ވާދަކުރުމަށް، ރާއްޖޭގެ ހުނަރުވެރި ތަރިންތަކެއް ހިމަނައިގެން ގައުމީ ޕްރެކްޓިސް ފަށައި މުބާރާތަށް ތައްޔާރުވެއްޖެއެވެ.

މިދިޔަ އަހަރުގެ އޭއެފްސީ ކޮލިފައިންގްގައި ވެސް ވާދަކުރި ދިވެހި ފުޓްސަލް ޓީމަށް މިފަހަރުގެ މުބާރާތަކީ އުންމީދީ ފަހަރެކެވެ. މިދިޔަ އަހަރު ކުޅުނު ދެ މުބާރާތުން ލިބުނު ތަޖުރިބާއާއެކު ގައުމީ ފުޓްސަލް ޓީމުން ފަރިތަކުރުންތައް ފަށާފައިވާ އިރު، އެންމެ ބޮޑު ގޮންޖެހުމަކީ މުބާރާތަށް ފަރިތަކުރާނެ ފުޓްސަލް ކޯޓެއް ނެތުމެވެ. ޓާފުގައި މިހާރު ޕްރެކްޓިސް ކުރަމުން އަންނަ ނަމަވެސް މުބާރާތުގައި ޓީމު ކުޅެން ޖެހޭނީ އިންޑޯ ކޯޓުގައެވެ. 

ރާއްޖޭގައި ފުޓްސަލް އިންޑޯ ކޯޓެއް ނެތުމުން މިދިޔަ އަހަރުވެސް ރާއްޖޭގެ ޓީމުން ފަރިތަކުރަން ޖެހުނީ ހާލުގައެވެ. އެގޮތުން ފަހު ފަރިތަކުރުންތައް ހިރިޔާ ސްކޫލުގެ ހޯލުގައި ކުރިއަށް ގެންދަން ޖެހުން އިރު، އެކަމަށް އަވަސް ހައްލެއް ހޯދާނެ ކަމަށް އޭރު ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް މިއަހަރުގެ މުބާރާތަށް ވެސް ގައުމީ ޓީމުން ފަރިތަކުރަން މިހާތަނަށް ޖެހިފައިވަނީ ޓާފް ދަނޑުތަކުގައެވެ.

މިދިޔަ އަހަރުގެ އޭއެފްސީއަށް ދިއުމުގެ ކުރިން ރާއްޖެއިން ވަނީ ތަޖުރިބާ ހޯދުމަށް ތައިލެންޑްގައި ކުރިއަށްދިޔަ އެންއެސްއެފްޑީ އިންވިޓޭޝަަނަލް ފުޓްސަލް ކަޕުގެ ބައިވެރިވެފައެވެ. އެ މުބާރާތުގައި ރާއްޖެއިން ވަނީ ތިން މެޗެއް ކުޅެފައެވެ. އޭގެ ތެރެއިން ފަހު މެޗުގައި ރާއްޖެއިން ވަނީ މޮންގޯލިއާއާ ވާދަކޮށް ޕެނަލްޓީގައި ކުރި ހޯދައިގެން ރާއްޖޭގެ ތާރީހުގައި ވެސް ބައިނަލް އަގުވާމީ ފުޓްސަލް މެޗަކުން ފުރަތަމަ ފަހަރަށް މޮޅުވެފައެވެ.

އޭއެފްސީ ފުޓްސަލް މުބާރާތުގެ ކޮލިފައިންގައި ރާއްޖެ ހިމަނާފައިވަނީ ސެންޓްރަލް އެންޑް ސައުތު ޒޯންގެ ކޮލިފައިންގަ އެވެ. ރާއްޖެއާ އެއް ގްރޫޕުގައި ހިމެނެނީ ކިރްގިސްތާން ލުބްނާން އަދި އިރާން އެވެ.

ކޮލިފައިންގެ މެޗުތައް:

އީރާން - ރާއްޖެ (7 އޮކްޓޯބަރު)

ރާއްޖެ - ލުބްނާން (9 އޮކްޓޯބަރު)

ކިރްގިސްތާން - ރާއްޖެ (11 އޮކްޓޯބަރު)

މިފަހަރުގެ މުބާރާތަށް ރާއްޖެއިން ސްކޮޑު ނަގާފައިވަނީ މިއަހަރުގެ ތެރޭގައި ކުޅުނު ބޮޑެތި މުބާރާތްތަކަށް ބަލައި، އެ މުބާރާތްތަކުގައި އެންމެ ރަނގަޅު ޕާފޯމެންސެއް ދެއްކި ކުޅުންތެރިންނެވެ. އެގޮތުން 47 ކުޅުންތެރިންގެ ސްކޮޑެއް ނަގައި މިހާރު ވަނީ 20 ކުޅުންތެރިންނަށް ކުޑަކޮށްފައެވެ. ގައުމީ ފުޓްސަލް ޓީމުން ރަސްމީކޮށް ޕްރެކްޓިސް ފެށީ މި މަހުގެ 3 ވަނަ ދުވަހު އެވެ. 

ގައުމީ ފުޓްސަލް ސްކޮޑު

  1. ހުސައިން ޝަރީފް (އޮންލީ)
  2. މުހައްމަދު އިމްރާން (އިންމި)
  3. ސާމިން މުހައްމަދު ނަސީރު (ސާންކޮ)
  4. މުހައްމަދު ޔަފާއު (ޔާ)
  5. އަލީ ހާފިޒް (ހާއްޕެ)
  6. އަބްދުﷲ ޝާފިއު (ޝާއްޕެ)
  7. ހުސައިން ސުހައިލް (ސޮކޭ)
  8. އިޝާން އިބްރާހިމް (ސައްޓު)
  9. ހުޒައިފަތު ރަޝީދު (ހުޒޭ) 
  10. އިސްމާއިލް ވަޖީހު (ވައްޖެ)
  11. އަލީ ޝިޔާހު (ޝިޔާ)
  12. އަލީ މާއިސް (މައްޓު)
  13. އިފާޒް އިބްރާހިމް (އިފައްޑެ)
  14. އަލީ ޝަމާލް އަބްދުﷲ (ޝައްމު)
  15. ޔާމިން މުހައްމަދު (ޔާންޓޭ)
  16. އިބްރާހިމް މުބީން (މުއްކި)
  17. ޒައިދާން އަހުމަދު (އަސޫ)
  18. އިސްމާއިލް ފާތިހު (ތާޑޭ)
  19. ހުސައިން ނާސިހް (ސެންޓް)
  20. ފައްޔާޒް ފަޔާޒް (ފައިއްޓޭ)

މިފަހަރު ވެސް ގައުމީ ޓީމުގެ ކޯޗަކަށް ހަމަޖައްސާފައިވަނީ އަބްދުﷲ ނަސީރު (އަބޯ) އެވެ.  އެސިސްޓެންޓް ކޯޗުންގެ ގޮތުގައި ހަރަކާތްތެރިވަނީ އަހުމަދު ތޯހާއާއި އަހުމަދު ވިޝާލް (އަންދު) އެވެ. ގޯލް ކީޕަރު ޓްރެއިނަރަކީ އިބްރާހިމް އަހުމަދުއެވެ. އޮފިޝަލަކަށް ޝަހުމް އަހުމަދު ހަމަޖައްސާފައިވާއިރު، ޓީމުގެ މެނޭޖަރަކީ އަލީ ނަދީމް (ކޮކޯ) އެވެ.

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Happy
Happy

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Semi ge raih card aa eku ves Ayaa ah finalgai kulhumuge furustathu, insaafuveribaa?!

ސެމީގެ ރަތްކާޑާއެކު ވެސް އަޔާއަށް ފައިނަލުގައި ކުޅުމުގެ ފުރުސަތު، އިންސާފުވެރިބާ؟!

3

Magey Hiyaa: Gevalhu thakugai ge neylhi thibi myhunah ranuge furusatheh

މަގޭ ހިޔާ: ގެވަޅުތަކުގައި ގެ ނޭޅި ތިބި މީހުންނަށް ރަނުގެ ފުރުސަތެއް

0

India sifain thibi vaahaka kurin dhekky idhikolhugai thibegen sarukaarah annan: Adhurey

އިންޑިއާ ސިފައިން ތިބި ވާހަކަ ކުރިން ދެއްކީ އިދިކޮޅުގައި ތިބެގެން ސަރުކާރަށް އަންނަން: އަދުރޭ

1